ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޚިދުމަތައް ބަދުބަހެއް ބުނެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ދުވާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދުވާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެންވާރްމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "އެމަނިކުފާނު އިންނަ ޖަލްސާއެއްގައި ރައީސް މައުމޫންގެ ޚިދުމަތައް ބަދުބަހެއް ބުނެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު އިންނަ ޖަލްސާއެއްގައި އަޅުގަނޑު އެދެން އަޅުގަނޑާއި އެކު ވާހަކަދައްކަވާ ހުރިހާ ބޭފުޅުން ވެސް ރައީސް މައުމޫންގެ ޚިދުމަތައް އެއްވެސް ކަހަލަ ބަދުބަހެއް، ކޫރުމެއް އެޅޭ ކަހަލަ ވާހަކައެއް ވިދާޅުނުވުން." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނަކީ ރާއްޖެއަށް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. "ރައީސް މައުމޫނަކީ ރާއްޖެ ތަރައްޤީ ކުރެއްވި ބޭފުޅެއް. ރައީސް މައުމޫނަކީ ދުވާފަރު ވެސް ތަރައްޤީ ކުރެއްވި ބާނީ." ރައީސް ވިދާޅުވިއެވެ.

"ރައީސް މައުމޫނަކީ އިޤުތިޞާދީ ކުރިއެރުން ވެސް އަދި އިޖުތިމާޢީ ހަމަޖެހުން ވެސް އަދި ތައުލީމީ ދާއިރާ ވެސް އަޅުގަނޑުމެން ހީނުކުރާ ހިސާބަށް ގެއްދެވި ބޭފުޅެއް. ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. އެހެންނަމަވެސް މިއަދުގެ ޒުވާނުން ޒުވާނުންގެ ލެއާއި އެކީގައި ކަންތައްތައް ކުރަން އެމީހުންގެ ކެތްތެރިކަމެއް ނުހުރޭ." ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ޚިދުމަތައް ބަދުބަހެއް ބުނެގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ތައުރީފް ކުރައްވާ ރައީސް ޔާމީން މިރޭ ވާހަކަފުޅު ދެއްކެވި އިރު ރައީސް މައުމޫން ހުންނެވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ފަނޑިޔާރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން މައްސަލައިގައި ހައްޔަރު ކޮށްފައެވެ. ރައީސް މައުމޫން މިހާރު ވެސް ގެންދަވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރުން އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރައީސް މައުމޫން އުޅުއްވި ނަމަވެސް މީގެ ކުރިން ވެސް ރައީސް މައުމޫންގެ ޚިދުމަތްތައް ފަނޑުވާފަދަ ވާހަކަފުޅެއް ރައީސް ޔާމީން ދައްކަވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބްދުއްލާ

    އަދި ކިރިޔާތޯ އެއްޗެއް ވިސްނިވަޑައިގަތީ މާފަސް ވެއްޖެ . ވަގުތު ފާއިތުވެއްޖެ އަދުރޭ އެއްޗެތި ގޮވާހެދި އިރު ކުރިން ހުއްޓުވިނަމަ މިހިސާބަށް ކަންކަން ނުދިޔައީސް މައުމޫނުގެ ހިދުމަތް ކުރިންވަޒަންކުރެއްވިނަމަ އިދިކޮޅަށް ތާއީދު ބޮޑުނުވީސް .

  2. ޖަޒޫ

    މިހާރުތިއުޅެނީ ސިންޕަތީ ވޯޓްހޯދަން ނޫނޭވާ މަކަރާ ހީލަތްވެސް އެބަހުރި ނިކަންވިސްނާބަލަ އެމަނިކުފާނަށް ޖެއްސި ހާލު.

  3. ނުރަބޯ

    ޚިދުމަތަކަށް ބަދުބަހެއް ނުބުނަން. އެކަމަކު އޭނާކުރި ނުބައި ނުލަފާ ކަންތައްތަކަށްޓަކައި އޭނާއަށް މަލާމާތް ރައްދުވޭ. އަދި އޭނާގެ އަމިއްލައެދުން ކުރިއަށްނެރެ އެކުރި ޢަމަލަކީ އެކަމުން އޭނާއަށްވެސް އެއްވެސް ފައިދާއެއް ނުކުރާނެ ޢަމަލަކަށްވުމުން ދޭހަކޮށްދެނީ ސީދާ ރައީސްޔާމީނަށް ލަގާއެއް ދިނުމުގެ ގޮތުން ކުރިކަމެއް ކަމަށެވެ.

