ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް މިރޭ "ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި ވިދާޅުވީ ޖަލު ޙުކުމުގައި ތިއްބެވި ބޭފުޅުން ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅުއްވި ފޯމް ބާތިލް ކޮށްފައި ވާނެ ކަމަށެވެ. އެބޭފުޅުންގެ ފޯމް ބާތިލް ކުރީ އެއީ ޖަލުގެ ފޮއްޓަށް ވޯޓް ލާން ޖެހޭ ބޭފުޅުން ކަމަށް ވާތީ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ޤައިދީން ވޯޓްލާން ޖެހޭތަން ޤާނޫނުގައި އެބަ ބަޔާން ކޮށްފައިވާ ކަމަށާއި، ޖަލުގައި ތިއްބަވާ ބޭފުޅުން ނުވަތަ ގޭބަންދުގައި ތިއްބަވާ ބޭފުޅުން ނުވަތަ އެނޫންވެސް ޤައިދީންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނާ ހަމައަށް އަންނަން ޖެހެނީ ކަރެކްޝަންސް ސަރވިސް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް ގައިދީންގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުން ލަންޑަނަށާއި، އަދި ދުނިޔޭގެ ބައެއް އެހެން ތަންތަނަށް ރީ-ރަޖިސްޓަރ ވުމަށް ފޯމްތައް ހުށަހަޅާފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޤާސިމް އބްރާހީމްގެ ރީ-ރަޖިސްޓްރޭޝަން ފޯމް ބާތިލުކޮށްފައިވާކަމަށް ދެކެވޭ ވާޙަކަތަކީ ތެދު ވާކަތަކެއްތޯ އެއްސެވުމުން އަކަރްމް ވިދާޅުވީ، އެ ފަރާތްތަކުން ޤައިދީންގެ ގޮތުގައި ތިބެ ޖަލު ފޮއްޓަށް ނޫން އެހެން ޤައުމުތަކަށް ވޯޓުލާން ހުށަހަޅާފައި ވާތީ އެފަރާތްތަކުގެ ފޯމްތައް ބާތިލު ކޮށްފައިވާ ކަމަށެވެ.

"އާދެ، އަޅުގަނޑުމެންނަށް ކަންދިމާވާ ގޮތުން ރާއްޖޭން ބޭރު އެއްވެސް ޤައުމެއްގައި ރާއްޖޭގެ ޖަލު ފޮއްޓެއް ނުހުންނާނެ. އެހެންވީމަ އެބޭފުޅުން، ޖަލު ހުކުމް ކުރައްވާފައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ވޯޓްލާން މި ޖެހެނީ ޖަލު ފޮއްޓަށް، ޖަލު ފޮށި ހުންނަ ތަންތަނުގައި. އެހެންނަމަވެސް އެބޭބޭފުޅުން ދެންމެ ތި ވިދާޅުވިގޮތަށް އެހެން ތަނަކަށް ރީ-ރަޖިސްޓަރ ކުރައްވާފަ އޮތީމަ އަޅުގަނޑުމެން މިވަނީ އެބޭފުޅުންގެ ފޯމް ބާތިލު ކޮށްފައި" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ޖަލު ހުކުމުގައި ތިއްބެވި ފަރާތްތަކުގެ ލިސްޓް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން އަދި ފިލައިގެން އުޅޭ ބައެއް ފަރާތްތަކުގެ ލިސްޓް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލެކްޝަންސް ކޮމިޝަނާ ހިއްޞާކުރައްވާފައި ވާކަމަށާއި، ފޯމްތައް ބާތިލު ކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް އޮޅިގެން ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.

