މާލޭގައި ދެންމެ ވަޅި ޖަހާ ތިން މީހަކު ޒަހަމް ކޮށްލުމަށް ފަހު ފިލަން ދުވި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އެސަރަހައްދުގައި އެވަގުތު ހުރި ޓްރެފިކް ފުލުހަކާއި އާންމުން ގުޅިގެންނެވެ.

މަންޒަރުދުއް މީހަކު ބުނީ ވަޅި ޖަހާފައި ފިލަން ދުވި މީހާގެ ކުރިމައްޗަށް ޓްރެފިކް ފުލުހަކު އަރާ އިތުރު މީހަކާއި ދެމީހުން ވެގެން ވަޅި ޖެހި މީހާ ހިފެހެއްޓި ކަމަށެވެ. އަދި ތިން ވަނަ މީހަކު ވެސް ފަހުން ވަނީ އޭނާ ހުއްޓުވަން އެހީތެރިވެދީފައެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. Anonymous

    ސާބަސް ހިއްވަރު ގަދަ ރައްޔިތުން

  2. އަޝްރަފް

    އަލްޙަމްދު ލިﷲ.

  3. އަލީ

    ވަރަށް އުފާވެއްޖެ. މިކަމުގައި އެންމެންގެ ައހީބޭނުންވާނެ.

  4. ދެރަދޯ

    ކިހާ ދެރަކަމެއް

  5. ޟަޜީ

    ބަރާބަރު. މިހެން ވާންޖެހޭނެ. ދިވެހިރައްޔިތުންގެ އެހީ އަބަދުވެސް ފުލުހުންނައް ދޭން ވާނެ.

  6. ޒީނާ

    އަވަހައް ތިޔަމީހާ ދޫކޮއްލައްވާ،

  7. ަައަހުސަމް

    މިކަން ކުރި މީހާ ހިފެހެއްޓީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ

  8. އަބްދުއްލާ

    ހަމަޖެހުން ނަގާލަން އެމްޑީޕީން ރާވާކަންކަން .އަފްރާސީމް މަރާލީ އުސްފަސްގަނޑުހަދާފަ ތިބެ އުސްފަސްގަނޑުން ނިކުމެހގެން ގޮސް 4 މިލިއަން ދިން މީހާ މިހާރުވެސް ދޫވެފަ ހުރީ 4 މިލިއަން ލިބުނު މީހާ އެހިފައިގެން ރަށަށްގޮސްނާ ނަސީދަށް ގުޅުމަށްފަހު ފުރއިގެންސިލޯނަށް . އެހެންވެ ނަސީދު ބުނީ އޭހުރީމެދުއިރުމައްޗަށްގޮސްފިލާފައޭ ގެއްލިގެން އުޅޭ މިނިވަންނޫހުގެ ލިއުންތެރިޔާ ވަގަށް ނެގީވެސް ނަސީދު . އެއީ ނަސީދުގެ ރިޕޯޓަރު . މައްސަލަޔަކީ މިނިވަން ނޫހުގަ ލިއުނު އާޓިކަލެއް އައިރިސްޓައިމުން ލޯޑްކުރުން. މިހާރު ބެލިއިރު އެލިއުން ވަނީ މިނިވަންނޫހުން ޑިލީޓް ކޮށްފާ.

  9. ރަޙުމަތްލައްވާށި

    މާރީމާރީ އާެއި ނުބައިކަންކަން ހުއްޓުވަން މަސައްކަތްކުރާ ހިތްވަރުގަދަ ދިވެހި ރައްޔިތުންނަށް ﷲ ރަޙުމަތްލައްވަވާ އެފަރާތްތަކަށް ރައްކާތެރިކަމާއި، ސާބިތުކަން މިންވަރު ކުރައްވާށި! އާމީން

  10. ޑޮން

    ޢިތުރު 2 މީހުންނަކީ ވެސް ފުލުހުން، ( ޓްރެފިކް ޕޮލިސް ކުއްޖާ ފިޔަވާ،) ޓްރެފިކް ޕޮލިސް ކުއްޖާ އައް ސާބަސް ފުލުހެއްގެ ވާޖިބު އަދާ ކުރުމުގައި ފަހަތައް ނުޖެހޭތި، އެކުއްޖާ އައް އެހީތެރިކަން ފޯރުކޮއްދިން އިތުރު 2 ފުލުހައް ވެސް ސާބަސް

  11. އަސްލު

    މީ އެކުދިން ވޯޓަށް ދޫކުރީމަ ވާ ގޮތް...

  12. ޑިމޮކްރަޓިސްޓް

    ތީ ކޮން ފިކުރެއްގެ ޒުވާނެއްކަން ޔަގީންކަމާއެކީ ބުނަންއެބަ އެނގޭ...

  13. މަ

    ޢެތާ އުޅުނީ 2 ފުލުހުން. ޢެކަކު ހުރީ ޔުނިފޯމް ނާޅާ. ރައްޔިތުން ތިބީ ބަލަން

  14. ދޮންނޭ

    ސާބަހޭ ދިވެހި ރައްޔިތުންނޭ. ތިގޮތަށް ފުލުހުންނަށް އެޙީތެރިކަން ދެންޏާ އިސާހިތަކު މުޅި ގައުމު ހަމަ މަގަށް އެޅިދާނެ. ފުލުސް ބޭފުޅާ އަށާއި އެހީތެރިކަން ދެއްވި ތިން ބޭފުޅުންނަށްވެސް ޝުކުރިއްޔާ.

