އިތުރު ރިޔާސީ ދައުރެއް ދެއްވައިފިނަމަ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ މެންބަރުންގެ 50 އިންސައްތައަކީ އަންހެނުން ކަމުގައި ހަދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިހާރު ރ. ހުޅުދުއްފާރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުފައި އެރަށުގައި މި ސަރުކާރުން ގާއިމްކޮށްދެއްވި ފެނާއި ނަރުދަމާގެ ނިޒާމު އިފްތިދާހުކޮށްދެއްވުމަށް ފަހު ރަށުގެ ރައްޔިތުންނާއި މުޙާތަބުކުރައްވާ ރައީސް ޔާމީން ވިދާޅުވީ އަންހެނުންނަކީ ބާރުވެރި ބަޔަކަށް ހަދަން ޖެހޭ ކަމަށާއި އެމަނިކުފާނަށް އިތުރު ރިޔާސީ ދައުރެއް ދެއްވައިފިނަމަ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ 50 އިންސައްތަ އަކީ އަންހެނުން ކަމުގައި ހަދާނެ ކަމުގައެވެ.

"އަޅުގަނޑުމެން ސަރުކާރުގައި އަންހެނުން ބާރުވެރިކުރުވުމަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާނެ. އެގޮތުން ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރި ކަމެއް އެއީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންގެ 20 އިންސައްތައަކީ އަންހެނުންނަށް ހެދުން. އަދި އަޅުގަނޑަށް އިތުރު ރިޔާސީ ދައުރެއް ލިބިއްޖެ ނަމަ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ މެބްބަރުންގެ 50 އިންސައްތައަކީ އަންހެނުންނަށް ހަދާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

އަންހެނުން ސިޔާސީ ދާއިރާއަށްވެސް ނުކުންނަން ޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކަނބަލުން ފުރުއްވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާވެފައިވާ ކަމަށާއި އިތުރު ދައުރެއް ދެއްވައިފިނަމަ ސިއްހީ ދާއިރާއަށް އިތުރު އާރޯކަމެއް ގެނެސްދެއްވާނެ ކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންވާނީ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފިން. އަދި އަޅުގަނޑު ޔަގީންކަން އަރުވަން އިތުރު ދައުރެއް ދެއްވައިފި ނަމަ ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްގެން އެ ފަރާތްތަކަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެ ހޮސްޕިޓަލެއް ގާއިމް ކުރާނަން. އަދި އެ ހޮސްޕިޓަލުން އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ވެގެންދާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ހުޅުދުއްފާރުގެ ނަރުދަމާއާއި ފެނުގެ ނިޒާމު އިފްތިދާހުކޮށްދެއްވުމަށް ފަހު ރައީސް ޔާމީން ވަނީ އެރަށަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫއުތަށް ވެސް ކުރިއަށްގެންދަވާނެ ކަމުގެ ހެޔޮ ޙަބަރު ދެއްވާފައެވެ.

"2013 ކުރިން ރާއްޖޭގައި ވެރިކަން ކުރި ދެ ސަރުކާރުން މި ރަށުގައި ތަރައްޤީގެ މާގިނަ މަޝްރޫއުތަކެއް ނުހިންގާ. އެގޮތުން އެ ދެ ވެރިކަމުގައި ވެސް މި ހުޅުދުއްފާރަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ. ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުން މި ރަށުގެ ފެނާއި ނަރުދަމާ އަށް އެކަނިވެސް މިވަނީ 57 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައި. އަދި މި ކަންކަމަކީ ރައްޔިތުން ވިސްނަން ޖެހޭ ކަންކަން. އަޅުގަނޑަށް އިތުރު ދައުރެއް ދެއްވައިފި ނަމަ މިރަށަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނަން. އަދި ރިޔާސަތުގެ ފުރަތަމަ ތިން އަހަރު ތެރޭގައި އަޅުގަނޑުމެން އެ މަސައްކަތް ކޮށްދޭނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ހުޅުދުއްފާރުގެ ސްކޫލުގެ ޖާގައިގެ ގޮތުން ބޮޑުކޮށް އެ ސްކޫލުގައި މަސްޓިޓާސްކިންގް ހޯލެއް ގާއިމްކޮށްދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވައުދުވެ ވަޑައިގެންނެވިއެވެ.

