އޮޑި ދޯނި ފަހަރު ބަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓްރެސްޓް ކުޑަ ލޯން ސްކީމެއް ތައާރަފް ކުރައްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ، ރ. އަލިފުށި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އޮޑި ދޯނި ފަހަރު ބަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އެސްއެމްއީ ލޯން ސްކީމެއް ތައާރަފް ކުރާނެ ކަމަށެވެ. އަދި އެ ލޯން ސްކީމަކީ ފައިސާ އަދާކުރެވޭނެކަމުގެ ގާބިލްކަން ހުރި މީހުންނަށް ދެވޭނެ ލޯން ސްކީމެއް ކަމަށާއި، އެ ލޯން ސްކީމްގައި މިހާރު ދެވޭ އިންޓަރެސްޓަށްވުރެ މާބޮޑުތަން ލުއިކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި މީގެ މަންފާއަކަށް ވާނީ ދޯނި ފަހަރާއި އޮޑިފަހަރު ބަންނަ ފަރާތްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ލޯން ސްކީމްގެ ބޭނުމަކަށްވާނީ ހަގީގަތުގައިވެސް، އަލިފުށީގައި ދަންނަވާލަން ބޭނުންވަނީ މަސައްކަތްތެރި ރަށަކަށްވާތީވެ އަދި އަލިފުށީގެ ބައެއް ބޭފުޅުންނަކީ ބޯޓް ބިލްޑިން އިންޑަސްޓްރީގައި އުޅުއްވާ ބޭފުޅުންނަށްވާތީވެ އޭގެ ތެރޭގައި ލެޝާ ކްރާފްޓް، ޔޮޓް ފަހަރު އަދި މަސްވެރިކަމަށް ނިކުންނަ އުޅަނދު ފަހަރު އަދި ކަނޑު ދަތުރުފަހަރު ކުރާ އުޅަނދު ފަހަރު، ބަންނަން ނުވަތަ ބަންނަން ކެޕާސިޓީހުރި ރަށެއްމީ، ހަމަ ގައިމުވެސް އެފަންނުގެ ފަންނުވެރިން ތިބި ރަށެއްމީ، އެހެން ކަމުން މިފަދަ މީހުންނަށް ފައިސާ އަދާކުރެވޭނެކަމުގެ ގާބިލްކަން ހުރި މީހުންނަށް ބޭންކުތަކާއި ވާހަކަ ދައްކައިގެން އެސްއެމްއީ ލޯން ތައާރަފްކުރަނީ، މިހާރު ދެވޭ އިންޓަރެސްޓަށްވުރެ މާބޮޑުތަން ލުއިކޮށް މިފަދަ ފަރާތްތަކަށް އެސްއެމްއީ ލޯން ދެވޭނެ، މީގެ މަންފާވެރިންނަކަށް ވާނީ ދޯނި ފަހަރު އޮޑި ފަހަރު ބަންނަ ފަރާތްތަކަށް، އެހެން ކަމުން މި ސިނާއަތަކީ ކުރިއަށްދާނެ ސިނާއަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރު ނިމުމުގެ ކުރިން، އެރަށުގައި ކުރިއަށްދާ އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރާނެ ކަމަށެވެ. އެގޮތުން އެ ރަށުގެ ބޯޓްޔާޑްގެ ހިދުމަތް ފުޅާކޮށް، އިތުރު ފުރުޞަތުތަކެއް އެ މަސައްކަތްކުރާ މީހުންނަށާއި، ޒުވާނުންނަށް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދެވަނަ ދަޢުރެއްގައި އަލިފުށި ބޯޓްޔާޑްގެ ޚިދުމަތް ފުޅާކޮށްދޭނަށް. އަދި ރަށުގައި ތިބެގެން އާމްދަނީ ލިބޭނި ގޮތް ހޯދައިދިނުމަށް، މިދާއިރާއިން ވަޒީފާގެ ފުރުސަތު އިރުތުކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް ޒުވާނުންގެ މަސައްކަތް ކުރިއެރުވުުގެ ގޮތުން ގެޓްސެޓް ލޯނެއް ތައާރަފް ކޮށްގެން ކުރިއަށް ގެންދާ ކަމަށާއި މި ގެޓްސެޓް ލޯން ތިން ގުނަ ބޮޑު ލޯނަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެއީ މަސައްކަތް ކުރަން ނިކުންނަ ޒުވާނުންނަށް ހާއްސަކޮށް ގުޅިގެން އުފައްދާ ކުންފުނިތަކަށް އެލޯން ސްކީމުން ފައިދާ ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ދެން އަންނަ ފަސް އަހަރު ނިމޭއިރު، 18 އަހަރު ފުރިފައިވާ އަދި ވަޒީފާއަށް ދާން ބޭނުންވެފައި ހުރި ކުއްޖަކަށް ވަޒީފާ ނުލިބި ނުދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ްްަްްަަާާާބަކުރުގެ ނަވާޒު

    އިންޝާﷲ. ﷲގެ އިރާދަފުޅާއިއެކު ބޮޑު ތަފާތަކުން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ރައީސް ޔާމީން.

  2. ޕިންކޭ

    މަގޭ ވޯޓް ރައީސް ޔާމީން އައް...???❤️

  3. މަލަކުރި

    ކުރަންވީ ކަމަކީ މަސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް ބޭނުންވާ ދޯނިފަހަރު ގަނެވޭނެ ގޮތް އިސްލާމިކް ބޭންކް އިންވެސް ހަދައިދޭންވީ

  4. އ.ޖ.އ

    ކިތަންމެ ކުޑަ ނަމަވެސް އިންޓެރެސްޓެއް ފައިސާގެ މުއާމަލާތުގައި ހިމެނުން ހުއްދަ ނުވާނެ. #އެންމެފުރަތަމަދީން