"އެއްގޮތަކަށްވެސް އިލެކްޝަންސް ކޮމިޝަނަށް ނޭނގި ވެފައި އޮތް ކަމެއްނޫން. ފޯމްތައް ބާތިލު ކުރެވިފައި ވަނީ އެބޭފުޅުންނަށް ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު ދެވެން ނެތީމަ، އެބެފުޅުންގެ ފޯމް ކަރެކްޝަންސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް އައިސްފައި ނުވާތީވެ." އަކްރަމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު ޤާނޫނީ އިމުން ބޭރުން ހިފާ ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، މައިބަދައިގެ އޮޕަރޭޝަނަކަށް ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ހުކުމަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެކެވެ. ޤާސިމް އިބްރާހީމް އަކީވެސް ހުކުމަކަށް ފިއްލަވަން ރާއްޖެއިން ބޭރުގައި ހުންނެވި ބޭފުޅެކެވެ.

އިތުރަށް އަކްރަމް ވިދާޅުވީ، މިހާރު އެބޭފުޅުންގެ ނަން އޮންނާނީ އެބޭފުޅުންގެ ރަށްވެހިވެފައިވާ އެޑްރެހުގައި ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކަށް ބަލާއިރު، އެފަރާތްތަކުން ވޯޓުލާން ބޭނުންކަމަށް ވަނީނަމަ ރާއްޖެ ވަޑައިގަތުން ނޫން ގޮތެއް ނޯންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނަސީދު

    ވަރަށް ރަނގަޅު ހަމަހަމަކަމާ އިންސާފު ގާއިމުކުރާތި އެއީ ޖަލުގެ އަހުލުވެރިން ސާބަސް ސާބަސް ދެން އެމް ޑީ ޕީ ގުރޫޕު އީ ސީ އަށްވަދެ ހާޖާނުހަދާ....

  2. ޟ

    ޢަންނި އަކަސް ޖިންނި އަކަސް ގާނޫނީހަމައޮންނަންޖެހޭނީ ހަމަހަމަކޮށް ތިނިންމުން ވަރައްރަނގަޅު ސާބަސް ކޮމިޝަނަށް

  3. އިއްބެ

    ގާސިމަކީ ލ. އަތޮޅުގެރައްޔަތުންނަން ވަރައްެއަނިޔާވިމީހެއް ސަބަބަކީ ލ.އަތޮޅުގައޮއް އެންމެރީތިރައް 22 އަހަރުވަންދެން އޭނަގެ ރިސޯޓްތަކައް ކާށިގެންދަން އޭނަގެބާރާނުފޫޒުގަ އަތުލާގެން އެއަތޮޅުގެއެއްވެސްރައްޔިތަކައް އޭގެމަންފާއެއެއްނުވެ މިާރުމިކިޔަނީ ލާމްގަ ޓުބަރިޒަމޭ ހީ ހީ ހަލާކު

  4. ފިލްވް

    ބޭސްފަރުވާއަށް ދާ ޖަލު މީހުންނަށް އެ ދާ ގައުމެއްގައި ފޮށި ހުރި ނަމަ އެ ފޮއްޓަކަށް ރަޖިސްޓްރީ ވެވެންޖެހޭނެ.

    • ުޝުކުރުވެރިޔާ

      ޢެއީ ބޭސްފަރުވާޔަށް ގޮސްއުޅޭ ބައެއް ނޫން.

    • އެއްއެމްއައި

      ބޭސްފަރުވާޔަށޯ.. އެއީ އަމާބުނީތީ ފަރަށް ގޮސް ހުރި ދެއުޅިއެއް ނުވާ ފައްކާ މުނާފިގެއް. އެކަލޭގެ އަނގަ ހައްދު ޖަހަންވެފައި ހުރި ވަރެއް ގުނައި އަދަދު ނުކުރެވޭނެ. އާބިދާގެ ޅަހުއްތަކީ އަހަރުމެންގެ މައްޗަށް ފާކުރައްވާފައިވާ އާފާތެއް.

  5. ސަމްވަން

    ހަޖަމް ނުވިއަސް ބޮޑުވަރު ދޯ..

