އަންނަ ބުދަ ދުވަހު ޖަރުމަނުގެ ބާލިންގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާގައި ބައިވެރިވުމަށް ވިސާ ހޯދުމަށް ހުށަހެޅި ބައެއް ދިވެހިންނަށް ވިސާ ނުލިބުނީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމްގެ ސަބަބުންކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ފެއާއަށް ދިއުމަށް ދިވެހިންނަށް ވިސާ ނުދިނީ ގާސިމާ ހެދި ކަމަށެވެ.

ނިހާން ވިދާޅުވީ ޖަރުމަނުން ވިސާ ދޫކޮށްފައި ނުވަނީ ޤާސިމްގޮތަށްް އެގައުމަށް އަރާ ބޭފުޅުން ފައިބާގެން ނުދާނެކަމަށްބުނެއެވެ.

"އެބައި މީހުން އަމިއްލައަށް ރިޕޯޓުކޮށްފައި އޮތީ ބައެއް ނޫސްތަކުގަ އެކްސްކިއުޒެއް ގޮތުގަ އެމްބަސީން ބުންޏެ ތިގައުމުގެ ބައެއް މީހުން އެބަ އުޅެއޭ މިގައުމަށް ފައިބައިގެން ރަށަށް ނުގޮސް. އެހެންވެ ތިމަންނަމެންނަށް ނެތޭ ކަލޭމެންނަށް ދެވޭކަށް. ތިވެސް އަނެއްކާ ފައިބާފަ މިތާ ތިބެދާނޭ" ނިހާން ވިދާޅުވިއެވެ

މަޖިލީސް މެންބަރުންނަށް ރިޝްވަތު ދެއްވިކަން ސާބިތުވެ ޖަލު ހުކުމެއްގައި އިންނަވަނިކޮށް ޖެހިވަޑައިގަތް ކުއްލި އާލާސްފުޅަކަށް ބޭސްފަރުވާ ކުރުމަށް ޖަރުމަނަށް ވަޑައިގެންނެވި ޤާސިމް އިބްރާހިމް އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަފީރު

    މިސަރުކާރުގެ އެއްވެސް އިސްވެރިއަކު ޖަރުމަނަކަށްނާރުވާނެ.. ނިހާން، އަދުރޭ ދިޔަޔަސް ހައްޔަރުކުރާނެކަން ޔަޤީން..

  2. އަލީ

    މީނަގެ ރިސޯޓުތައް ވިއްކާލަން ސަރުކާރަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން.

    • ލަލަލާ

      އެއި ކައެ މަނމަ ބުރިންވެއްޓުން ތަނެެއްތަ ވިއްކަހަރޭ ތި ވީދެނީ

  3. ބޮންދު

    ތީއެއްނޫން ވީގޮތަކީ، މިވަގުތު ސަރުކާރުން ކުއްލިޙާލަތު އިޢުލާން ކޮށްފައިވާތީ ސަރުކާރަށް ދިން މެސެޖެއް އެއީ، މިކަން ވަރަށް ރަނގަޅަށް އެނގޭތީ މިވާހަކަ މިބުނީ. އަޅުގަނޑު ގާތު ޖަރުމަނުގެ ދެރައްޔިތަކު މިވާހަކަ ހިއްސާކުރީ.

  4. ދިސްިއިޒް

    ރާއްޖެ ޓީވީގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އަލީ ހުސައިނާއި ޝަމީމްގެ ބަޔާނެއް ސުޕްރީމް ކޯޓުން ނަގައިފި ނަމަ މަމެން އުއްމީދު ކުރަމޭ ސްޕްރީމް ކޯޓުން ވަރަށް އަވަހަށް އެކަމުގައި ގޮތް ތަކެއް ނިންމާނެ ކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރާ ހުކުމް ތަކަކީ އެއީ އާންމު ތަންތާނަގައި ސްޕްރީމް ކޯޓުގެ އަގު ވެއްޓޭނެ އުސޫލުން ވާހަކަ ދެކެވޭނެ ކަންކަމެއް ނޫނޭ. އޫމް މިއަދަކީ އާދަޔާ ޚިލާފަށް އުފާވެރި ދުވަހެކޭ މަމެން ގެއިން ބޭރަށް މިއަދު ނިކުތުމުން މުޅިން ވެސް އަޑު އިވެނީ އުފާވެރި ޚަބަރު ތަކޭ ވަރަށް މަމެން ގެއަށް އައިސް ފެންވަރައިގެން ގޭގެ ކުޑަ ދޮރުގެ ކާރޓެއިން ކަހާ ބަލާލުމުން މިއަދު ފެނެއޭ ކްލިއަރ ބްލޫ ސްކައި. ދިސް އިޒް ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް. ދިސް އިޒް އަވަރ ލީޑަރޝިޕް ދިސް ލީޑަރޝިޕް ކާންޓް ބީ ބީޓެން އޯރ ޕްލޭޔްޑް. އޫއްއުހޫއްއުހޫއް..

  5. އިއްބެ

    ޤާސިމް ދެން ވެރިކަން ކުރެވޭތޯ ބަލަންވީ ޖަރުމަނުގަ.މިހާރު މިޤައޮމު ކަމަކުނުދާނެ ކަލޭމެން ޒާތު މީހުން ވެރިކަން ކުރާކަށް.....ދެން ރާށްޖެ އައިސްފިއްޔާ އުމުރައް ޖަލައް ގަޅާލަން ޖެހޭނެ. ބޮޑު ބާޤީ

  6. ސޯބެ

    ސަރުކާރަށް ތާއީދު ކުރާ ހުރިހާ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އަދި ދެންވެސް ތިބިބަޔެއް، ގާސިމުގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަކޮށްދީ. މިގޮތުން ހުތިހާ ޓްރެވަލް ވެބްސައިޓް ތަކުގައާއި، ޓްރެވަލް އޭޖަންޓް ސައިޓް ތަކުގައާއި ފޭސްބުކް އިންސްތަގްރާމް ތަންތާގައިވެސް، އެކިބަސް ބަހުން ގާސިމްގެ ހަގީގަތް ކިޔާދޭންވީ، ލާރި ދައްކަން އޮތްވަރާ، ރިޝްވަތު ދީގެން ހުކުމް ކުރީމަ ފިލައިގެން އުޅޭވާހަކަ އާއި، މީރާ ވެބްސައިޓް ލިންކް އަދި ވިލާގެ ރިސޯޓްތަކުގެ ލިސްޓެއް. ޕޯސްޓަރު ހަދާފަ ހަމަ ޝެއަރ ކުރަންވީ ހުރިހާ ސޯޝަލް މީޑިޔާ ޕްލެޓްފޯމެއްގަ. ޓްރެވަލް ސައިޓްތަކަށް ލިޔަންވެސް ވީ. ޓްރެވަލް ނޫސްތަކަށް ވެސް ލިޔަންވީ، ޖަރުމަނުގެ ނޫސްތަކަށް ވެސް ލިޔަންވީ. އިނގިރޭއްސިން ލިޔެފަ ގޫގުލް ޓްރާންސްލޭޓަރ އިން ބޭނުން ބަހަކަށް ޓްރާންސްލޭޓް ކުރެވޭނެ

  7. Anonymous

    ކޮބާތަ ޖަރުމަނު އެ އޮންނަ ރަށެއް ތޭ... ޗައިނާ ކުދިން އަޔަސް މިކަން ވާނެ. ވަރަށް ސަލާމް