ކަފުނަށް ތިރި ކުރަންދެން އަމިއްލަ ޙައްޤުގައި ވާހަކަފުޅު ނުދައްކަވާ ނުހުންނަވާނެ ކަމަށާއި އެގޮތަށް ކަންތައް ކުރަނީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ރ. މީދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، މިއަދު މެންދުރު އެރަށުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ޖަލްސާގައި، އެރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއަދުވެސް މި ބޭބޭފުޅުންނަށް (އިދިކޮޅު ފަރާތްތަކަށް) ކަފުނަށް ތިރިކުރަންދެން، އަޅުގަނޑުގެ ޙައްޤުގައި ވާހަކަ ނުދައްކައެއްވެސް ނުހުންނާނަމޭ. އެއީ އަޅުގަނޑުގެ އަޅުގަނޑުގެ ޙައްޤުގައި ވާހަކަ ދައްކަނީ ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރަން ބޭނުންވާތީ." ރައީސް ޔާމީން މިއަދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނު މީހަކާ ހަނގުރާމަ ނުކުރައްވާނެކަމަށް ވިދާޅުވާ ބަހުގެ މާނައަކީ، ކަފުނަށް ތިރިކުރަންދެން އަޅާ ނުލާ ނުހުންނާނެ ވާހަކައެއްވެސް ނޫންކަމުގައެވެ. އަދި، އެމަނިކުފާނުގެ ގައިގައި ޖެހޭކަމުގައިވަންޏާ ފޮޅާލާނެކަމަށްވެސް، ރައީސް ވިދާޅުވެފައިވެއެވެ.

"އެހެންވީމާ، އަޅުގަނޑު އިސްވެ މީހަކާ ހަނގުރާމަ ނުކުރާނަމޭ ބުނުމުގެ މާނައަކީ ކަފުނަށް ތިރި ކުރަންދެން، އަޅާ ނުލައި ހުންނަ ވާހަކައެއްވެސް ނޫން. އަޅުގަނޑު އަޭރުވެސް ދެންނެވިން، އަޅުގަނޑުގައި ގައިގައި ޖެހޭކަމަށް ވަންޏާ ފޮޅާވެސް ލާނަމޭ." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އެހެން މީހުންގެ ނަޖިސްވެސް ފިލުވަމުން މި އަންނަނީ އަޅުގަނޑު - ރައީސް

މީގެއިތުރުންވެސް، މިއަދު މެންދުރު މީދޫގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އެހެން މީހުން ކުރަމުން އައި ނަޖިސްވެސް ފިލުވާލަމުން އައި މީހަކީވެސް އެމަނިކުފާނުކަމަށެވެ.

"އަޅުގަނޑު މިހާތަނަށް މި އައީ އެހެންމީހުން ކުރި ނަޖިސް، ދިވެހި ފަސްގަނޑުން ފިލުވާލަމުން، އެ ނަޖިސް ނަގާ އުކާލަން ޖެހޭ މީހަކީވެސް އަޅުގަނޑު. މާލޭގެ ކުނިގޮނޑު ނަގާ އުކާލީވެސް އަޅުގަނޑު." ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ޔާމީން ނަޖިސް ސިފަކުރައްވާފައިވަނީ، އެހެން ވެރިކަންތަކުގައި ކޮށްފައިވާ ބައެއް ތާކުންތާކު ނުޖެހޭ ކަންކަމަށާއި، އެވެރިކަންތަކުގައި ނަފާފައިވާ އަދި، ދެއްކުމަށް ނުކުޅެދިފައި ހުރި ލޯނުތަކަށެވެ.

އިތުރަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ ލޯނު ނަގައިގެން ކަންކަން ކުރުމަކީ އެމަނިކުފާނު އުފާކުރާ ކަމެއްކަމަށެވެ. އަދި، އެމަނިކުފާނު ނަންގަވާފައިވާ ލޯނު، އެހެން މީހަކު ދައްކަވަން ނުޖެހޭނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑަށް ލިބޭ އުފަލެއް، އަޅުގަނޑަށް ލިބޭ އުފަލެއް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން ލޯނު ނަގައިގެން ކުރުން އެއީ. އެކަމަކު އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުގެ ވާހަކަ ނިމުމުގެ ކުރިން، ލޯނު އަދާނުލުރެވިދާނެތީ ކަންބޮޑު ނުވާށޭ، އަދިވެސް އެބޭފުޅުން ނެންގެވި ލޯނުތައް އަދާކުރީ ރައީސް ޔާމީނޭ. ރައީސް ޔާމީނު ނަގާ ލޯނުތައް އަދާކުރާކަށް ރައީސް ޔާމީން، ނޫން އެހެންމީހަކަށް އެކަމެއް ނުވޭނޭ." ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި، އަންނަ އިންތިޙާބަށްވެސް ވާދަކުރައްވާ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސްގެ ރައްދު އިދިކޮޅަށް: އިދިކޮޅު ލީޑަރުންނަކީ ފުޅިމަދު އުނގުރިތަކެއް ފަދަ ބައެއް

އަންނަ ރިޔާސީ އިންތިޙާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަނުގެ ލީޑަރުންނަށް ފާޑުވިދާޅުވަމުން، ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެފަރާތްތަކަކީ، ޚިޔާލާއި ވިސްނުމުގައި އެއްވެސް ތާޒާ ކަމެއް ނެތް، ގޮތް ހުސްވެފައި ތިބި ފުޅިމަދު އުނގުރިތަކެއް ކަހަލަ ފަރާތްތަކެއްކަމުގައެވެ.

