ކުރީގެ ރައީސް ޔާމީންއަށް މި އިންތިހާބުގައި ކުރިމަތިނުލެވުނު ނަމަވެސް ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނާއި އިސްވެރިން ތިބީ ރައީސް ޔާމީންގެ ކިބައިން ދަރިވަރުވެގެންކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ކެންޕެއިނުގައި ނ. މަނަދޫއަށް ކުރި ދަތުރުގައެވެ. އާދަމް ޝަރީފް ވިދާޅުވިދޮތުގައި މިހާރު ބަންދުގައި ހުރިނަމަވެސް ރައީސް ޔާމީންއަކީ މުޅި ރާއްޖޭގެ ޗާޓު ބަދަލުކޮށްލި ރައީސްއެވެ. އަދި ރައީސް ޔާމީންގެ ދަށުގައި ހަތް އަހަރު ވަންދެން ވަޒީރުކަން ކުރި މުއިއްޒުއަކީ މިހާރު ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓުންގެ ތެރެއިން އެންމެ މަޤުބޫލު އެކަމަށް އެންމެ ޤާބިލު ކެނޑިޑޭޓު ކަމަށްވެސް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފު ފާހަގަކުރިގޮތުގައި މިގައުމު ދުށް އެންމެ ތަރައްގީ ގެނެސްދިން މިގައުމުގެ ތަރަށްގީގެ ބާނީއަކީ ރައީސް ޔާމީންކަމަށެވެ. އަދި ރައީސް ޔާމީންއަށް މި އިންތިހާބުގައި ކުރިމަތި ނުލެވުނީ މިހާރު މި އޮތް ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ރައީސް ޔާމީންގެ ކިބައިން އެ ހައްޤު ނިގުޅައިގަތުމުންނެވެ. ނަމަވެސް އާދަމް ޝަރީފް ވިދާޅުވީ މުއިއްޒުއާއިއެކު މި އިންތިހާބު ކާމިޔާބު ކުރާނެކަމަށާއި މުއިއްޒުއަކީ ރައީސް ޔާމީންގެ ކިބައިން ދަރިވަރުވެ މި ދާއިރާއަށް ތަޖުރިބާހުރި ކެރޭ ޤާބިލް ބޭފުޅެއްކަމަށެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ މީހުން މީހުނަންނަކީ ކޮންބައެއްކަން ދެނެވަޑައިގެން މީހުންގެ ބަސް ޤަބޫލުކުރަށްވާ ވަރަށް ރަނގަޅަށް މީހުންގެ ވާހަކަތަށް އަޑުއަށްސަވައިގެން މީހުން ބޭނުންވާގޮތަށް ކަންތައްތަޢް ކުރެއްވުމަށް ވަރަށް އިސްކަން ދެއްވާ ބޭފުޅެއް. ރައްޔިތުންނާއިއެކު ހުރި ބޭފުޅެއް ޑރ. މުއިއްޒުއަކީ!." އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފުގެ ވާހަކަތަކުން އެބޭފުޅާ ފާހަގަކުރެއްވިގޮތުގައި ޑރ. މުއިްޒުއަކީ ވަރަށް ވެސް އިހުލާސްތެރި ބޭފުޅެއްކަމާއި، އަދި އެކަން އިނގޭ ސަބަބަކީ ޑރ. މުއިްޒުގެ ހުރިހާ ވާހަކަފުޅެއްގައިވެސް ރައީސް ޔާމީން ޖަލުގައި ނުބާއްވާނެކަމަށް ފާހަގަކުރުމެވެ. ރައީސް ޔާމީން މިނިވަންކޮށް ރައީސް ޔާމީންއަށް އެބޭފުޅާގެ ހައްގު ހޯދައިދޭނެކަމަށްވެސް ފާހަގަކުރުމެވެ. މީގެ އިތުރުން ޝަރީފް ބުނިގޮތުގައި ރައީސް ޔާމީން ފެެއްޓެވި މުހިންމު ކަންކަމާއި އަދި ރައީސް ޔާމީންގެ ހުރިހާ ހުވަފެނެއްގައިވެސް ޑރ. މުއިއްޒު ކުލަޖައްސަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލްޖިބްރާ

    ޔާމީނުގެ ކިބައިން ދަރިވަރު ވެގެން ނުކުތް ބަޔަކު ވައްކަން ނޫން ކަމެއް ނުކުރާނެކަން އެންމެންވެސް ދަނޭ ! އެހެންވީމަ ތިޔަބުނީ މާމޮޅު ވާހަކައެއްކަމަށް ހީވެގެން އަގަނުތަޅާ ހިމޭނުން ހުރިއްޔާ އިވޭ ބަދުނާމުގެ އަޑު މަދުވާނެ ! އޭ މޮޔަ ޔާ !

    14
    1
  2. ސަރީ

    ޔާމީނު ކިބައިން ދަރިވަރު ވުމަކީ ބިރުހުރި ކަމެއް.

    12
    1
  3. 13 ވގ

    ވައްކަންކުރަންތަ އެގޭނީ

    11
    1
  4. ރަފީ

    ދަރިވަރު ވެގެން ނުކުމެ ތިބިއްޔާ ތި ގޯސްވީ.. ދަރިވަރުވެގެން ގޯނީ ގޯނީގައި ފައިސާ އުފުލަން ފުރުސަތު ދޭކަށް ބޭނުމެއް ނޫން. ދަރިވަރު ވެގެން ތިބޭފުޅާގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ވަތްތަން ދެކޭކަށް ބޭނުމެއް ނޫން. ދަރިވަރު ވީމަ ގޯސް. ތިދަރިވަރު ވުން ބަލައެއް ނުގަނެވޭ.. މުއިޒުވެ ބަލަ. އޭރުން ވޯޓް ލިބޭނީ

    9
    2
  5. Anonymous

    ތިޖެހުނީ ކަލޭމެންނާ ދޭތެރާ "ދެފަހަރު" ވިސްނަން. ލޮލް

    ދަރިވަރުވެގެންނޯ!!!

  6. އުމަރު ނަސީރު

    ދައުލަތުގެ އެކައުންޓް ތަކަށް ވަންނަން ޖެހޭ ފައިސާއެއް އަމިއްލަ އެކައުންޓަށް އަޅާލި ކަލޭގެ ޔާމީނު އެއީ މާމޮޮޮޅު ވާހަކައެއް ނޫން ތިޔަދެއްކުނީ ޔަކީ ޔާމީނު ދޫކޮށްލާ

    3
    1
  7. ވާނުވާ

    ޔާމީން ކިބައިންނޭ
    ތިޔަގޯސްވީ
    ކުރިން ހުރީ ޕޕ އަށް ވޯޓުދޭގޮތަށް
    އެކަމަކު މިހާއަވަހަށް ތިޔަހެން ބުނީމަ ތިމީހުންނަށް ވޯޓު ދިނުމަކީ ބޮޑުފާފައެއް
    ސަބަބކީ ޔާމީން ކުރީ %100 ވަށްކަން ކަން އެންމެނަށް ވެސް އިނގޭތީ
    ތިހެން ބުނުމަކީ ޕޕ ގެ ބޮޑު ވެއްޓުމެއް

  8. ވަގުވައްތަރު ހުންނަނީ

    އެހެންވިއްޔާ ހެޔޮނުވާނެ މުއިޒުއަށް ވޯޓްދޭން ޔާމިނަކީ ވައްކަންކުރުމުގަ ހަޔާތެއް ހޭދަކޮށްފަ ހުރިމީހެއް

  9. އެޑްމުންޑޯ

    ސުބުހާނަﷲ ! ދެން ފެންނާނީ ތި ދަރިވަރުން އަމިއްލަ އެކައުންޓްތަކަށް ދައުލަތުގެ ތިޖޫރި ހުސްކޮއްލާތަން !!!!

  10. ޙާލު

    ވަރަށް ގޯސްވީތި.

  11. ވަގެކަޅާ

    ތިޔާމިނު ކާރިން ދަރިވަރުވާ ބަޔަކައް މަދޭނެވޯޓެއްނެތް ވސަލާމް

  12. ޗޯރުނޫން ގޮތެއް

    ސާބަހޭ.މި ގައުމުގެ ތަރައްގީގެ ބާނީ.އިންޝާﷲ މިކަން ނިމެން 2 ހަފްތާ.ބޮޑުތަނުން ބަލިކުރާނަނަށް.