ނ. މާފަރުގައި ތަރައްގީކުރި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް، ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިމަހުގެ މެދުތެރޭގައި ޓެސްޓު ފްލައިޓް ޖައްސާފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރި އެއާޕޯޓެކެވެ.

ދިގުމިނުގައި 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭއެއް އެ އެއާޕޯޓުގައި ތަރައްޤީ ކޮށްފައިވާއިރު، އެއީ މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓު ފަހަރު ކަމަށްވާ، އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭއެކެވެ.

މާފަރު އެއާޕޯޓުގައި ޕެސެންޖަރު ޓާމިނަލްއެއްގެ އތުރުން ވީވީއައިޕީ ޓާމިނަލްއަކާއި ޖެޓް ޕާކިން ހިދުމަތްތައް ހިމެނޭއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނ. ހެނބަދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މާފަރުގައި ސިޓީ ހޮޓަލެއް ވެސް ހެދިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ނ އަތޮޅު ރައްޔިތުންނަށް އަންނަމުން މިދާ ކުރިއެރުމާ ތަރައްޤީ ދެމެހެއްޓުމަށް ނ އަތޮޅުގެ ހުރިހާ ރައްޔިތުން ދަބަހެއްނުވެ ރައީސް ޔާމީނަށް ވޯޓުދެއްވާ! وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ މި އާޔަތުގެ މާނަ ހިތުން ދަސްކުރަްވާ!