ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް

މިހާރު ފުލުހުންގެ ބަންދުގައި ހުރި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ މައްޗަށް ފުލުހުން އިތުރު ތުހުމަތުތަކެއް ކޮށްފިއެވެ.

ފުލުހުން މިއަދު ވަނީ ޤާނޫނުލް އުޤޫބާތުގެ ދަށުން ތިން ކުށެއްގެ ތުހުމަތު މަހްލޫފްގެ މައްޗަށް ކޮށްފައެވެ.

ފުލުހުން މަހްލޫފްގެ މައްޗަށް ތިން ކުށެއްގެ ތުހުމަތު ކުރީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ ސިފައިންނާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މަހްލޫފްގެ މައްޗަށް ކޮށްފައިވާ އެއް ތުހުމަތަކީ ޤާނޫނުލްއުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (01) ގެ ދަށުން މީހެއްގެ ރުހުމަކާއި ނުލާ އޭނާ ގައިގައި އަތްލުމުގެ ކުށުގެ ތުހުމަތެވެ.

ދެން އޭނާގެ މައްޗަށް ކުރަނީ ޤާނޫނުލްއުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން އޭނާއަށް އެނގިހުރެ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސް އެޅުން ނުވަތަ އެކަމެއް ކުރިޔަ ނުދިނުމުގެ ކުށުގެ ތުހުމަތެވެ.

މީގެ އިތުރުން  ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާއި ހިލާފުވެގެން ނުވަތަ އެނޫންވެސް ހުއްދަނޫން އަމަލެއް ކޮށްގެން ތިމާއަށް އެނގިހުރެ ޤާނޫނުގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް ހުރަސްއެޅުމާއި އެކަމަށް ދަތިކުރުމާއި އެކަމުގެ މަޤުޞަދު ހާސިލުވިޔަ ނުދިނުމުގެ ކުށުގެ ތުހުމަތު ވެސް މަހްލޫފްގެ މައްޗަށް ކުރެއެވެ.

މަހްލޫފްގެ ޤާނޫނީ ވަކީލް ނާޒިމް ސައްތާރު ކުރި ޓްވީޓެއްގައި ވިދާޅުވީ މިމައްސަލައިގައި މަހްލޫފް ހުންނެވީ ހަނު ކަމަށެވެ. އެއީ މިމައްސަލަ އާއި މަހްލޫފް މިހާރު ހައްޔަރުކޮށްފައިވާ މައްސަލަ އާއި ގުޅުމެއް ނެތުމުންނާއި، މައްސަލައެއްގެ ތަޙްޤީޤު ކުރިއަށް ގެންދަން ލިބޭ 30 ދުވަހުގެ މުހުލަތު މިހާރު ހަމަވެފައި ވާތީ އާއި މިމައްސަލަ ތަޙްޤީޤު ކުރީ ޖެނެރަލް ޝިޔާމް ކަމަށްވާތީ ކަމަށެވެ.

މަހްލޫފް މިހާރު ހައްޔަރުކޮށްފައި ހުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހުލޫފުސިފައިންގެމީހަކުކާވެސްލިއެދައުވާކޮބާ

  2. ދެންކީއްވެތޯ މުޒާހަރާ ތަކުގަ އަހަރެމެންގެ ނުރުހުމުގަ ފުލުހުން އަހަރެމެންގެ ގައިގަ އަތްލާ އަނިޔާ ކުރަނީ؟؟ތުހުމަތުގެ އިނގިލި ދިއްކުރާ ބޭފުޅާއަށް އިގިނުލަށްވަނީތޯ ގަނޫނުގަލިޔެފަވާ120ގެ ހ ގެ 1

  3. މަހްލޫފްގެ މައްޗަށް އިތުރު ތުހުމަތުތަކެއް ފުލުހުން ކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާނެ ކަމެކޭ ކުދިންނޭ. ރަންރީނދޫ ޓްވިޓަރޭ ތަމެން ވެސް ދެން ހައިބަރނޭޓް މޯޑަށް މިދުވަސް ކޮޅު ދާން މަމެން އެޑްވައިޒް ދެމޭ ބިކޮޒް ތަމެން ޓްވިޓަރ ގައި ގާނޫނާއި ޚިލާފަށް މަޖީދީމަގަށް އެއްވާން ގޮވާފައިވާ މުޒާހަރާ އިން އެކަނި ވެސް ބޮޑު ހުކުމެއް އަންނާނެއޭ ތަމެންނަށް ތަމެން ޕޮލިހުންގެ ނެޓް ތެރެއަށް ވަދެއްޖެނަމަ ތަމެން ޕޭޝަންޓް ވެ ތަން ކޮޅެއް ބޮޑަށް ޑިޕްލޮމަސީ ބޭނުން ކުރާށޭ ޕޮލިހާއި އަދި ސަރުކާރާއި ޑީލް ކުރާއިރު. ތަމެންގެ މުޅި ޓްވިޓަރ އެބައޮތޭ ސަރުކާރުގެ އަތުގައި ރިއަލް ޓައިމް ގައި ރިކޯރޑް ކޮށް ފައި ތަމެން އަތު ޖެހިއްޖެނަމަ ސަލާމަތްނުވާނެއޭ އެކަން ތަމެން ދަންނަން ޖެހޭނެއޭ މަޖްލީހުގެ މެމްބަރުން ހައްޔަރު ކުރީމާ ތަމެންނަށް އެހެން ނުވާނެއޭ އަދްހަމް އާއި އަޅާލާ ބަޔަކު އެބަތިބިތޭ ނެތް ދޯ. މިކަން ތަމެން ދަންނަން ޖެހޭނެއޭ އޯއް މަމެންގެ ޓްވިޓަރޭ ތަމެން ގެއްލެން މަމެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނޭ ޑާރޓީ ޕޮލިޓިކްސް ގެ ތެރެއަށް ތަމެން ޑްރައިވް ކުރަން އީވާ މެން އުޅުނަސް ވިސްނައިގެން އުޅެއްޗޭ އެހެން ނަހަދައްޗޭ ހެޔޮ ނުވާނެއޭ ތަމެން ދެން މިއަހަރުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެން ދެން ހައިބަރނޭޓް މޯޑަށް ހެޔޮ ނުވާނެއޭ ދާށޭ. ދިސް އިޒް ދަ ހަންބްލް ރިކްއެސްޓް ދިސް އިޒް ދަ ހަންބްލް ރިކްއެސްޓް.

  4. ފައިދާއެއްލިބުނީމަ ދީންވެސް އޮޅެނީ އާލާތުންނަށް

    ތި ބޮޑުވަރު

  5. 13 އަހަރު އަންނަނީ ޓިކެޓް ނަގާ ފުރަން ރެޑިވޭ