ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް އެއަރޕޯޓު ވިއްކާލުމާއި، އެކުންފުނީގެ އަތުން އެއަރޕޯޓު ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން، އާއްމުންނަށް ނޭނގޭ ބައެއް ވާހަކަތައް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަންކަން ހާމަކުރައްވާފައިވަނީ، ސަރުކާރުން ނ. ވެލިދޫގައި ކުރިއަށް ގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް، އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، މިކަމާ ގުޅިގެން އެކި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ އެކި ފަރާތްތަކާ ކަމުގައެވެ. އެގޮތުން، އޭގެ ތެރޭގައި، ޖީއެމްއާރަށް އެއަރޕޯޓު ވިއްކާލުމުގައި ހޭދަވެފައި ހުރި އަދަދުތައް ބެލުމަށް ބައެއް ފަރާރްތަކަށް ހަވާލުކޮށްފައިވާއިރު، މިކަންކަމާ ގުޅިގެން މުޒާހަރާ ކުރުމަށްވެސް ބައެއް ފަރާތްތަކަށް ހަވާލު ކުރިކަމަށް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، މިކަންކަމަށް ޚަރަދު ކުރަންވެސް މީހުން ހަމަޖެއްސިކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި، މިކަންކަމުގައި ޚަރަދުވެފައިވާ މިންވަރު ބެލުމަށް ހަވާލުކޮށްފައިވަނީ، އޭރު އޮތް ޤައުމީ ޕާޓީ އާއެވެ. މިކަންކަމާ ގުޅިގެން، އެޕާޓީން މަސައްކަތްތަކެއް ކޮށް، ފޮތެއްވެސް ނެރެފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި، އެފޮތުގެ މުސައްނިފަކު، ވަރަށް ފަހުންވެސް ރައީސް ޔާމީނަށް މެސެޖު ކުރެއްވިކަމަށް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، މިކަންކަމާ ގުޅިގެން މާލޭގައި މުޒާހަރާތައް ބާއްވާ އަޑު އުފުލުމަށް ހަވާލުކޮށްފައިވަނީ، އެމަނިކުފާނަށާއި، ކުރިން ޑީއާރްޕީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަޙުމަދު ތަސްމީން އަލީ އަށްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ތަސްމީނަކީ ތަސްމީނު ކަމަށާއި އެބޭފުޅާއަށް ވެލި ކެއުން ނޫން އެހެން ކަމެއް ނުވާނެކަމަށް، ސަމާސާ ރާގަކަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހަވާލުވެފައި އޮތީ ވަރުގަދައަށް މި ވާހަކަތައް ބޭރުގައި ދެއްކުމާ އެކީ ތަސްމީނާ ގުޅިގެން މާލޭގައި މުޒާހަރާތައް ބާއްވަން، މިކަމާ އަޑު އުފުލަން. އެކަމަކު ތަސްމީނަކީ ތަސްމީނު ދެއްތޯ؟ ތަސްމީނު ކިތަންމެ މަސައްކަތް ކުރިޔަސް ހަމަ ވެލިކާން ވިދާޅުވުން ފިޔަވައި އެހެން ކަމެއް ނުވާނެ." ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ، މިކަންކަމުގައި ޚަރަދު ކުރައްވަން ހަވާލު ކުރެއްވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، އެބޭފުޅާއަށް އެކަންކަން ނުކުރެއްވޭކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
"ޖީއެމްއާރު ކަންތައްތަކުގެ ޚަރަދާ ހަވާލުވި ބޭފުޅަކީ ޤާސިމް. އެކަމަކު މިއިން އެއްވެސް ކަމަކަށް ޚަރަދެއް ނުކުރައްވާ." ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި، ޖީއެމްއާރުގެ އަތުން އެއަރޕޯޓު އަނބުރާ ހޯދުމުގެ މަސައްކަތް ކުރެވިގެން ދިޔައިރު، ސީދާ ރައީސް އޮފީހުގައި މަސައްކަތްތަކެއް ކުރެއްވިކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި، އެމަސައްކަތްތަކުގައި އޭރު އެއް ފަޅީގައި ތިއްބެވި ސިޔާސީ ފަރާތްތަކުން ބައިވެރިވިކަމަށް ރައީސް ވިދާޅުވިއެވެ.
"ރައީސް ވަޙީދުގެ ސަރުކާރުގައި އަޅުގަނޑުމެން އެކުރެއްވި މަސައްކަތްތަކުގައި އަޅުގަނޑު ރައީސް އޮފީހަށް ދިޔައިރު ޤާސިމް އިބްރާހީމް އިންނެވި، ތަސްމީން އިންނެވި، ޑރ. ