ކެމްޕޭން ދަތުރުފުޅެއްގައި މީގެ ދެދުވަސް ކުރިން ސަރުކާރާ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ރ.އިންނަމާދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ބައްދަލުކޮށް އިބޫ ވެވަޑައިގެންނެވީ ހަތަރު ވައުދު ކަމަށާއި، އެ ވައުދުތަކުގެ ތެރެއިން ތިން ވައުދަކީ މި ދައުރުގައި ރައީސް ޔާމީން ފުއްދަވައިދެއްވާފައިވާ ވައުދުތަކެއް ކަމަށާއި، ހަތަރުވަނަ ވައުދަކީ މިހާރު ކުރެވެމުންދާ މަސައްކަތެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

އިނގުރައިދޫގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، ސަޕޯޓަރުންނާ ބައްދަލުކޮށް އިބޫގެ މެނިފެސްޓޯގެ ހަތަރު ވައުދުކަމަށް ވިދާޅުވެވުނީ ވެ ނިމިފައި ހުރި ކަންކަން ކަމަށާއި، އިދިކޮޅު ކެންޑިޑޭޓް ވަމުންދާ ވައުދުތަކާ ދޭތެރޭގައި ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަނަވަން ޖެހިއްޖެ ކަމަށެވެ.

"ފުރަތަމަ ވައުދެއްގެ ގޮތުގައި ވިދާޅުވީ އިންނަމާދޫ ސްކޫލް އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކޮށްދޭނަމޭ. އިންނަމާދޫ ސްކޫލަކީ 2013 އިން ފެށިގެން އަޅުގަނޑުމެންގެ ރައީސް އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކޮށްދެއްވާފައިވާ ސްކޫލެއް، އިދިކޮޅު ކެންޑިޑޭޓްގެ ފުރަތަމަ ވައުދުވެސް ފެއިލް" އިބޫގެ ފުރަތަމަ ވައުދު ފަލާހް ތަކުރާރުކޮށްދެއްވަމުން ވިދާޅުވިއެވެ.

"ދެވަނަ ވައުދަކަށް އިދިކޮޅު ކެންޑިޑޭޓް ވީ ތިމަންނަގެ ސަރުކާރެއްގައި އިންނަމާދޫގައި މިސްކިތެއް އަޅައިދޭނަމޭ. މީ ޖޯކެއް ނޫން މިތިބީ ރައްޔިތުން ހެކިވާނެ. އިންނަމާދޫގައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ޒައާއްމަތުގައި އަލަށް އިންނަމާދޫއަށް ފުދި އިތުރުވާވަރުގެ މިސްކިތެއް ހުޅުވިތާ އަދި އެއް އަހަރެއް ނުވޭ." އިބޫގެ ފެއިލްވި ދެވަނަ ވައުދު ތަކުރާރުކޮށް ފަލާހް ވިދާޅުވިއެވެ.

"ތިންވަނަ ވައުދަކަށް އިބޫ ވިދާޅުވީ ތިމަންނާގެ ސަރުކާރެއްގައި އިންނަމާދޫގައި ބަނދަރެއް ހަދައިދޭނަމޭ. ސުބުހާނަﷲ، އެތާތިބި އެމްޑީޕީ ބޭފުޅުން ބުނި ދެން ނިކުންނަންވީއޭ، ނުވާނޭ މިކަމެއް، މީ ހަޤީގަތް އިނގޭތޯ، މިއީ ޖޯކެއް ނޫން. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ފައިބާވަޑައިގެންނެވީ މިރަށަށް ވީ ތިންވަނަ ވައުދު ބަނދަރު ހަދައިދިނުމުގެ ވައުދު ފުއްދަވައިދެއްވުމަށްޓަކައި އަޅުގަނޑުމެންގެ ރައީސް އިންނަމާދޫގެ ރައްޔިތުން އެދުނިއްޔާ އެދުނުހާ ގޮތަކަށް ބަނދަރު ހަދާ ނިންމާފައި މިއދު އެ ބަނދަރު އިފްތިތާހް ކޮށްދެއްވީ." އިބޫގެ ތިންވަނަ ވައުދާ ގުޅޭގޮތުން ފަލާހް ވިދާޅުވިއެވެ.

"ހަތަރުވަނަ ވައުދަކަށްވީ އިންނަމާދޫގައި ތިމަންނާގެ ވެރިކަމެއްގައި ނަރުދަމާގެ ނިޒާމް ޤައިމު ކޮށްދޭނެކަމުގެ ވައުދު. ބައްލަވާ މީ އަޖައިބެއް ކަހަލަ ކަމެއް ނޫންތޯ، ބާރުލާފައި މިހާރުވެސް އެތިބީ މިރަށުގައި 200 ބިދޭސީން މި މަސައްކަތް ކުރަން ހަވާލުވި ކުންފުނިން މަސައްކަތް ފައްޓައިގެން އެ ކުރިއަށްދަނީ." އިންނަމާދޫގެ ނަރުދަމާގެ މަސައްކަތް ކުރަމުން ދަނިކޮށް ނަރުދަމާގެ މަސައްކަތް ކުރައްވަން ވައުދުވެވަޑައިގަތުމުން އިބޫއަށް ފާޑުވިދާޅުވަމުން ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އިބޫގެ ވައުދުތައް ވެވަދައިގެންނެވި ގޮތުން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވިސްނާވަޑައިގެންނަވަން ޖެހޭ ކަމަށާއި، އިބޫ މިފަދަ ވައުދުތައް ވަމުންދަނީ އެފަދަ ކަންކަމަކީ ނުކުރައްވާ ހުރި ކަންކަން ކަމަށް ހީކޮށް ކަމަށެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ކުރިމަތިލެއްވީ މިކަމުގައި އެއްވެސް ކަހަލަ ތަސައްވުރެއް އޮވެގެނެއް ނޫނޭ، ކުއްލިއަކަށް އައި ކަމެއްވީމަ އަދި އެ ގެންގުޅެނީ 2013 ގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންގުޅުނު ގަނޑުކޮޅުތައް. 2013 އައި އިރުގައި އިންނަމާދޫގަ މިސްކިތެއް ނުހުންނާނެ، ބަނދަރެއް ނޯންނާނެ، ނަރުދަމާއެއް ނާޅާނެ، މި ވައުދުތައް އެވަނީ އަދި ނުފުއްދާ ކަމަށް ހީކޮށް" ފަލާހް ވިދާޅުވިއެވެ.

