ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިންސާނީ ޙައްޤެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު ތަހުޤީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
އަދީބް ގެ ވަކީލުންގެ ޓީމުން އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް އާދަމް ނަވާޒަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބަށް ދިމާވެފައި ސިއްޙީ ހާލަތާއި ދިމާވެފައިވާ ބަލިތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ. އަދި ބޭސްފަރުވާގެ ޙައްޤަކީ ދިވެހިރާއްޖޭ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުން، ލިބިދިނުން ލާޒިމްކުރާ އަސާސީ ޙައްޤެއް ކަމަށާއި އެކަން ނިގުޅައިގަތުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.
އެ ސިޓީގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ފާޅުކަން ބޮޑު ގޮތެއްގައި އަދީބުގެ އިންސާނީ ޙައްޤެއް ނޯންނާނެ ކަމާއި އަދީބު ޖަލަށްލެވި އެކަހެރި ކުރެވިފައި ވަނީ ޒަތީ ކަމެއްގެ ސަބަބުންކަން ފާޅުގައި ހާމަކުރައްވަމުންދާ ކަމަށެވެ.
އަދި ބޭސްފަރުވާއަށް ދެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް އެއްވެސް ކޯޓަކުން ދައުލަތަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވާ ނުވާކަން ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އަދީބުގެ ވަކީލުންގެ ސިޓީގައި އަދީބު ބޭސްފަރުވާއިން މަހުރޫމްކޮށް އިންސާނީ ޙައްޤަށް އަރައިގަތުމަކީ ޖިނާޢީ ކުށަކަށް ވާތީ އާއި އެކަންކަން ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ޔާމީން ކަމަށް އަމިއްލަފުޅު އިއުތިރާފުން އެގެން އޮންނަކަން ފާހަގަކޮށް އެމައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަން ފުލުހަށް މައްސަލަ ހުށަހަޅާފައިވާއިރު ދާދިފަހުން ރައީސް ޔާމީން ވިދާޅުވީ އަދީބާއި އެމަނިކުފާނާ ދެމެދު ހިނގާފައި ވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އަދީބު ނެންގެވި ފައިސާ އަނބުރާ ދެއްކުމުން ނޫނީ ބޭސްފަރުވާއަށް ދިޔުމަށް ފުރުސަތު ދެވެން ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ނައިބު ރައީސް އަދީބް ގެންދަވަނީ އެކި ހުކުމްތަކުގައި 33 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޢަދީބް ކޭ ލާރި ދީފަ ދާންވީ ޑޮކް އައް ދައްކަން. ޜައީސް އެވިދާޅުވަނީ ހަމަ ރަނގަޅައް. ކޮންމެ މީހަކުވެސް ކޮންމެވެސް ގޮތަކުން ފިލޭތޯ އެއުޅެނީ. ފިލި ނަސީދު ވެސް ބަލިވެެން.
މިޚަބަރުދިވެހިބަހުން ކިޔާލިއިރު، އަދީބުގެ އިންސާނީ ހައްގެއްގެވާހަކަ ދެކެވިފަކާނެތް! ވެދާނެ މާނަފޮރޮވިފާއޮތީކަމަށް!
އިންސާނީ ޙައްޤު ނެތްމީހެއްގެ އިންސާނީ ޙައްޤެްެއް ނޯންނާނެ! އިންސާނުންތަކެއް މަރާލުމަށް ދެ ލޯންޗެއްގައި ބޮމެއް ގޮއްވއިފި! ޝޫޓަރަކުގެނަސް މީހަކު މަރާލުމަށް ޓްރެއިންކޮށްފި! މިހުރީ ދައްކާ ވާހަކައެއްނޫން! މިހުރީ ދިވެހި ހުރިހާ ރައްޔިތުންނަސް ފެނިފަހުރި ކަންކަން!
ބައްލަވާ މިމައްސަލަ ބައްލަވަން އެއްމެ ރަގަޅު ބެންޗެއް އެކުލަވާ ލެވޭނީ މާފުށީ ޖަލުން. އަދި ތި ބޭފުޅުންނަށް ގަބޫލު ކުރެވޭ ވަރުގެ ނިޔާއެއް ކަނޑައަޅައި ދެއްވާ، އަދީބު ހައްގު ހޯދޭނެ އެއްމެ ރަގަޅު ސީދާ މަގު އެގިވަޑައި ގަންނަވާ ބޭފުޅުން ތިއްބެވި ތަނެއްގަ މި މައްސަލަ ފައިސަލާ ކުރުމަކީ ތި ފަރާތުން އެދިލައްވާ ގޮތް ކަމަށް ވުން އަޅުގަޑު އެދެނީ.
އަނެއްކާވެސް އަނެއްގޭސްގަނޑު އަދީބު އަތުގައި ހުރީޔާ ހުރިއެއްޗެއް ހުސްވަންދެން ގޭސް ގަނޑު އަބުރާނެ
އަދީބު އަންނަންދެން އަދީބުގެ ވަކީލުން ކުޑަގޮޅިޔަށް ލާ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރުވާފައި ފޮނުވާ!
ރައީސްގެ ވާހަކަޔަށް ތާއީދު. އަދީބު ނެގި ދިވެހި ރައްޔިތުންގެ ފައިސާ އަނބުރާ ދީފައި ދާންވީ. ގުޅިފައިވާ އިއްތިހާދުންނާއި އަދީބު ދިވެހި ރައްޔިތުންގެ ހަޒާނާއި ނެގިފައިސާއިން މުސާރަ ލިބިގެން ތިބި ވަކީލުން ބުންޏަކަސް އަދީބު ފޮނުވާކަށް ނުޖެހޭނެ. ތިހެން ބޭހަށް ދިޔަ މީހުން އެއުޅެނީ ދޮންމީހުންނާއިއެކު ދުވާލު ހަތަރުދަމު އިންޖެކްޝަން ޖަހަޖަހައި.
ފިލިނަށީދުއެއްނޫން މިހާރުކިޔަނީސުބުރަމާނިއަމްނަށީދު މިހެންކިޔުންއެދެން
އޯކޭ ސޮބުރަމާނިއަމްނަޝީދު އެއީމިރާއްޖެއައްހުރިނުރައްކަލެއް ޝައްކެއްނެއް