އިއްޔެ ރޭ ލ.ގަމުގައި ތިން ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހޯދަމުން ދިޔަ މީހާ އެރަށުގެ ވަލުތެރޭގައި ފިލައިގެން އުޅެނިކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލ.ގަން ތުނޑީ އަވަށު ޕެޓްރޯލްޝެޑް ކައިރިން ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައިގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ފުލުހުންގެ އިންޓެލިޖެންސް އާއި ލ.ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމީހާ ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށް މިއަދު ހެނދުނު 09:55 ހާއިރު ލ،ގަން މުކުރިމަގު ވަލުތެރެއިން." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ތުނޑީ އަވަށުގެ ތިން ޒުވާނުންނަށް އިއްޔެ ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާ ދިނުމުން ވަރަށް ބޮޑަށް ޒަހަމް ވެފައިވެއެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ވުމުން ވަނީ އިތުރު ފަރުވާ އަށް އިއްޔެ މާލެ ގެންގޮސްފައެވެ. ޒަހަމްވި އަނެއް ދެ ޒުވާނުންނަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މިމައްސަލައިގައި ފުލުހުން މިއަދު ހައްޔަރު ކުރި މީހަކީ މާރާމާރިއާއި ތަފާތު އެހެނިހެން ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސުހަަ

    ސާބަހޭ ދިވެހި ފުލުހުން ކުއްކުރާ މީހުން ހޯދުމައްތިކުރާހިއްވަރް

  2. ގަމާރު

    ފުރަތަމަ ތެދުހަބަރު ލިޔޭ އަހަރެން މީ ގަމު މީހެއް ވަރަށް ރނގަޅަށް ވީ ގޮތް އިނގޭ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

  3. މާމިގިލީ މީހާ

    ވަލު ޖިންނިއެއްތަ ހަމަލާ ދިނީ... މީހުން ފިލާން ވަލު ތެރެއަށް ވަދޭތަ..

    • ބީޖަން

      ވަލުތެރެ އޮންނަ ތަންތާގަ ދޯ ވަލުތެރެއަށް ވަދެވޭނީވެސް. ނުފެންނަ ތަންތަނުގެ ވާހަކަ ދެއްކީމަ ޤަބޫލުކުރަން ދަތިވެދާނެ.

  4. ޑިމޮކްރަޓިސްޓް

    ދެން އެނގޭމީހާ ވީގޮތްކިޔައިދޭންވީނު.. އެމީހުން އަމިއްލަޔަށް ޒަހަމްވީއުތަ..

  5. ގަމު މީހާ

    މާރާމާރީ ހިނގީ ޕެޓްރޯލް ޝެޑް ކައިރީގައެއް ނޫންް. ޒަހަމްވި އެއްކުއްޖެއްގެ ގޭގެ ދޮރުމީގަ.