    • ހގ

      ދެން ހަޖަމު ކޮއްބަލަ

  6. ޕުތި

    ޙީވާ ކަހަލަ މި މީހުން ވޯޓު ލީމާ އޭ މޑޕ ހޮވެނީ. ލޮލް. ޢެހެންވެ ނުލެވޭ ގޮތް ހެދީ

  7. ލީމް

    ކަލޭނޭ ތިއޮތީ ވޯޓުލުމުގެ ހައްގު ނިއުޅައިގެންފައި. އަވަހަށް އިންޑިޔާ ގޮވައިގެން އާދޭ ހަނގުރާމައަަށް.

  8. ނުރަބޯ

    ތިޔައީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫން. އެދެ ކުށްވެރިންގެ ނަން، ވޯޓް ކަރުދާހުގައި އޮވެގެންނުވާނެ.

  9. ބޭބީ

    ކޮބާ ހީވެއްޖެ ކަމެއްހެން މިއަދު ތިހެން ފިލާ ތިބެވިދާނެ މާދަން ކޮންތާކަށްތޯ ދެ ބޭފުޅުން ވަންނާނީ.

  10. އަލީ

    ރާކަނިމަސް ކެވޭނެ ދެމީހުންނަށް މިހާރު ފިލާތިބެގެން.

  11. ނުރަބޯ

    ސަޅި ނިންމުމެއް. ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން އިބޫ ރައީސް ނަޝީދު ލައިގެން ލަންކާގައި ޖަލްސާއެއް ބޭއްވުމަކީވެސް ވަރަށް ދަށުދަރަޖައިގެ ޢަމަލެއް.

  12. ކުޑަކިބާކޮޅު

    އެއީ އެކަން ވާންޖެހޭގޮތް އަދި ވާނެގޮތްވެސްމެ ރައީސް ނަޝިދު އާއި ، ކުރީގެ ވަޒީރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އޮންރަބްލް ގާސިމް އިބްރާހީމް ވޯޓް ލެއްވޭނެ ގޮތެއްކަމަށް މަށަށް ފެންނަނީ އަދި ގަވާޢިދާ ގާނޫތަންދޭ ގޮތަކީވެސް ރާއްޖެ ވަޑައިގެން ޖަލުގެ ތޭރިތެރެއަށް ވަންނަވާ ރީރަޖިސްޓަރީ ކުރައްވާ ޖަލުފޮއްޓަށް ވޯޓްލުން

  13. ނައިންޓީ

    ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް. ޖަލަށް ލީމަ ޖަލުގަ ނުތިބެން ބަހަނާތަކެއް ދައްކައިގެން ގޮސް ދުނިޔޭގެ މުއްސަނދި ބޮޑެތި ގައުމުތަކުގައި ތިބީ އަރާމުގަ އުފަލުގަ. އާދައިގެ ދިވެއްސަކަށް އެހިސާބަށް ދެވޭނީ ލިބޭއާމްދަނީ އަހަރުތަކަށް ރައްކާކޮށްގެން.
    ރައްޔިތުންނަށް ޓަކައި މަސައްކަތްކުރާ ބައެއްނަމަ ޖަލަށްލީމާ ޖަލުގައިވެސް ކެތްކުރެވެން ވާނެ. އެވަރު ނުވާނަމަ އެކުރެވެނީ ރައްޔިތުންގެ ހައްގުގަ ސިޔާސީ މަސައްކަތެއްނޫން. އެއީ އަމިއްލަ އެދުން. ޖަލަށްލާފަތިބީ ކުށްވެރިވެގެން ކަމުގައި ތިމާއާ ސަޕޯޓަރުން ގަބޫލްނުކުރިޔަސް މަކަރުހަދައިގެން ގޮސް ހުރީ އެމެރިކާގަ ކަމުގައި ވިޔަސް އެމީހަކީ ގައިދީއެއް ކަމަށް ވާނަމަ އޭނަގެ އަސްލުމަގާމަކީ ޖަލު. ވޯޓުވެސް ލާންވާނީ ޖަލުގަ. ރައްޔިތުންގެ ހައްގުގަ ހުންނަންވާނީވެސް ހަމަ ޖަލުގަ.

  14. ޔާމިން

    ވަރައްއުފާވޭ