ރައީސް ޔާމީން މިދިޔަ އަހަރު އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދިވެހި ތިން ދަރިވަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ނަތީޖާ ހޯދައިގެން ސަރުކާރުން ދެއްވާ ސްކޮލަރޝިޕް އެކުދިންނަށް ލިބުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ފަޚުރުވެރި ނަތީޖާއެއް ހޯދިކަމަށްޓަކާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ތަޢުލީމު ޙާސިލު ކުރި ކަމުގައިވިއަސް ޤައުމުގެ ޙާލަތާއިމެދު ވިސްނުމަށާއި، ޤައުމަށް ބޭނުންތެރިވާނެ ކަންތައްތަކާމެދު ވިސްނައި އެކަންތައްތައް މަގުފަހި ކުރެވޭނެ ގޮތްތައް ހޯދުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޤައުމަށް ވަފާތެރިވުމަށާއި ޤައުމުގެ ނަމަށް ހުތުރުވާފަދަ ކަންތައްތަކަށް ވާގިދޭފަދަ އެއްވެސް ކަމެއްނުކުރުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް ބޭނުންވަނީ ކިޔަވައިގެން ތިބި ދިވެހި ކުދިންކަމުގައި ވިދާޅުވިއެވެ. އަދި ތިން ކުދިންވެސް ކިޔަވައި ނިމިގެން ސަރުކާރަށް ޚިދުމަތްކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖިހާދު

    މަރުހަބާ މަރުހަބާ

  2. ާޮޮިުެ77777

    ހާދަ ފަހުރުވެރުވެރި ވެއޭ މިފަދަ ދަރިވަރުން ފެނުމުން. ﷲ ތައާލާ ތިޔަ 3 ކުދިންގެ މަސައްކަތުގައި ބަރަކާތް ލައްވާ ތިޔަ 3 ކުދިންނަކީ ގައުމަށް ވަފާތެރި އިސްލާމް ދީނަށް ލޯބި ކުރާ ކުދިން ކަމުގައި ލައްވާށި. އާމީން.

  3. ދިސްއިޒް

    އޭލެވެލްގެ އެންމެ މޮޅު ތިން ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އަދި މިފަހަރު އޯލެވެލް އިން އެންމެ މޮޅު ވަނަ ހޯދީ ތިން އަންހެން ކުދިން ކަމަށްވާތީވެ އަންހެން ކުދިންގެ ސްޓައިލް އާއި އެމެންގެ އަގާއި އަދި އެމެންގެ އިމޭޖް ހިފެހެއްޓޭނެ އުސޫލުން އެމެން ކެރިއަރ ޗޫސް ކުރާ ނަމަ މަމެން ވެސް ކުޑަ ގައިޑް ލައިނެއް ދީފާނަމޭ ތިކުދިންނަށް. އެއްގޮތަކަށް ވެސް ތިޔާ ތިން ކުދިން ޕޮލިޓިކަލް ސައެންސާއި ގާތް ނުވާތި ސަބަބަކީ އެ ހަދައިފިނަމަ ސަރުކާރުގެ ވަޒީފާ ގަނޑެއް ނޫނީ އަދާ ނުކުރެވޭނެއޭ ޕްރައިވެޓް ސެކްޓަރ ގައި ނުހުންނާނެ އޭ ޕޮލިޓިކަލް ސައެންްސް ބޭނުންވާ ވިޔަފާރި އެއް. އަދި އެއީ ވަރަށް ޑާރޓީ ގޭމް ޖައްސާ މަކަރާއި ހީލަތް ހެދުމުގެ ބައި އިދިކޮޅު ކްރިޓިކްސް އިން ގެންގުޅޭ ދާއިރާ އެކޭ. ޗާރޓަރޑް އެކައުންޓެންޓް އަކަށް ވެއްޖެނަމަ އެއީ ދެން ގޭގައި ލެޕް ޓޮޕް އަދި އިންޓަރނެޓް ކަނެކްޝަން އެއް ހުރުމުން ފައިސާ އޮހޭނެ ނޫންތޭ. އިޓްސް އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން.

  4. ދިސްއިޒް

    އޭލެވެލްގެ އެންމެ މޮޅު ތިން ދަރިވަރުންނާ ރައީސް ބައްދަލުކުރައްވައިފި ނަަމަ އެކަމަކީ އެއީ މަމެން ޕިންކީން ވަރަށް އުފާ ކުރާ ކަމެކޭ. މީގެއިން އެގިގެން މިދަނީ ގައުމުގެ ހާކިމާ ގައުމުގެ ރައްޔިތުން ދެކެ ހަގީގީ ލޯބިވާ ކަމޭ ރައީސް އެކުދިންނަށް ދެއްވި އަގު ހުރި ނަސޭހަތުގެ ބަސް ކޮޅުން. ދެން އަނެއް ކޮޅުން މަމެން ޕިންކީންގެ ބިއުޓިފުލް ރައީސް އަކީ އެއީ މިހާރު ގްރޭންޑްޕާ އެއްވެސް މެއޭ އެހެން ކަމަށްވާނަމަ އަދި ވަކިން ގައުމުގެ ރައްޔިތުން ދެކެ ލޯބިވާނެއޭ. އެއީ ޔަގީން ކަމެކޭ. ޓު ޑޭ އައި ސީ ދަ ރެއިނީ ކްލައުޑްސް އާރ އަވޭ. އައިސީ ދަ ފްލާވަރސް އާރ ބްލޫމިންގް. އައި އެންޖޯއިޑް އެވްރީ ރެއިން ވޯޓަރ ޑްރޮޕް އައުޓް ދެއަރ. އެން އައިސީ ބިއުޓިފުލް ތްރީ ރޯޒެސް އާރ ބްލޫމިންގް އޭޒް ދަ ނަމްބަރ ވަންސް. އޯއް ކާންޓް ބިލީވް އިޓް އިޓްސް ސޯ ބިއުޓިފުލް އެން ޕާރފެކްޓް އޯއް ދިސް އިޒް ލަވް ލަވް އިޒް އީޒީ ލަވް ކޭން ޕްލީޒް މީ އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ. އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން. ދިސް އިޒް ލަވް ލަވް ލަވް..