ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ނ.އަތޮޅު ވެލިދޫ އަށް ވަޑައިގަތުމުން އެތައް ސަތޭކަ ބަޔަކު ނިކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ވެލިދޫގައި ގާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް އިފްތިތާހް ކުރަން ރައީސް ޔާމީން ވެލިދޫ އަށް ވަޑައިގަތުމުން އެރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

ރައީސް ޔާމީން ވެލިދޫ ރައްޔިތުންނާއި ބައްދަލު ކުރަން ބާއްވަމުންދާ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ މިރެއަކީ ރައީސަކަށް އެރަށުން އެންމެ ހޫނު މަރުޙަބާއެއް ދެންނެވި ރޭ ކަމަށެވެ.

އާބާދީގައި 2600 އަށް ވުރެ ގިނަ މީހުން އުޅޭ ވެލިދޫގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ވެލިދޫގައި މިއަހަރުގެ މާޗް މަހާއި ހަމައަށް ސަރުކާރުން ވަނީ 28 މަޝްރޫޢުއެއް ހިންގާ 171 މިލިއަން ރުފިޔާ އެރަށަށް ޚަރަދު ކުރައްވާފައެވެ.

2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ވެލިދޫގައި ސަރުކާރުން ހިންގީ އެންމެ ދެމަޝްރޫޢު އެވެ. އެއީ ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމެވެ.

ރައީސް ޔާމީން ވެލިދޫއަށް ވަޑައިގަތުމުން މިހާރު ބާއްވަމުންދާ ޖަލްސާގައި އެމަނިކުފާނު ވެލިދޫ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންނި

    ޔާމީނަކީ ކަންތައް ކޮށްދެއްވާނަމޭ ކިޔާފަ ޔަހޫދީ

    ބައިގަނޑުތައް ކައިރީ ބޯން އޮންނަ ބޭފުޅެއް ނޫން.

  2. ޤައުމު

    ޝުކުރިއްޔާ ވެލިދޫ ރައްޔިތުންނައް.

  3. ރައްޔިތުމީހާ

    މަނިކުފާނަށް ތިހުންނެވީި ރަސްއައިނަކަށް އެރުއްވިފައި އިޚްލާސްތެރިކަމާއެކު ކުރިއަށް ވަޑައިގަންނަވާ

  4. އަލީދ

    ބަރާބަރު 200އެއްހާ މީހުން އެވެސް އެކި ރަށްރަށުން މީހުން ގެންގޮސްގެން