"ގޮތް ހުސްވެފައި ތިބި، ކުރިއަށް ދާނެ ގޮތެއް ނޭނގި، ހަތަރު އަނގޮޅިއެއްގައި ތާށިވެފައި ތިބި، އެހެންނަމަވެސް، ކޮންމެ އިރެއްގައި ބުންޏަސް ފުޅިމަދު އުނގުރިއަކަށް ފުދޭ، ރައްޔިތުންނަށް މާޔޫސްކަން ގެންނަ ޚިޔާލާއި ވިސްނުމުގައި އެއްވެސް ކަހަލަ ތާޒާކަމެއް ތަނަވަސްކަމެއް ނެތް، ގޮތް ހުސްވެފައި، ރައްޔިތުން ގޮވައިގެން ކުރިއަށްދާނެ އެއްވެސް މަގެއް ރައްޔިތުން ކައިރީ ކިޔައިދޭން ނޭނގޭ ހަތަރު ވަރަކަށް ލީޑަރުން މިއުޅެނީ އެއްކޮޅަކަށް އަރައިގެން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގެ އެހެން އުސްއަލިތައް:

-އިދިކޮޅު ފަރާތްތަކުން ޤައުމީ މަސްލަހަތުގައި ވާހަކަ ނުދައްކާ.

-އިދިކޮޅުން ދައްކާ ވާހަކަތަކުގެ ތެރޭގައި ފެއްސާއި ރަތާއި ހުދުން ޕާރިސަލް ކޮށްފައިވާ މައްސަލައެއް ނެތް

-ފަރަންޖީން ގޮވައިގެންވެސް އަޅުގަނޑާ މަޝްވަރާ ކުރަން އައުމަށް ފުރުޞަތު ދިނިން

-އިދިކޮޅު ވެރިކަމުގައި ރ. މީދޫ އަށް ޚަރަދު ކުރީ 30 މިލިޔަން ރުފިޔާ، މި ސަރުކާރުން ޚަރަދު ކުރީ 146 މިލިޔަން ރުފިޔާ

މި ޖަލްސާގައި ރައީސް ޔާމީން ގިނަ ވާހަކަތަކެއް ދައްކަވާފައިވާއިރު، މި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިވެހި

    އިން ސާ ﷲ އަހަރެމެން ހޮވާނީ ރައީސް ޔާމީން. ޤައުމަށް ހެޔޮއެދޭ މީހުން މި ވެރިކަން ދަމަހައްޓަން ވޯޓް ދެމާ

  2. ނާޒިރާ

    އަބުދުއްރަހީމު. މައުމޫނު ތަމްސީލުކުރަން މިއުޅޭ ނާދިރާއާބެހޭގޮތުން ޕްރޮފައިލެ ގެނެސްދޭންވެއްޖެ. ނާދިރާ ފެނުނީމަ ބައެއްމީހުންނަ އެބަހީވޭ އެއީއޭ ޕޕމއަކީ. ޕޕމގެ ވެރިންނަކީ ނާދިރާއާ ވައްޑެއާ މާއުމޫނުކަމަށް ދައްކަން ނާދިރާބޭނުންވޭ.. ވީމާ އަބުދުއްރަހީމު ވަރަށް ރަގަޅަށް ނާދިރާއަކީ ކޮންތާކުން ކިހިނެތް ޕޕމއަށް ލެއްގިމީހެއްތޯ ކިޔާދީބަލަ.

  3. ޙަސަނު

    ތިބުނުން މުޅިން ރަގަޅެއް ނޫން މަނިކުފާނަކީ ވައްކަންކުރުން ކަށީގަހިފައިފަހުރި މީހެއްވީމަ ކަށްވަޅަށް ދާންދެންވެސް މަނިކުފާނަށް ކުރެވޭނެކަމަކީ ވައްކަންކުރުން

  4. ގަޓު

    ސަޅި އިގޭ ، ޤައުމީ ލޭ، ލޭ ކައްކުވާލާ ވަރުގެ ހެޑިންއެއް.

  5. އަހުމަދު

    ރައީސް މޮޔަފުޅުވީތަ ކަފުނަކަށް ތިރިއެއް ނުކުރާނެ ވަޅަށް ތިރިކުރާނީ

  6. ނަސީމު

    ސާބަސް ރައީސް ޔާމީނު ތީ ތަރައްގީގެ ބާނީ އިތުރު ފަސްއަހަރު ޔަގީން މަގޭ ވޯޓު ޔާމީނަށް