  15. ޕީޖޭ

    އާދައިގެ ހެދުމުގައި ތިބީ ވެސް ފުލުހުންނާއި ވައްތަރީ، ސާބަސް ފުލުހުންނަށް ދެން ވ ސަޅިވާނެ ދެފަރާތަށް ހަމަހަމަކޮށް ކެމްޕޭން ކުރެވޭނެ މަގު ތަނަވަސްކޮށްދޭން މިހާރަށްވުރެ ފުރިހަމަކޮށް..ސެލިއުޓް

  16. Anonymous

    ޖަލުން ނުރައްކާތެރި ކުށްވެރިން ދީކޮށްލުމުގެ ނަތީޖާ

  17. އަލީ

    ފިލަން ދުވިސޮރަށް އޮންނާނީ ރާކަނިމަސް ކެވިފަ.

  18. ާއަހުމަދު

    ސާބަހޭ މިގައޮމުގެ ފަހުރުވެރި ފުލުހުންނޭ

  19. ޖ

    ހިފެހެއްޓުމައްފަހު ޖެހެނީ އެޖެހިއަތެއްބިންދާލަން އަނެއްކާ މާދަމާވެސް ތިމީހަކު އެހެންމީހަކަެްގެއްލުންދޭނީ

  20. މަހުދީ

    މީހެއް ގަޔަށް ވަޅި ޖެހުމުގެ ކުރިން މަރުމަތިން ހަދާންކޮލުން ކިހާ ރަގަޅުވީސް.

  21. ޑެވިން

    އެންމެން އެއްބާރުލުން ލިބިގެން މިކަހަލަ ހުއްޓުވޭނީ.ޢާންމުންނާއި ޕްލިހުންނަށް ވުރެ ތިޔަ ގުރޫޕް ތައް ގަދަ އެއް ނުވާނެ.އެކުވެރިކަމަކީ ގަދަ ފަދަ ބާރެއް.ސާބަސް

  22. ގޭންގު ހުއްޓުވާ

    މިރާއްޖޭގައި ތިކަންވެސް ތިދަނީ އާންމު ވަމުން މިހާރު މީހަކު މަރާލަން އެއީ ހަމަ މަދިރިއެއް މަރާލުންފަދައަށްވެއްޖެ، މިކަން ހުއްޓުވޭނީ ޤާނޫނު އިސްލާޙް ކޮއްގެން އަދި ވަޅި ޖަހާ މާރާމާރީ ހިންގާ މީހުންނަށް މުޖުތަމަޢު އިން ޖާގަ ނުދީ އެފަދަ މީހުންނަށް މަރަށް މަރު ނުވަތަ އުމުރު ދުވަހަށް ޖަލަށް ލައި އެފަދަ މީހުްނ މިނިވަން ނުކޮއަ އެފަދަ މީހުންނަށް ޖަލުތަކުގައި ހަރުކަށި އަދަބު ދެވިގެން ނޫނީ ތިކަމެށް ނުހުއްޓޭނޭ. މިހާރުން މިހާރަށް އެފަދަ މީހުންނަށް ހަރުކަށި އަދަބު އަދި ޖަލުން ސަލާމަށް ނުވެވޭ ވަރުގެ ޤާނޫނެއް އެބަ ޖެހޭ ވުޖޫދަށް ގެންނަށް .. މިކަމާ ރައްއިތުންގެ މަޖިލިސް ޖެހޭ އެއްބައި ވަންތަވެ ޤައުމުގެ އަމާންކަން އިސްކުރަން .. ލޯކަނު ޤާނޫނު ހެދީމާ ވާނީ މިހެން

  23. ޓްރެފިކް ޕޮލިސް

    ޓްރެފިކް ޕޮލިސްހެއްގެ ފޮޓޯ ނެތީތޯ މިހަބަރުގަ ޖަހާލަން، ޓްރެފިކް ޕޮލިސް މީހާ ކުރި ހިއްވަރު އެޑިޕާޓްމަންޓްއަށް ކްރެޑިޓް ލިބޭނެހެން ތަސްވީރުން ވެސް ދައްކާލިނަމަ ރީތިވީހެވެ. އެހެން ނޫނަސް އެސް.އޯ ފުލުހުން ނިކުންނަނީ މުޒާހިރާ އާއި ސިޔާސީ ކަންކަމުގައެވެ. ރެއާދުވާލު ވަޅިޖަހާ މީހުންނާ ކުރިމަތިލާން ތިބީ ޓްރެފިކް ޕޮލިސް އާއި އާދައިގެ ފުލުހުންނެވެ.

  24. ފައިނު މީހާ.

    މިފަދަ ޢަމަލުތައް ހުއްޓުވަން ފުލުހުންނަށް އެހީތެރިވުމަކީ މުހިންމު ކަމެއް.