މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރު 14:30 ގައި މި އަޑުއެހުން ބޭއްވުމަށް ތާވަލުކުރި ނަމަވެސް އަޑުއެހުން ކެންސަލް ކުރި ސަބަބެއް އެނގިފައެއް ނުވެއެވެ.

ފާރިސްގެ މައްޗަށް މި ދައުވާ ކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައެވެ.

ޝަހްސު އޮޅުވައިލުމުގެ ދައުވާ ފާރިސްގެ މައްޗަށް ކުރާއިރު އިތުރު ތުހުމަތެއްގައި ފާރިސް މިވަގުތު ހުންނެވީ ޖަލު ބަންދުގައެވެ. މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި މިވަގުތުވެސް ފާރިސް ޖަލުގައި ހުންނެވިއިރު، އެ މައްސަލައިގައި ފާރިސްގެ މައްޗަށް އުފުލާފައިިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން ފާރިސްގެ ބައްޕަ، އަދި ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ، ފަޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޖަލު ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިހާދު

    ތަގުދީރުގެ ނިޔާ ވިސްނަބަލަ ކާކުބެނުން ވާނީ ރަން ފާހާނާ ތަށިމަތީގަހުރެފަ ފައިބަން އަންނިގެ ނުލަފާކަމުން ބާލާފަ އެވަރުން ނުވެގެން ގޮޅިއައްވެސް ލީ ހަހަހަހަހަހަ ރައްޔިތުން ހާލުގަ ޖައްސާފަ އަރާމު ދިރި އުޅުން ސިކުޑިއައްގެނެ ބައްޕައާ 2މީހުން ދެން ތިބިމީހުން ގާތުގަބުނޭ ވިސްނާށޭ.