ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މުޅި މިލްކިއްޔާތު ދީގެންވެސް އޭނާ ނުގަނެވޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ޕީޕީއެމް ބައެއް މެންބަރުން ޖުމްހޫރީ ޕާޓީ އަށް ގެންދަން އާދޭސް ކުރަމުންދާ ކަމަށް ގާސިމް ރޭ ވިދާޅުވެފައިވާތީއެވެ.

މި ވާހަކަތަކާ ގުޅިގެން އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ މުޅި މިލްކިއްޔާތު ދީގެންވެސް އޭނާ ނުގަނެވޭނެ ކަމަށާއި ގާސިމްގެ މުޅި މިލްކިއްޔާތަށް ވުރެ ރައީސް ޔާމީންގެ އިހުލާސްތެރިކަމުގެ އަގު މާބޮޑު ކަމަށެވެ. އަދި ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނީތީ އެކަމާ ފަހުރުވެރިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ވީޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އެމަނިކުފާނާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންގެންދަވާ ވެރިކަން ކުރާ ޕީޕީއެމް ގެ މެންބަރުން ކަމަށްވާ އަބްދުލްރަހީމާއި، ނިހާނާއި، ޚަލީލު އަދި އަލީ އާރިފް އަކީ ރައީސް ޔާމީން ގެންގުޅުއްވާ "ތާޅަފިލިތަކެއް" ކަމަށެވެ.

"ރައީސް ޔާމީންގެ އުނދަގޫ ބޮޑުވެގެން އެބޭޕުޅުން އަޅުގަނޑު ގާތު ކިޔާތާ ކިތަންމެ ދުވަހެއް. ޔާމީނުގެ އުނދަގޫ ބޮޑުކަމުން، އުޅެވޭ ވަރެއްނުވެޔޭ، މިއީ އުޅެވޭވަރު ތަނެއްނޫނޭ، ޖޭޕީއަށް ގެންދެބަލާށޭ ކިޔާތާ ކިތަންމެ ދުވަހެއް. ގާސިމަށް އެއްޗެއްހި ކިޔުއްވަނީ ކިޔާށޭ ބުނެގެންނޭ، ތިމަންނާމެން ބޭނުންވެގެންނެއް ނޫނޭ" ގާސިމް ވިދާޅުވިއެވެ.

"އެބޭފުޅުނަކީ ތާޅަފިލިތަކެއް. އެއީ ތެދު ވާހަކައެއްނޫން، އަދުރޭ ދައްކާ ވާހަކަ ކުޑަކުއްޖެއްވެސް ގަބޫލެއް ނުކުރާނެ" ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަހުމަދު އަދުރޭ

    ކަލޯމެން ހާދަ މޮޅޭ ސިޔާސީ ވާހަކަ ދައްކަން، ކަލޯ ވެސް ތި ވާހަކަ ދައްކަނީ ކޮންމެހެން ގާސިމުގެ މިލްކައްޔާތު ބޭނުން ވެގެން ނޫނީ ފައިސާ ބޭނުން ވެގެން ނޫން، ހިތް ފުރޭވަރަން ހަރާން ފައިސާވެސް ކެވިފަ ތި މީހުންނަށް ހުންނާނީ، މިހާރުވެސް ތި ޅެން ފަރިއްސައް ބަދަލު ކޮއްބަލަ ވާނެ ގޮތް ބަލްން، މި ރާއްޖޭގަ އުޅޭ ސިޔާސީ އެއްވެސް މީހެއްގެ ލަދެއް ހަޔާތެއް ގެ ކަންފުކެއްވެސް ނެތޭ، އޭ ހުރި ހިތާމައެއްގެ ބޮޑުކމާ އެވެ. ހަމަ ކަށަވަރުން ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ. ތި ހުރިހާ އެންމެން އެބުރި ދާނީ ﷲ ގެ ހަޒުރަތަށެވެ. ﷲ ގަންދީ ހުވާ ގިޔާމަތް ވާނެ ހިސާބު ބެއްލެވޭން ،ނަރަކަޔާއި ސުވަރުގެ ވޭ،ﷲ އަށް ބިރުވެތިވޭ!

  2. ހައްސާން

    އޭ ﷲ ސިޔާސީ ބަލާއިންނާއި ކެނެރީގެ ނަޝީދު ކިޔާ ފިރުއައުނުގެ ކަބައިން މި ގައުމު ސަލާމަތް ކުރައްވާންދޭ!

