ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފު ކޮށްދޭގޮތަށް މީރާއިން ހަމަޖައްސައިފިއެވެ.

މީރާ އިން ވިދާޅުވީ މިއީ އެ އޮތޯރިޓީން ޖޫރިމަނާ މަޢާފުކުރުމުގައި މިހާރު ވެސް ޢަމަލުކުރަމުންދާ ޢާއްމު އުޞޫލުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ދޭ ޚާއްޞަ ޢިނާޔަތެއް ކަމަށެވެ.

މިގޮތުން ކުދި ވިޔަފާރިތަކަށް ދޭ މި ހާއްސަ ހިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މީރާ އިން ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކުގެ ގޮތުގައި މީރާއިން ގިންތި ކޮށްފައިވަނީ، އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކެވެ.

އެ ފަރާތްތަކުން ބީ.ޕީ.ޓީ، ވިތްހޯލްޑިންގ ޓެކްސް، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހާ ގުޅިގެން، 30 ޖޫން 2018ގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީއަށް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މިދިޔަ އަހަރު ތެރޭގައިވެސް މީރާއިން ވަނީ މިފަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޯއްއޯއް

    ކުދި ވިޔަފާރިތަކުން ދައްކާ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދީފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ހަގީގަތުގައި ތިޔާ ޓެކްސް ނިޒާމް ތައާރަފް ކުރުމުން މިގައުމުގެ ބަޖެޓަށް ވަންނަ އާމްދަނީ އަށް ވުރެން ބޮޑަށް އިންފްލޭޝަން އުފުލި އާދައިގެ ހޮޓަލުން އާންމު މީހާ އަށް ކައިގެން ބޮއިގެން ނޫޅެވެއޭ މާލޭގައި މިހާރު ޖީއެސްޓީ ބީޕީޓީ މުޅި ޓެކްސް ރެޖީމް އެބަޖެހޭ އުވާލާ ފުށިދިއްގަރު ފަޅު ހިއްކައިގެން އެތަނުން 1 ސެންޓިލިއަން އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދިވެހި ރައްޔިތުންްނަށް އެތަނުން ބިން ކުއްޔަށް ދޭން 100 އަހަރު ދުވަހަށް ޓެކްސް ރެޖީމް އަކީ ހުޅަނގު ގައުމު ތަކުން ރައްޔިތުން އަތުން ވައްކަން ކުރަން ވެގެން ތައާރަފް ކޮށްގެން އުޅޭ އެއްޗެކޭ މީއޭ ހަގީގަތަކީ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ރިއަލިޓީ އޯއް އޯއް އޯއް އީވެން ދޯ ޔޫ ނޯ ރިއަލިޓީ ސަމްޓައިމްސް އިޓްސް ހާރޑް ޓު ފޭސް ރިއަލިޓީ އޯއް އޯއް އޯއް އީވެން ދޯ ޔޫ ނޯ ރިއަލިޓީ...

  2. އަލީ

    ޝުކުރިއްޔާ ރައީސް ޔާމީން.

  3. ހަސަން

    ދެންކިހިނެތް ހަދަންވީ ކުދި ވިޔަފާރިވެރިން ފޯމެއް ފިލްކުރަންވީތަ . އެހެން ނޫނީ މީރާއޮފީހަށް ދާންވީތަ ސުވާލުކޮށްލަން .ނޫނީ ވަކިއެްޗެއް ނާންގާހުއްޓާ މާފުދެއްވަނީތަ؟