މިހާރުގެ ސަރުކާރުން ރާއްޖެ އަށް ތަރައްޤީ ގެނައުމުގައި ވަކި ރަށަކަށް ތަފާތެއް ނުކުރައްވާކަމަށާއި ހުރިހާ ރަށަކަށް ތަރައްޤީ ގެނެސްދެއްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރ.އަތޮޅު ދުވާފަރުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފާސް ހިސާބުން މިސާލު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގައި ހަމައެކަނި އެމްޑަބްލިއުއެސްސީ އިން މިވެރިކަމުގައި 54 ރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށް 50 ރަށުގެ ނަރުދަމާގެ މަސައްކަތް މިހާރު ނިންމައިފި ކަމަށެވެ. ހަތަރު ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދުވާފަރަށް މިސަރުކާރުން ޚަރަދު ކުރި ފައިސާގެ އަދަދު 140 މިލިއަން ރުފިޔާ އަށް އަރައިފި. އެމްޑީޕީ ސަރުކާރުން މިރަށަށް އެއްވެސް ކަމެއް ކޮށްދީފައެއް ނުވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގިނަ އެއާޕޯޓްތަކެއް އަޅައިދެމުން ގެންދަނީ ވެސް މިސަރުކާރުން ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއާޕޯޓްތައް ތަޢާރަފްކޮށްދިނީ ކޮން ސަރުކާރަކުންތޯ؟ މިސަރުކާރުން. މިހާރު ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް، އަދި ބައެއް އަތޮޅުތަކުގައި ދެއެއާޕޯޓް ނުވަތަ ހަތަރު އެއާޕޯޓް ވެސް އެޅިގެން ދާނެ. މިއެއާޕޯޓްތައް އެޅުމުގެ ބޭނުމަކީ ވަޒީފާގެ ފުރުސަތު އުފެއްދުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތަރައްޤީ އޮތީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ގިންތިއަކަށް ނޫން ކަމަށެވެ.
"ތަރައްޤީ މުޅި ރާއްޖެއަށް އޮންނާނެ. މިއީ މާލެ އަށް ނުވަތަ ހުޅުމާލެ އަށް އޮތް ކަމެއް ނޫން. ވަކި ފަންތިއެއްގެ ވަކި އުމުރެއްގެ މީހުން ބާކީއެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަޒީފާއެއް ބޭނުންވާ ކޮންމެ މީހަކަށް އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރުގައި ވަޒީފާއެއް ހޯދައިދޭނަން ކަމަށެވެ. "ވަޒީފާގައި ހުރިހާ ޒުވާނުން އުޅޭނަމަ ދުވާފަރަށް އީދެއް އަންނަ ނަމަ ދެއީދު އަންނާނެ. އެއީ މިފަދަ ކަންކަމަށް ޚަރަދު ކުރާނެ ޒުވާނުން ތިބޭތީ އަންނަ އީދެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުން ޖަލުގައި ތިބުމަށް ވުރެ ފުޓްސަލް ދަނޑުގައި ތިބުން އެމަނިކުފާނަށް މާރަނގަޅު ކަމަށެވެ.
"ނަމަވެސް އިދިކޮޅު ކެންޑިޑޭޓް މިބުނަނީ ހަމައެކަނި ފުޓްބޯޅަ ހޭ ކުޅެންވީ. އާދެ އަޅުގަނޑަށް ރަނގަޅު ކުށްތަކަށް އަރައިގަތުމަށްވުރެ ފުޓްސަލް ކުޅެން ތިބުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަން ކުރިއިރު އުފެއްދި މަސްތުވާތަކެތި ވެސް ނައްތާލީ އެމަނިކުފާނު ކަމަށެވެ. "ވީދިފައި އޮތް އިޖުތިމާޢީ ފޭރާން ވެސް އަލުން ވިޔަން ޖެހުނީ އަޅުގަނޑުމެން. މާލޭގައި ޒަމާންތަކެއް ވަންދެން ހުރި ކުނިގޮނޑުތައް ނައްތާލީ ވެސް އަޅުގަނޑުމެން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭ އިންޑަސްޓްރިއަލް ވިލެޖަކީ ވެސް ގިނަ ބަދަލުތަކެއް ގެންނާނެ ސަރަހައްދަކަށް ވެގެން ދާނެ ކަމަށެވެ. މާލެ ތެރޭގައި ހުރި އިންޑަސްޓްރިއަލް މަސައްކަތްތައް އެސަރަހައްދަށް ބަދަލުވެގެން ދާނެކަން ރައީސް ފާހަގަ ކުރެއްވެވިއެވެ.
ރައީސް ވިދާޅުވީ ދުވާފަރުން ކުރިން ވެސް އުފެއްދީ ދަންޑަހެލުން ކަމަށާއި މިއަދު ވެސް މިއުފައްދަނީ ޕީޕީއެމްގެ ދަންޑަހެލުން ކަމަށެވެ.
އަންނަ އަހަރު ދުވާފަރު ސްކޫލް ކުދިން ދަތުރު ކުރުމަށް އެމްޑަބްލިއުއެސްސީ އިން ދެބަސް ހަދިޔާ ކުރައްވާނެ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ. އަދި ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވަން އެމަނިކުފާނު މިރޭ ވައުދުވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ ނުނިމި ހުރި މަގުތަކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދުވާފަރުން އެމަނިކުފާނަށް ދެންނެވި މަރުޙަބާ މިރޭ ތަކުރާރުކޮށް ފާހަގަ ކުރައްވަވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ހޫމް ވަރަށް ނުކުރެ
މާމިގިލި އަށް ގެނައި ތަރައްގީ ކޮބާތަ؟ އެއް ސަރުކާރަކުން ވެސް މާމިގިލި އަކަށް ކަމެއް ނުކޮއްދޭ... ގާސިމްގެ ބަލާ ބޮޑު ކަމުން... ގާސިމް މާމިގިލިން ބޭރު ކޮއްފައިވެސް ތަރައްގީ މާމިގިލި އަށް ގެންނާން ޖެހޭ... ސަބަބަކީ މާމިގިލީ މީހުން ވެސް ވޯޓް ދީގެން ސަރުކާރު ހޮވަނީ..