މި ސަރުކާރުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެކަމުގެ އަލިގަދަ ހެއްކަކީ ސަރުކާރުން ސްކޫލުތަކުގެ 770 ކްލާސްރޫމް އިތުރު ކުރުން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މި އެމަނިކުފާނު ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގައި ސާފު ބޯފެނުގެ ނިޒާމެއް ގާއިމްވެފައި ހުރީ މާލެ ހިމެނޭހެން އިތުރު 6 ރަށެއްގައި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު އެތަށް ގުނައެއް އިތުރުވެފައިވާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި ނަރުދަމާގެ މަސައްކަތް ނުފެށި ހުރީ އެންމެ 66 ރަށް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ހުޅުދުއްފާރުގައި ގާއިމް ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމާއި އަލިފުށީގައި ގާއިމް ކުރެވިގެން ދިޔަ ނަރުދަނާ ގާއިމް ކޮށްފައިވަނީ އެމްޑަބުލިޔުއެސްސީ އިން ކަމަށާއި ސަރުކާރުގެ ކުންފުނިތަކުގައި ހަކަތަ ނެތްކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި 23 ސެޕްޓެމްބަރ ގައި ދޭ ވޯޓަކީ ރާއްޖެއިން އަނިޔާވެރިކަން ފިލުވަން، އަދި ރާއްޖެ ތަރައްޤީކުރަން ދޭ ވޯޓަކަށް ހަދަން ޖެހޭގެ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަން ނިޒާރު

    މިހާރު ކުންފުނި ތަކުގަތިބި %50 ފިރިހެނުން މަހައް

  2. ވިލާތުގެ އިއްތިހާދު

    މިގައުމުގެ ވެރިކަމަށް ވަޑައިގެންނެވި އިގްތިސާދީ މާހިރު ތިޔައީ

  3. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  4. އޯއްއޯއް

    ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ބްރިޖް ވެސް ނިމުނީ ދޯ އައިނޯ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ރިއަލިޓީ އޯއް އޯއް އީވެން ދޯ ޔޫ މައިޓް ނޯ ދަ ޓްރުތް ސަމްޓައިމް އިޓްސް ހާރޑް ޓު ފޭސް ދަ ރިއަލިޓީ އޯއްް އޯއް އޯއް...

  5. އޯއްއޯއް

    މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުގެ ފަސްޓް ލޭޑީ ގެ ސިޓީ ފުޅެއް ލިބުން އެއީ ދެން ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ނިއުމަތޭ އޯއް މިކަން ގަބޫލުކުރާށޭ ހުރިހާ ކުދިން ވެސް ހެޔޮ ހިތުން އިދިކޮޅު ރަންރީނދުލޭ މެންގެ ޖަޒީރާ ކޮންސެޕްޓް އެއީ ހަގީގަތެއް ނޫނޭ އެއީ ބޮޑު ފޭކް އެކޭ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ދަ ރިއަލިޓީ އޯއް އޯއް އޯއް އީވެން ދޯ ޔޫ ނޯ ދަ ރިއަލިޓީ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ރިއަލިޓީ އޯއް އޯއް އޯއް...

  6. ކަޑަވަނީ

    ތި ކަޑަވަނީ.. ބޯޑުމެމްބަރުކަމާ އެހެން ކަންކަންވެސް ޤާބިލިއްޔަތަށް ބަލާފަދީ. ކޮންމެހެން ކޯޓާ ސިސްޓަމެއްހަދާކަށް ނުޖެހޭ ވަކި އަންހެންކަނބަލުންނަށް ދޭކަށް. ޤާބިލު މީހުން ތިބިއްޔާ 50 ޕަސެންޓެއްނޫން 100 ޕަސަންޓުވެސް ދޭންވީ. ކޯޓާ ސިސަޓަމަކީ ހެދޭ ގޯހެއް.