ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އަބްދުލްﷲ ޔާމީން އަބްދުލްޤައްޔޫމަށް ރ. ދުވާފަރުން އާދަޔާ ޚިލާފު ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ދުވާފަރަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ރައީސްއަށް މަރުހަބާ ދަންނަވަން ރަށުގެ ބަނދަރު ސަރަހައްދަށް ނުކުމެތިބިއިރު، އެ ހުރިހާ އެންމެނާ ސަލާމް ކުރެއްވުމުގައި އެމަނިކުފާނު އެއް ގަޑިއިރު ހޭދަ ކުރެއްވިއެވެ.

މިއީ ރަށަކުން މިހާތަނަށް ރައީސްއަށް އެންމެ ހޫނު މަރުޙަބާ ދެންނެވި އެއް ރަށްކަން ފާހަގަކޮށްލެއެވެ. އަދި ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮންނަ ދުވާފަރުން ވަނީ މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ޕީޕީއެމްއަށް އެ އިންތިހާބު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ބޮޑުބެރުގެ ހަރަކާތްތަކާ އެކު، ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތްތަކުގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ތިބީ ފިޔާތޮށި ކުލައިގެ ޓީޝާޓު ލައިގެން، ޕީޕީއެމްގެ ދިދަ ހިފައިގެންނެވެ. އަދި ބައެއް އަންހެނުން ތިބީ "ރައީސް ޔާމީން 2018" ޖަހާފައިވާ ބުރުގާ އަޅައިގެންނެވެ.

ރައީސް ޔާމީނަށް ރ. ދުވާފަރުން ހޫނު މަރުޙަބާއެއް ދެންނެވިއިރު، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕެއިން ދަތުރުފުޅެއްގައި އެރަށަށް ވަޑައިގަތުމުން ވެސް އެމަނިކުފާނަށް ވެސް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން އިބޫއަށް މަރުހަބާ ކިއުމަށް ނުކުމެ ތިބި ރައްޔިތުންނާ ސަލާމް ކުރެއްވުމުގައި އޭނާ 30 މިނެޓް ހޭދަކުރެއްވިކަން ފާހަގަކޮށްލެވެއެވެ.

ރައީސް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ދުވާފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އޯއްއޯއް

  ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ބްރިޖް ވެސް ނިމުނީ ދޯ އައިނޯ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ރިއަލިޓީ އޯއް އޯއް އީވެން ދޯ ޔޫ މައިޓް ނޯ ދަ ޓްރުތް ސަމްޓައިމް އިޓްސް ހާރޑް ޓު ފޭސް ދަ ރިއަލިޓީ އޯއްް އޯއް އޯއް...

 2. ކެރޭ

  އިބޫއައް މަރުހަބާކިއުމައް ދުވާފަރުގަ ގިނައިން ތިބީއަތޮޅުތެރެއިން ގެނަސް ތިބިމީހުން
  ނަމަވެސް ރ ޔާމީން އައް މަރުހަބާ ޚިޔަން ނުކޔުތީ ހުސް ދުވާފަރައް ނިސްބަތް ވާމީހުން މީތަފާތަކީ ހަގީގަތް ޙާމަވާނީ އިރާދަކުރެއްވީޔާއި ވޯޓް ފޮށިން

  • މޫސަ

   ކެރުނަސް ނުކެރުނަަސް، އިބޫއަށް މަރުޙަބާކިޔަން ނުކުތީ ދުވާފަރު ރައްޔިތުން އެތަނުން 20 މީހުންވެސް ހޯދާބަލަ އެހެން ރަށްރަށުގެ. ހަޖަމްގެ ބަައި ދަށީ ހަމަ.

 3. ދުވާފަރު މީހާ

  50 މީހުންނެއް ނުނުކުމޭ. ދެން ކޮން ހޫނު މަރުހަބާ އެއް ތޯ ކިޔާނީ..

  • ނުވާނެ

   ކަލޯ ދެ ލޯ އަނދިރީތަ

 4. އަޙްމަދު / ދުވާފަރު

  ދުވާފަރުން އިބޫއަށް އެ ދައްކައިލީ ދަޅަ! ދުވާފަރު އޮތީ ރައީސް ޔާމީނާއެކު! މިކަން ޔަޤީންކޮށްދެން!

 5. ނުޢައިމު

  އިބޫ ލަަދުފޮރުވަން ކުރާކަމަކީ އަތޮޅުގެ ހުރިހާރަށެއްގައި ތިބޭ މަދު ސަޕޯޓަރުންކޮޅު ލޯންޗް ނުވަތަ ދޯނިފަހަރު ކުއްޔަށް ހިފާދީފަ ދެން ދާން އޮތްރަށަކަށް ކުރިޔަށް ގަނޑުކޮށް ފޮނުވަނީ! ދެން އެރަށު މީސްކޮޅާ މުޅި އަތޮޅުމީސްކޮޅު ލައިނަކަށް އެތުރިލަނީ! ދެން ފޮޓޯ ރީތިވާނެނު؟ ރ އަތޮޅު ދުވާފަރަށް ކުރި ދަތުރުން މިކަން ވަރަށް ސާފް!