ކޮން ރަށަކަށްތަ ކަލޯ ތަރައްގީ ގެނައީ
މާމިގިލި އަށް ގެނައި ތަރައްގީ ކޮބާތަ؟ އެއް ސަރުކާރަކުން ވެސް މާމިގިލި އަކަށް ކަމެއް ނުކޮއްދޭ... ގާސިމްގެ ބަލާ ބޮޑު ކަމުން... ގާސިމް މާމިގިލިން ބޭރު ކޮއްފައިވެސް ތަރައްގީ މާމިގިލި އަށް ގެންނާން ޖެހޭ... ސަބަބަކީ މާމިގިލީ މީހުން ވެސް ވޯޓް ދީގެން ސަރުކާރު ހޮވަނީ..
500 ގެ ވާހަކަފުޅެއް، ޤާނޫނީ ފިޔަވަޅު އެޅުމުގައިވެސް ނުކުރޭ ތަފާތެއް، މަޖިލިސްމެމްބަރުންނަށް މީހަކު ދިން ރިޝްވަތު ފައިސާ ގޯނި ބެހިކަމަށް އަމިއްލައަށް އެއްބަސްވި މީހާގެ މައްސަލަ ނުބެލީ އޭނަޔާ އެލާރި ހަވާލުކުރިމީހާ ފަޅާ އަރާފާނެތި ދެއްތޯ، ކޮންމެސް ހަމަޖެހޭ ވާހަކައެއް ދައްކަން ވެއްޖެނުންތޯ
އެއްބަޔަކަށް ޗޮކްލެޓް ދޭއިރު އަނެއްބަޔަކަށް ދެނީ ދިރިފުކުމެޓާ ނިކަމެތިންމަށް ނިކަމެތިގޮތް ވ. ރަކީދޫގައި މިހާރު ދިރިއުޅެނީ 25 މީހުން އެންމެން ފައިބާގެން ގޮސްފި އާދޭސްކޮށް ގޮތްހުސްވީމާ
އަޅުގަނޑު ތިކަމާއެއްބަހެއް ނޫން މުޅިދައުލަތުގެ ބަޖެޓް ބޮޑުބައެއް ގދ ތިނަދު އަށް އަށްޑުއަށް ފޯއްމުލަކަށް މިސްރުކާރުގެ ފަސްއަހަރު ނިމިގަެންދާއިރު ލ. ކަލައިދު އަށް ތަރައްޤީއަށް ކޮށްދެއްވި ކަމެއް ހަމަޤައިމ،ުވެސް އަޅުގަނޑަކަށް ނުފެނޭ ދަނބިދުއާއި ކަލައިދުއާްގުޅުވާލަން ދެފަހަރުމަތިން ބިދަށްލާފަ ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތްކަމަށްބުނެ އެހިސާބުން އެކަންވެސްދިޔައީ ދެން އުޅުނީ ތުނބުރި ޕްރޮޖެކްޓް ހިންގަން ބިޑްކޮށް ބިޑަށްލާ އެހިސާބުން އެޔަށްވެސް ވީނުވީއެއް ނޭންގުނު ދެންކޮންކަމެއްބާ ކޮށްދެވުނީ އެންމެކުޑަމިނުން މުޅިގައުމުގަ ހުސްފުޓްސަލް ދަނޑުއޮތްއިރު އެވެސް ކަލައިދުއަކަށް ނެތް
އެއްވެސް ވަރަކަށް ބައެއް ރަށްރަށުގެ މަގުތައް ހަދާ ފުޓްސަލް ދަނޑުހަދާ،އަސާސީ ހިދުމަތް ނުލިބޭ ރަށްރަށް ވެސް އެބަހުރި
ދޮގުހެދިޔަސް ތީ ބޮޑުވަރު މަނިކުފާނޫ. އަހަރެމެން މިކުރާ މަސައްކަތް ފެނަށް ދަނީ އެހެންވެގެންނޭ
ދޮގުނުހަދާ
އެއްގޮތަކަށްވެސް ތަފާތެއް ނުކުރޭ. ތ.އަތޮޅުން ފަށަމާހިނގާ. އެއްފަރާތަށް އަރިވެގެންގޮސް އަތޮޅު އޮތީ ބަންޑުން ޖެހިފަ. 300 މީހުންގެ އާބާދީ އޮތް ވަންދޫގަ 1.2 މިލިއަން ރުފިޔާގެ ކުނިކޮއްޓެއްއަޅަނީ އެރަށު ކުނި ގިނަވެގެން ދިރިއުޅެވޭނެގޮތެއްނެތިގެން. ކައިރީގައި އޮތް ހިރިލަންދޫ ފައިބަރު މަސައްކަތާ މަސްވެރިކަމުގެ ކަންތަކާ އާބާދީގެ ސަބަބުން އުފެދޭ ކުނި ގިނަވެ މުޅި ފަޅު ފައިބަރު ވޭސްޓަށް ވެގެން ދާއިރު އެރަށު ކުނީގެ މައްސަލަ ހައްލުކުރެވޭނެ ގޮތެއްނެތް. ކިހާ އިންސާފުވެރި ވެރިއެއް.