  3. ވަޙީދު

    އަދުރޭ މިހާރު ބޭނުން ވެގެން ތިޔަ އުޅެނީ ޤާސިމް ގެ މިލްކިއްޔާތު އެއްކޮށްދޯ؟ އަދިވެސް ހިތްނުފުރެނީދޯ؟

  4. އްބުދުﷲ

    ކައެއަށް ޤާސިމް ގަނެވިދާނެ ދޯ؟

  5. ޓިކިޓިކި

    ކަލޯ މީހަކު ގަންނާނީ އެއްޗަކަށްވާ އެއްޗެއް
    ކަމަކު.ގަންނާން ތިޔަކީ ޅޮސް ލަކުޑި ކޯޗެއް ހެދޭނީ ތިޔައިން ތިޔަވަށްތަރަށް މީހުން ކިޔަނީ
    ބަހުން މެޓާ ކަމުން ރެކޭ ???

  6. މޮދު

    ގަނެވޭނެ. މިހާރުވެސް ތިހިރީ ވިކިފަ?

  7. ބީ

    އެހެންތާ ވާނީ. ޢަހަރުން ނަށް އިނގޭ ކީވެކަން

  8. ޢަބުދުﷲ

    ޢަދުރޭ މިހާރު މާމުއްސަނދިވާނެ. އަދުރޭމެންގެ ވިޔަފާރީގައި ޚަރަދެއްކުރާކަށް ނޯވޭ. ހައްތަހާވެސް ލިބޭކޮޅު.

  9. ހުވަދޫބެ!

    ގަންނާނީ އަގުހުރި އެއްޗެއްދޯ؟ ތިއީ އެއްވެސް އަގެއް ހުރި އެއްޗެއްނަމަ ތާ ދޯ

  10. ބޮކި

    ކިހިނެއް ހޭ ތިމީހުން ގެންނާނީ ! ހަމަވިސްނާވިސްނާ ނުވިސްނުނު ފިތިފަތިބި ބަޔަކު ނުވެސް ގެނެވޭނުން ނުވެސް ގެންދެވޭނުން.....

  11. ބިޒީ

    9 މިލިޔަން އޯކޭވާނެ،

  12. ވގ

    ހޮހޮހޯހޯ ތީހަމަ ފައިސާޔައްވިކޭމީހެއް

  13. އަލްޖިބްރާ

    މީހެއްގެ މިލްކިއްޔާތު ކީއްކުރަން ފީ އިލޮށިކޮޅެއްދީފަވެސް ތި އަދުރޭ ބަލައިގަންނާނެ މީހަކު މިރާއްޖެއަކު ނެތް ! ޔާމީނަށް ތިހާވައިޖަހަނީ ޔާމީނުގެ ހިޔަނީގައިހުރެގެން ކަލޭ ހިންގާފައިވާ ޖަރީމާތަށް ، އެނޫންގޮތަކަށް އެބުރިއްޖެނަމަ ފަޅާއަރާނެތީ ! ހަދާން އެބަހުރިތަ ؟ އަދި އެތިކޮޅެއް ބޭނުމޭ ބުނިހަދާން ! ކޮބާތަ ގަތް ފްލެޓް !

  14. ވަޙީދު

    މީހަކު ގަންނާނީ އަގެއް ހުރި އެއްޗެއް ނަމަތާ. ޓިނުގަނޑެއްގެ އަގެއްހާ ވަރުވެސް ނެތް...

  15. ހަހާ

    މިއީ އަގެއްހުރި އެއްޗެއްތަ؟ މަގޭ ބޮލުގަ ރިއްސާ މީނަފެނިމުން.

  16. ހީހީީހީ

    މި ޔާމީން ކިބައިން މި ރާއްޖެ ސަލާމަތް ކުރައްވާ ދޭ!އާމީން!

  17. ޖޭމްސް

    އަުދުރޭ ކަލޭ ގަންނާކައް ހަމަ އެކަކުވެސް ނާންނާނެ..

  18. މިސްރު

    ތިގޮތަށް ގަދަބަސް ބުނާމީހުން އެއްމެ އަވަށް ދާނީ.

  19. މާމަ

    ގާސިމުގެބޭތިލްމާލަށްވުރެސަރުކާރުގެބޭތިލްމާލުމާބޮޮޑުއެހެމްވީމަނުދާނޭ

  20. މާ3މަ

    ގާސިމުގެބޭތިލްމާލަށްވުރެސަރުކާރުގެބޭތިލްމާލުމާބޮޮޑުއެހެމްވީމަނުދާނޭ

  21. އާދަމް ޝަރީފް

    ރަގަޅު ވާހަކައެއް. މިލްކިއްޔާ ތަކުން ނުގަނެވޭނެ. ފައިސާއިން ގަނެވޭނީ.