އަލިމަސް ކާނިވާ ސްޓޭޖް ސަރަހައްދު ކުއްޔަށް ދިނުމަށް ހައުސިން މިނިސްޓްރީ އިން ޤަވައިދެއް ހަދާ އެޤަވައިދަށް އަމަލު ކުރަން ފަށައިފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވާފައިވާ ޤަވައިދުގައި ބުނެފައިވާ ވަނީ އަލިމަސް ކާނިވާ ސްޓޭޖް ސަރަހައްދުގައި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލެއް ކުރުމާއި، އިސްލާމްދީނާ ޚިލާފު ޢަމަލެއް ކުރުމާއި މިނޫންވެސް ޤާނޫނާއި ގަވާއިދު މަނާކުރާ އެއްވެސް ކަމެއް، ކުއްޔަށް ހިފާ ފަރާތުންނާއި ތަނަށް ވަދެއުޅޭ މީހުން ކުރުމަކީ މަނާކަމެކެވެ. މިފަދަ ޢަމަލެއް ހިންގީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުގެ ބަޔަކުކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި ކުއްޔަށް ދޫކުރި ދޫކުރުން ވަގުތުން ބާޠިލުކުރުމަށްފަހު، އެ ފަރާތަކުން ހިންގަމުންދިޔަ ހަރަކާތް ހުއްޓުވައި ތަން ހުސްކުރެވިދާނެ ކަމަށް ވެސް ޤަވައިދު ބުނެއެވެ.

ކުއްޔަށް ހިފުމަށްފަހު 36 ގަޑިއިރުގެ ކުރިން ތަން ދޫކޮށްލާނަމަ، ދެއްކި ކުލީގެ 15 އިންސައްތަ އެޑްމިނިސްޓްރޭޓިވް ޗާޖުގެގޮތުގައި، ދެއްކި ފައިސާގެ ޖުމުލަ އަދަދުން ކެނޑުމަށްފަހު، ކެންސަލްކުރި ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، ބާކީހުރި ކުލީގެ ފައިސާ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް، ކުލި ދެއްކި ފަރާތަށް އަނބުރައި ދެވޭނެ ކަމަށް ޤަވައިދު ބުނެއެވެ. ކުއްޔަށް ހިފުމަށްފަހު 36 ގަޑިއިރު ފަހުން ތަން ދޫކޮށްލައިފިނަމަ، ކުއްޔަށް ހިފާ ފަރާތުން ދެއްކި ކުލި، މިނިސްޓްރީން އަނބުރާ ދޭކަށެއް ނުޖެހޭނެ ކަމަށް ވެސް ޤަވައިދު ބުނެއެވެ.

ކުއްޔަށްހިފި ފަރާތުގެ އިހުމާލުން ކުއްޔަށްހިފި ތަނަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ އުކައިލަންޖެހޭ އެއްޗެއް ހުރިނަމަ ނުވަތަ ނުގެންގޮސް އެއްޗެއް ބަހައްޓާފައި ހުރިނަމަ، އެޑްވާސް ފައިސާ ދޫކުރެވޭނީ، ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ހިނގާނެ ޚަރަދު ކެނޑުމަށްފަހުގައި، ނުވަތަ އުކައިލަންޖެހޭ އެއްޗެއް ހުރިނަމަ އެ އެއްޗެއް ކުއްޔަށްހިފި ފަރާތުން އުކައިލުމަށްފަހުގައި، ނުވަތަ އަނބުރާ ގެންދަންޖެހޭ އެއްޗެއް ހުރިނަމަ އެ ތަކެތި ކުއްޔަށް ހިފި ފަރާތުން ގެންގޮސް، ތަން ސާފުކުރުމުން ކަމަށް ޤަވައިދު ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދުވާފަރު މީހާ

    އޭރުން ދަރުސެއް ދޭން ބޭނުންވެއްޖެ ނަމަ 3 ގުނަ ކުލި ބޮޑުކޮށް އިންސާނުންގެ މަސް ރޮލާ ކެއުމަށް ސަރުކާރު ޕާޓީއަށް ހިލޭ ދެން ބާކީ ތިބި ބައިގަނޑަށް ނުދޭގޮތަށް ނިންމާލާ .. ތީ ވަރަށް ސިމްޕަލް ކަމެއް.. ޖީބަށްވަންނަ ވާހަކަ ދައްކާ އެންމެން ޖަލަށް ..އޭރުން ގޭމް އޯވަރ...

    • މާރިޔާ

      މިހާރުވެސް ބުކިންހަދާ ފުރުފަ އިއްތިހާދަކަށް ނެއް 2020ގަވެސް ފުރުސަތެއް

  2. ައަސްލަކީ

    "އިސްލާމްދީނާ ޚިލާފު ޢަމަލެއް ކުރުމާއި" މިބަޔަށް އަމަލުކުރާނަމަ ތިތާގަ މިއުޒިކްޝޯ އެއް ބޭއްވިގެން ނުވާނެ... މިއުޒިކަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއް....

  3. ާއދލ

    ޢަހަރެމެންނަށް އިގެޭނެ ތިތަާގަ އަބަދުވެސް ގިނައިނައިީ

    އިސްލަާމްދިީނަާޚިލަާފް ކަންކަން މިއުޒިކް ނެތިމޮށުން

  4. މަނިކު

    ތިދެން އޮޅުމެއްވެސް ނެތް ކަމެއް. އިންތިހާބު ގާތްވާވަރަކަށް މިސަރުކާރު ދީނީ ވާލެއް ބޮޑުވާނެ.