އެމްޑީއޭގެ ފަރާތުން ޕީޕީއެމްގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެކަމާއި މެދު އަދި ވަކިގޮތެއް ނިންމާފައިނުވާ ކަމަށް އެމްޑީއޭގެ ލީޑަރުކަމުގެ މަޤާމަށް މިއަދު އައްޔަންކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އާއި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ބައްދަލުކުރައްވައިވެސް މަޝްވަރާކުރައްވާފައި ވާކަމަށެވެ. ނަމަވެސް އަދި ރަސްމީ ހުށަހެޅުމެއް އެ ޕާޓީން ލިބިފައިނުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑާ ކުރިން ޕީޕީއެމްގެ ނައިބު ރައީސް ޒަމީރާއި ދޭތެރޭގަ މިވަނީ ވާހަކަތައް ދެކެވިފަ މި ކޯލިޝަން އެގްރީމެންޓު އާކުރުމާއި ބެހޭގޮތުން. އެހެންވީމަ އަޅުގަނޑުގެ ހުށަހެޅުން ޕީޕީއެމަށްވެސް ވާނީ ހުށަހަޅާފަ. އެހެން ނަމަވެސް ޕީޕީއެމަކުން ރަސްމީގޮތުން އަޅުގަނޑަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވޭ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ޕީޕީއެމްގެ އިތުރުން އިދިކޮޅު އިއްތިހާދުންވެސް އަދި އެމްޑީއޭއަށް ހުށަހެޅުމެއް ނާންނަކަމުގައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ތާއީދުކުރާނެ ފަރާތެއް އަދި ނިންމާފައި ނުވާކަމަށް މައުރޫފް ވިދާޅުވިއެވެ.

"އިއްތިހާދަކުންވެސް އަޅުގަނޑަކަށް، އެމްޑީއޭއަކަށް އެއްވެސް ހުށަހެޅުމެއް އަދި ލިބިފައެއް ނުވޭ އިނގޭތޯ. އެހެންވީމި މިވަގުތު އަދި އަޅުގަނޑުމެން މިތިބީ ވަކިގޮތެއް ނުނިންމާ. އެހެންވީމަ ވަރަށް އަވަހަށް ޤައުމީ ކައުންސިލް ބައްދަލުވުމެއް ބާއްވާފަ ރިޔާސީ ރޭހުގަ ތާއީދުކުރާނެ ފަރާތެއް ނުވަތަ އަޅުގަނޑުމެން ނިންމާނެގޮތެއް ނިންމާނެ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ތާއީދުކުރާނެ ފަރާތެއް ނިންމާނީ ޤައުމީ ކައުންސިލުން ކަމަށާއި، މިފަދަ މުޙިންމު ހުރިހައި ނިންމުންތައް ނިންމަން ޖެހޭނީ ޤައުމީ ކައުންސިލުން ކަމަށެވެ. އެހެންކަމުން ޤައުމީ ކައުންސިލަށް އެކަން ހުށަހަޅުއްވާއި އެ ކައުންސިލްގެ އަޣުލަބިއްޔަތުން އެކަން ކޮންމެވެސް ގޮތަކަށް ނިމިގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ވަގުކަލޭގެ

    ސަން ޝިޔާމް ބުނީ ފެތެމުންދާ އޮޑިއަކަށް ނާރާނަމޭ..

  2. އަބުޅޯ

    އިދިކޮޅާ ނުގުޅޭތި. ނަމަނަމަ.

  3. އާލު

    ކޮން ހުށަހެޅުމަކަށް މަޑުކުރާކަށް ޝިޔާމް ލަދުހަޔާތް ކުޑަވީމަ ތިޔަހެން ބުނާނީ މިހާތަނަށް ދިވެހި ދައުލަތުން ސޮވެރެން ގެރެންޓީއެއް ދީފައި ވިޔަފާރި ލޯނު ހޯދަދީފައި ވާނީ ޝިޔާމާއި ގާސިމް އިބްރާހިމަށް.

  4. ފެންފުށީ އިބްރާހިމް ހަަސަން.

    ގާސިމްއަށް ދައުލަތުން ގެރެންޓީ ދީގެން ވިޔަފާރި ކުރިއަރުވަން ލޯނު ދިނީމަ މައުމޫނު ކަރުގައި ހިފި.
    ހަމަ އެގޮތް ތިޔަވަނީ ޝިޔާމަށް ވެސް. އަދިވެސް މިބަލަނީ އެންމެ ފަހުވަގުތަށް ޝިޔާމް ހައްދަވާނެ ގޮތެއް! ލެޓްސް ސީ!

  5. ހަލީމް ކުރެންދޫ ދޮންސޮރު

    އަޑުތައް އަރާ ގޮތުން ޝިޔާމް ހުށައަޅުއްވަނީ %40 އެއީ ބޮޑުވަރެއް! ޝިޔާމަށް ހީވަނީ އޭނާއަށް ވެސް ނިކަން ތާއީދު އެބަ އޮތޭ!

  6. ކެލާާ ފުޢާދު

    ޝިޔާމޫ ނަމަ ނަމަ ޅައެއްޗެއް ނާޅުވައްޗޭ !!

