ސިނަމާކެ ބްރިޖު ހުޅުވަން ވަރަށް ކުލަގަދަކޮށް ހަވާ އަރުވާނެ ކަމަށް އިތުބާރު ހުރި ގޮތެއްގައި "ވަގުތަށް" މައުލޫމާތު ލިބިއްޖެއެވެ.

މިމަހުގެ 30 ވާ ބުރާސްފަތި ދުވަހު ސިނަމާލެ ބްރިޖު ހުޅުވުމަށް ނިންމާފައިވާއިރު ބްރިޖާއި ގުޅުވައިގެން ހަދާ ރިންގް ރޯޑްގެ މަސައްކަތްވެސް ވަނީ އެއްކޮށް ކަހަލަގެ ގޮތަކަށް ނިމިފައެވެ. އަދި ބްރިޖު ހުޅުވުން ފާހަގަކުރުނަށް ހަވާއެރުވުމަށް ބޭނުންވާ ކަންކަން ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން އަންނަނީ ކުރަމުންނެވެ.

އެގޮތުން ހަވާއެރުވުމުގެ ތައްޔާރީތަށް ވުމަށް އެމްއެންޑީއެފްއިން އަންނަނީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެއާއި ދިމާއިން ބަންދުކޮށްގެން މަސައްކަތް ކުރަމުންނެވެ.

ބްރިޖު މިމަހުގެ 30 ވަނަ ދުވަހުގައި ހުޅުވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާއިރު ބްރިޖު ހުޅުވުމަށް ގިނަ ތައްޔާރީތަކެއް އަންނަނީ ވަމުންނެވެ.

އަދި 30 ވަނަ ދުވަހު ބްރިޖު ހުޅުވާއިރު ބްރިޖުމަތީގައި ކުރާ ކައިވެނިތަކުގެ ތެރެއިން ފުރަތަމަ ކައިވެނި މިމަހުގެ 31 ވާ ހުކުރު ދުވަހު އޮންނާނެ ކަމުގައި ހައުސިންގް މިނިސްޓްރީއިން ބުނެއެވެ.

މާލެއާއި ހުޅުލެ އެއްގަމު މަގުން ގުޅުވާދޭ ސިނަމާލެ ބްރިޖު އެޅުމުގެ ހުރިހާ ހަރަދަކަށް 200 މިލިއަން އެމެރިކާ ޑޮލަރި ހޭދަވެއެވެ. މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރާއިރު ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ވީމާ ބުރިޖަށް ކުރި ޚަރަދަކީ 84 މިލިއަން ޑޮލަރު.... އެމްޑިޕީން ފަޔަށް ހިނިއަރައިގެ އެ އުޅެނީ ބުރިޖު އަގުބޮޑުވީމަޔޯ! އަޅެ ކޮބައި ކަލޭމެން 840 މިލިއަނަށްވެސް ތިކަހަލަ ބުރިޖެއް އަޅާބަލަ!

  2. އަބްދުއްލާ

    އެމްޑީޕީ އަކު ނޫޅޭނެ ތާކުންތާކުޖެހޭ އެއްޗެއްކިޔާމީހަކު . ދޮގުވާހަކަފަތުރައގެން އޭދި ރަނގަޅުއެއްޗަކަށް ހަދަން މަސައްކަތް ކުރުންނޫންކަމެއް އެމީހުނގެ ނޯންނާނެ