އިތުރަށް ފަލާހް ވިދާޅުވީ، ފެނިގެންދަނީ ދެ ކެންޑިޑޭޓުންގެ ދޭތެރޭގައި ހުރި ތަފާތު ކަމަށާއި، ތިލަފަތަކަށް ލައި ދެ ކެންޑިޑޭޓުން ކިރާލައިފިނަމަ ފެންނާނީ އެއްކިލޯއާއި ސަތޭކަ ކިލޯ ލީމަ ވާގޮތް ކަމަށެވެ. އަދި ދެން އެމްޑީޕީއަށް ދިވެހި ރައްޔިތުންނަށް ކަންކަން އޮޅުވާ ނުލެއްވޭނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް ވެވެޑައިގެން ވައުދުތަކަކީ ވެ ނިމިފައިހުރި ކަންތައްތަކެއްކަން ހާމަވެގެން ދިޔައިރު، މީގެ ކުރިންވެސް މިފަދަ ބައެއް ވައުދުތައް ވެވަޑައިގެން އަޑުތައް ފެތުރިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަލަކުރި

    ވަރަށް ސަޅި - އިބޫ ވާ ވައުދު ފުއްދަނީ ޔާމީން - އިބޫއަށް ދަންނަވާލަން ބޭނުންވަނީ ގިނަ ވައުދު ވާށޭ ޔާމީން އެ ވައުދު ފުއްދުމުގައި ހަބޭސް

  2. ޏަސީދު

    ނުކިޔަވާ ހުރީމަ ވާނީ އެހެން.

  3. މަގޭ

    ޗައީ އިބޫ މެންނަށް ޗަވާވަރަކީ .... އަބަދުވެސް ރައީސްފަހާ ދުވާވަރު މިވަނީ .

  4. އާދިން

    އެ ޖަލްސާ އަޑުއިވޭހިސާބުގަހުރި ރުކެއްގެ ކައިރީގަ މަވެސްހުރިއިރު ހަމަ ހެވެނީ! ހިތަށްއެރި އެ ޖަލްސާގައިތިބި މީސްކޮޅު ދެން އެތަނުން ނުކުންނަންވެއްޖެނޫންހޭ ކޮސްގޮވައަޑުއަހަން ނުތިބެ~ ވަރަށް ހީހީފަ އިބޫއަށް މަލާމަތްކުރިކަން އެގޭ!

  5. ކައުންސެލަރު

    އެއީ އަޅޭފަހެ ދެލޯގަމާރު މީހެއްތެ؟

  6. އާދަމް ޢަލީ

    އިބޫއަކީ ވަރަށް " ކޮސް " ބޭފުޅެއް . އަބަދުވެސް ވާހަކަ ދައްކަވާނީ ދެބަން ދިހާރުގަ ހުރެގެން

  7. އަހުމަދު ހުސައިން އަލީ

    އިބޫ. ކުފޫ ހަމަނުވާކަމަށް އަދިވެސް ގަބޫލުކުރައްވާކަށް ނުވޭތޯ؟

  8. ހަބޭސް

    އޮޅުނީ އިބޫއަކަށް ނޫން އޮޅުނީ ފަލާޙްއަށް
    އިބޫ އެވިދާޅުވީ 1. 2018 ގެ ދިރާސީ އަހަރު ނިންމާ ދެންފެށޭ އަހަރުވެސް ހަމަ އެއްދަންފަޅިއަށް ކިޔަވާދޭ ގޮތަށް އެސްކޫލުގައި ކިޔަވަދޭނެޔޭ 2. މިހާރު އޮތް ބަނދަރުގެ ބަދަލުގައި އިންނަމާދޫ ރަޢިއްޔަތުން 2019 އިންފެށިގެން ބޭނުން ކުރަން އައު ބަދަރެއް ހަދާދޭނެ ވާހަކަ 3. މިއެއަޅާ ހޯޅިތަށް އަޅާ ނިމުނީމަ އެ ހޯޅިތަކުގެ ތެރެއިން ނަރު އެވަރިހަމަތަ ބޮބިނަކަށް ދަމާދޭނެ ވާހަކަ 4. މިހާރު އެހުރި މިސްކިތް ބަންދުކޮށް އައުމިސްކިތެއް އަޅާ މިހާރު ބޭނުންކުރާ ބޮޑުމިސްކިތް ރަޢިއްޔަތުންގެ ގެސްޓް ހައުސަކަށް ހަދާދޭނެ ވާހަކަ
    ފަހާޙް އިތުރަށް ދޭހަ ދަސްކުރަންޖެހެނީ ތަރުޖަމާ މަރިޔާ އަހުމަދު ދީދީ