  7. ޗޫޓީ

    މިހާރު ސަން ޝިޔާމަކީ ޒަމްޒަމް ކަރުދިގު ފުޅި ހިއްޕަވާ ބޭފުޅެއް އެމްޑީޕީ ބުނާނެ ދެން! ??

  8. ރާޑޯ

    ސަން ޝިޔާމް އޮޅިގެން ވެސް އެމްޑީޕީ އާއި ނުގުޅޭނެ.

  9. އަސްލުހާލަތު

    އެއްބަސްވުމިގަ ސޮއި ނުކުރެވި ތިޔަ ޖެހިގެން އުޅޭ މައްސަލައަކީ ހޯރަފުށީ ދާއިރާގެ ގޮނޑީގެ ފައިޓް އެމްޑީއޭއަށް އެ ދާއިރާ ދޭން ޕީޕީިއެމް އިން ބޭނުމެއް ނުވޭ އަދި މިހާރުގެ މެންބަރުވެސް ބޭނުމެއް ނުވޭ އެމްޑީއޭގަ އުޅޭކަށް. އެތަން އެމްޑީއޭއިނއ ނެގުން އެންމެ ރަމގަޅުގޮތަކީ އެމްޑީއޭ އެއް އެއްވެސް ސަޕޯޓެއް ބާރެއް އޮތް ދާއިރާއެއްވެސް ނޫން..ހަމަ އެކަނި ކުރީގެ ކަތީބެއްގެ އާއިލާ ފިޔަވާ.

  10. 3ނިރު

    އެމްޑީއޭ ތީބަޑިޖަހާފައޮތް ޕާޓީއެއް ތީ ޑީއާރު ޕީ ކަހަލަ ޕާޓީއެއް

  11. ސާޔަން

    ދެން އިދިކޮޅާ ގުޅޭ އަދާލަތައް ވީހެން ނުވެއްޖިއްޔާ ރަގަޅު

  12. ފާއިޒް

    ކޮން ހުށަހެޅުމެއް ހުށަހަޅާކަށް ޤައުމަށާއި ދީނަށް ހެޔޮއެދޭ ބައެއް ނަމަ މިފަހަރު އަރާނި ރައީސް ޔާމިން ފަހަތަށް ކޮބާ މަޢުރޫފް އިދިކޮޅު މީހުންގެ ދީނީ ސިޔާސަތާއިބެހޭ ގޮތާއި ބެހޭގޮތުން ދެއްކި ވާކަހަ ހަމަ އަމިއްލަ އެދުން ނޫނި ކޮންކަމެއް.....

  13. ބޭބެ

    މިދަނޑިވަޅާ ދިމާކޮށް ޝިޔާމު މިއުޅެނީ ބޮޑު ފައިދާތަކެއް ނަގަންކަމަށް ގަބޫލުކުރެވޭ!! ވަރަށްވުރެން ބޮޑަށް މީހާގެ ތަނަވަސްކަން އިތުރުވީމާ ބައެއް މީހުންނަށް ވާގޮތް!! އަޅުގަނޑު ގަބޫލުކުރާގޮތުގައި އެގްރިމަންޓް އާކުރަންޏާ އާކުރަންވީ މީގެކުރިންވެސް ޕީޕީއެމްއާ އެމްޑީއޭ ދޭތެރޭ އެގްރިމަންޓް އޮތްގޮތަށް އިތުރު ގޮތަކަށް އެފުޅާކުރަން ނުފެނޭ!! ގައުމޭ ގައުމޭ އިސްލާމްދީނޭ ކިޔާއިރު އާޚިރުގައި މިއިންކޮންމެ މީހަކުވެސް ބޭނުންވަނީ ބޯކިބާގެ އެއްފަޅި!! ނުވަތަ ބޮޑުބައި!! ޔާމީންގެ އިޚްލާސްތެރި ގައުމީ މަސައްކަތުން ގައުމު މިދަނީ ކުރިއަރަމުން!! ފާއިތުވެ މިދާ ފަސް އަހަރު އެމްޑީވެސް ޔާމީނަށް އެހީތެރިކަން ފޯރުކޮށްދީފަ އޮތީ!! ނަމަވެސް ދަނޑިވަޅު ބަލާފަ ނެގެންއޮތް އެންމެ ބޮޑު އެޑްވާންޓޭޖް ޔާމީނުގެ ސަރުކާރުތެރެއިން ނަގަން ދިމާކުރުމަކީ ގައުމަށް ހެޔޮއެދިގެން ކުރެވޭކަމެއްބާއޭ އެބަ ހިތައްއަރާ!! ޔާމީން އިތުރު ދައުރަކަށް ހޮވިއްޖެނަމަ ސަރުކާރުތެރެއިން 30% ނަގަން ދިމާކުރާތީ މިހެން މިބުނީ!! މިއީ ވިސްނާލަންޖެހޭ ކަމެއް!! އަޅެ އަމިއްލަ އެދުން އިސްނުކޮށް ދީނާ މިގައުމު އިސްކުރަންވީނު!!