ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީ ކުރަމުންދާ ފިއުލް ޓޭންކްގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި ނިންމާލާނެކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެމްއޭސީއެލް ވިދާޅުވެއްޖެއެވެ.

ވެލާނާ އެއާޕޯޓްގައި ތެޔޮ ރައްކާކުރުމަށް ފިއުލް ފާމުގައި ތިން ޓޭންކް ބަހައްޓާނެއެވެ. ކޮންމެ ޓޭންކެއްގެ ވަށަމިނުގައި 37 މީޓަރު ހުންނާނެއެވެ. އަދި މީގެއިތުރުން އިތުރު ދެ ޓޭންކެއް ހެދުމަށް ވަނީ ނިންމާފައެވެ. އެއާޕޯޓްގައި މިހާރު ގާއިމް ކުރަމުންދަނީ 45000 މެޓްރިކް ޓަންގެ ކެޕޭސިޓީގެ ފިއުލް ފާމެކެވެ. މިހާރު އެއާޕޯޓްގައި ހުރި މުޅި ފިއުލް ފާމްގެ ކެޕޭސިޓީއަކީ 15000 ޓަންއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.

އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮސް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓުއާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އަލަށް މި ގާއިމް ކުރާ ފިއުލް ފާމްއާއެކު ސްޓޯރޭޖް ކެޕޭސިޓީ މިހާރު ހުރި ކެޕޭސިޓީއަށްވުރެ ތިން ގުނަ އިތުރުވަމުންދާކަމަށެވެ.

ފިއުލް ފާމްގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ، މިހާރުވެސް ތިން ޓޭންކްގެ އެންމެ މުހިންމު މަސައްކަތް ނިމިފައިވާކަމަށެވެ. އެއީ ފައުންޑޭޝަން މަސައްކަތެވެ.

"މިހާރު އެ ދަނީ ފުރަތަމަ ޓޭންކްގެ އެ ޓޮޕްރޫފްގެ މަސައްކަތް ނިމެމުން". އާދިލް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަ މަސް ތެރޭގައި ފިއުލް ޓޭންކްގެ މަސައްކަތް ނިންމާލާނެކަމަށް އާދިލް ވިދާޅުވިއެވެ.

ފިއުލްފާމާއެކު، ނިމިގެންދާ މަސައްކަތްތަތަކުގެ ތެރޭގައި ޖެޓީ އާދި ބޯޓްތައްވެސް ކައިރި ކުރެވޭނެހެން ހަދާނެކަމަށް އާދިލް ވިދާޅުވިއެވެ.

"ފިއުލް ފާމް ނިމިގެންދާއިރު އެއާކްރާފްޓްތަކަށް ދެން ފިއުލިންގ ކުރެވޭނީ ހައިޑްރޮންޓެއް މެދުވެރިވެގެން. މިހާރު ބައިޒާގައި ވެސް ކުރިއަށް އޮތްތަނުގައި ހައިޑްރޮންޓް ބޭނުންކުރެވިގެންދާކަމުގައިވަންޏާމުން އަޅުގަނޑުމެންގެ މުޅި އޮޕަރޭޝަންސް އެފިޝެންސީވެސް ވަރަށް ބޮޑުތަން ލުއިވެގެންދާނެ". އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ފެށި ބޮޑު މަޝްރޫއަށް 800 މިލިއަން ޑޮލަރު ނުވަތަ 12.3 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައެވެ.