މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އައްޔަންކޮށްފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެމްޑީއޭގެ ކައުންސިލުން މައުރޫފް އެޕާޓީގެ ލީޑަރުކަމަށް އައްޔަން ކުރުމަށް ފާސްކުރުމުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ލީޑަރު އަހުމަދު ޝިޔާމްއެވެ. އެމްޑީއޭގެ ކައުންސިލުން ޕާޓީގެ ލީޑަރުގެ މަޤާމަށް މައުރޫފް ގެންނަން ނިންމާފައިވަނީ، އެ ޕާޓީގެ ލީޑަރު ހުށަހެޅުއްވި ޤަރާރަކަށް ވޯޓަށް އެހުމަށްފަހުއެވެ.

އެ ޤަރާރުގައި ވަނީ އެމްޑީއޭގެ ލީޑަރުގެ މަސައްކަތްތައް ހުންނެވިގޮތުން މިހާރު ޕާޓީގެ ކަންތަކަށް ވަގުތުދެވެން ނެތުމުން ޕާޓީގެ ހިންގުމުގެ ހުރިހައި މަސްއޫލިއްޔަތެއް ވަގުތީގޮތުން މައުރޫފާއި ހަވާލުކުރުމަށެވެ. މި ޤަރާރު ފާސްވީ ކައުންސިލްގައި އެވަގުތު ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.

ޕާޓީތަކުގެ އަސާސީ ޤަވާއިދު ބުނާގޮތުން ޕާޓީގެ ލީޑަރު ބޭނުންވެއްޖެ ހިނދެއްގައި ޕާޓީގެ ނައިބު ލީޑަރުންގެ ތެރެއިން ބޭފުޅަކަށް ޕާޓީ ހިންގުމުގެ ޒިންމާތައް ޙަވާލުކުރެވެއެވެ.

މައުރޫފް ކުރިން ހުންނެވީ އެ ޕާޓީގެ ނައިބު ލީޑަރުގެ މަޤާމުގައެވެ. މައުރޫފް ވަނީ އެ ޕާޓީގެ ލީޑަރުކަން މައުރޫފާއި ޙަވާލުކުރެއްވިކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސީދު

    ވަރައް ސަޅި ރީދޫގުރޫޕު މޭކަރާނެ ވާވާ ވާވާ

  2. އަލީ

    ޔަގީނެ ޔަގީނެ އަށާރަ ޔަގީނެ. އިންޝާﷲ.

  3. ޒާ

    ރިޔާސީ އިންތިޚާބުގެ ކެންޕެއިން އެދަނީ ފެށިގެން ކުރިޔަށް ބާރަށް. ލީޑަރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފި އަދި ކުރައްވަމުން އެބަ ގެންދަވާ. ނަމަވެސް ތިޔަ އެމްޑީއޭއަކުން ކަހާތަން ހިރުވާވެސް ނުލާތިބީ. މިހާ ވަގުތު ކުޑަތަންވީމާ ދެން ތިޔަ ޕާޓީއާށް ކޮށްދެވޭނެ ކަމެއްވެސްނެތް. އަމުދުން ތިޔަ ޕާޓީން ކުރާކަމެއް ބަލަން ބޔަކު ބޭނުމެއްވެސް ނުވާނެ. އެހެންވީމާ ހިހޫތަނުން ކާން އަބަދު ނޫޅުމަށް އެމްޑީއޭއަށް ބުނެލަން.