އައްޑޫ ސިޓީ މަރަދޫގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގީ މަރަދޫ އާއި މަރަދޫފޭދޫ ގުޅޭ ސަރަހައްދުގެ ލިންކު ރޯޑުންނެވެ. ގޯޅިއަކުން ލިންކު ރޯޑަށް ނިކުތް ސައިކަލެއް ލިންކު ރޯޑުން ހިތަދޫއާއި ވީކޮޅަށް ދިޔަ ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި ތިން ޒުވާނުންނަށް އަނިޔާވިއެވެ. ނަމަވެސް ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ޒުވާނުންނަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އެކެއްގެ ފައިގެ ދެ ތަނަކުން ބިނދި ފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ. ތިންވަނަ ޒުވާނާގެ ހަށިގަނޑު ބައެއް ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަސދ

    ޕޮލިހުންދާނެ. އެއްކަމެއްވެސް ނުކުރާނެ.
    މިސަރުކާރުން އައްޑުއަށް އަޅާނުލާ މިންވަރަށް ފުލުހުންނާއި މނޑފ ވެސް އައްޑުއަކާއި އަޅާއެއްނުލާ.
    ބޭކާރު ބައެއް

  2. ހަބޭސް

    ދެންފަހެ މިއީ ބޮޑުވަރު ސައިކަލެއް ލިބުނަސް އަދި ދުއްވާނެ މަގެއް އޮތެއްކަމަކު އެމީހެއްގެ ނަފުސަށް އެމީހާ ނުބަލާ ބެލުމެއް ބަލާނެ ދެވަނަ މީހަކީ ފަހެ ކޮބާ؟