  4. ސަޢީދު

    ތަފާތަކީ ތިއީ. ރައީސް މައުމޫނުގެ ޚިދުމަތްތައް ވަޒަންކުރާނެ އެތައް ބަޔަކު މި ޤައުމުގައި އެބަތިބި. އެކަން ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެފަދަ ޒަޢީމެއް ދެން މިޤައުމުން ފެނުމަކީ މުސްތަޙީލް ކަމެއް. އެއީ މީހުން ލޯބިވި ޤަދަރު ކުރި އަދި އިޙްތިރާމް ކުރި ރައީސެއް.. އަދިވެސް އެއީ '' ތިޔައީ ޒަޢީމެ އަދު ލޮބުވެތި މި ޤައުމު ފަޚުރުވެރިވާ ''

  5. ޔާމިން

    ކުރިކުށައްއަދަބުދިނުން އެއީމައްސަލައެއްނޫން 2018ރައީސްޔަމިންއައްއިންޝާﷲ

  6. ފްރީޑަމް މޫވްމެންޓް (ފްރީ މައުމޫން)

    ރައީސް މައުމޫނުގެ ޚިދުމަތްތައް ވަޒަންކުރާނެ އެތައް ބަޔަކު މި ޤައުމުގައި އެބަތިބި. އެކަން ރައީސް ޔާމީނަށް ތިޔައިނގުނީ ވަގުތު ފާއިތުވި ފަހުން. އެފަދަ ޒަޢީމެއް ދެން މިޤައުމުން ފެނުމަކީ މުސްތަޙީލް ކަމެއް. އެއީ މީހުން ލޯބިވި ޤަދަރު ކުރި އަދި އިޙްތިރާމް ކުރި ރައީސެއް.. އެއީ މި ގައުމު މިއަދު މދެކެމުންދާ ތައުލީމީ ނިޒާމް ތަރއްގީކުރެއްވި ރައީސް، އެއީ މި ގައުމު ލިޔެކިޔެން ދަންނަ މީހުން އަދަދު %98 މަތިކުރުމުގެ މޭސްތިރި. 1979 ފެށުނު އިރު ލިޔެކިޔަން ނުދަންނަ %37 މީހުންރާއްޖޭގައިތބި، އެއީ މި ގައުމުގައި އިސްލާމީ ތައުލީމް ދިނުމަށް ހާއްސަ މަދަރުސާއެއް ގާއިމުކުރެއްވި ދީނީ ލީޑަރު، އެއީ ވަރުބަލި ކަމެއްނެތި އެތަކެއް އަހަރު ރޯދަމަހު ކޮންމެ ރެޔަކު ދިވެހިންނަށް ދީނީ ދަރުސްދެއްވި އިމާމެއް. '... އެއްޗެއް ވިސްނި ވަޑައިގަނޭތޯ ރައީސް މައުމޫން އަކީ މިއަދު މާފަހުރުވެރިކަމާ އެކު ތިޔަކިޔާ ގައުމީ ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ ހަގީގީ ބާނީއަކީ، މިއަދުވެސް މި ގައުމުގައި، '' ތިޔައީ ޒަޢީމެ އަދު ލޮބުވެތި މި ޤައުމު ފަޚުރުވެރިވާ " މި ގައުމު ގެ ޒައީމް. ބުނެވި ދިޔަ ސަބަބު ތަކަށް ޓަކައި މިއަދުވެސް ޒައީމް ތާއިދު ކުރާމީހުން ، އެތިބީ ރައީސް މައުމޫން ..މި ގައުމުގެ ޒައީމް އާއި އެކު.. ރަށްރަށުން މިހާރު މަނިކުފާނަށް މިތަން ތިޔަފެންނަންފެށީ

  7. ލަސްމު

    ރައީސް! އާދޭސްކޮށްފައި ދަންނަވަން
    ރައީސް މައުމޫނު ދޫކޮށްލައްވާ! ގެއަށް ބަދަލުކުރައްވާ! ވަރަށް ހާލުގައިއެ އޮންނެވީ. އެއީ މަނިކުފާނުގެ ލޭ. އެހެން ނަހައްދަވާ!
    އަނިޔާލިބިފައިވާ މީހުންގެ ބަދު ދުޢާ ރައީސަށް ޖެހި އިމްތިޚާބު ގެއްލޭކަށް ބޭނުމެއް ނޫން. ތިޔައީ ތަރައްގީގެ އަދުގެ ޒައީމު. އިއްޔެ ޒައީމުގރ ލޮބުވެތި ކޮއްކޮ. ދެ ކަލުން ވެސް އެކުގައި އެއްތާކުން ދުށުމުގެ އިންތިޒާރުގައި އަދިވެސް ގައުމު އޮތީ. ރައީސް މައުމޫން މަނިކުފާނަށް މާފުދެއްވާނެ. ޔަގީން. ބައްޕަ އަބްދުލް ގައްޔޫމުގެ މަގާމުގައި މިއަދު ހުންނެވި ލޯބިވާ ބޭބެއަށް އޯގާވެވަޑައިގަންނަވާ???