ސިނަމާލޭ ބްރިޖުގައި ބައިސްކަލު ދުއްވުމުގެ ފުރުސަތު ލިބިގެންދާނެ ހާއްސަ ހަރަކާތެއް ބޭއްވުމަށް ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
ބައިކް މޯލްޑިވްސް އަށް ހައުސިން މިނިސްޓްރީ އިން ދީފައިވާ ދައުވަތަކަށް އެ މިނިސްޓްރީއާ ގުޅިގެން ބްރިޖު މަތީގައި ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 6:00 އަކުން 9:00 އަށެވެ. އެގޮތުން މާލެއިން ހުޅުލެއަށް ބައިސްކަލުގައި ދުއްވާފައި ދިޔުމަށް ފަހު، ހުޅުލެއިން މާލެއަށް އަނބުރާ އައުމަށް ވަނީ ހަމަޖެހިފައެވެ.
މިބައިސްކަލް ބުރުގައި ހުޅުމާލެ އިން ވެސް ބައިވެރިވެވޭނެއެވެ.
އެ ހަރަކާތުގައި 200-300 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ލަަފާ ކުރެވެއެވެ. އެ ހަރަކާތުގައި ބައިވެރުވުމަށް ކުރަން ޖެހޭ ކަންކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ބައިކް މޯލްޑިވްސް އިން ބުނެއެވެ.
އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަމިއްލަ ބައިސްކަލެއް ހޯދަން ޖެހޭނެއެވެ. ސިޓީ ރައިޑް ކުންފުނިން އެސަރަހައްދުގައި ބައިސްކަލް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާލެއާއި ހުޅުލެ ގުޅުވައިދޭ ތާރީހީ ބްރިޖް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުއެވެ. ބްރިޖް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދެއެވެ.
ހެހެ. ބައިސްކަލް ދުއްވާނުލެވިގެން ދޯ މިއުލެނީ؟ އަލަތު ކައިވެނި ބުރިޖްމަތީކުރާއިރު ސަރުކާރު ބަޖެޓް އިން ހިލޭ ކުރެވޭއިރު ތިބާއްވާ ބައިސްކަލް ދުއްވުމަށް ކުއްޔަށް ބައިސްކަލް ނަގަންތިޖެހެނީ! ތަންކޮލެއް ޒިއްމާދާރުވާން އެބަޖެހޭ
ބައިކަލުދުއްވުމާއި، ކައިވެނިކުރުމާއި އެއީ އެއްވަރުގެ ދެކަންތައްތަ؟ ތިކަހަލަ ބުރާންތިންގިނަވިވަރަކަށް، ގައުމުދާނީ މިނިކާރާއްޖެއަކަށް ބަދަލުވަމުން!
ކާކުތަ ބުނީ ބައިސްކަލް ކުއްޔަށް ނަގާށޭ؟ ކަލޭ ބައިސްކަލް ދުއްވަން ބޭނުންވަންޏާ އަމިއލްލަ ބައިސްކަލެއް ހިފައިގެން ދިޔައިމަ ނިމުނީނު. ބޭނުން ނޫނިއްޔާ މައިތިރިވެގެން ހުރެބަލަ.
ސާބަހޭ ދިވެހިސަރުކާރު ސާބަހޭ ރައީސް ޔާމީން
ސިޓީ ރައިޑް ކުންފުންޏާއި ގުޅޭނެ ފޯން ނަންބަރެއް ނުވަތަ އެތަނުގެ އެޑްރެސް މިއާރޓިކަލްގައި ހިމަނާލެއްވިނަމަ މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހައަކަށްވާނެއެވެ.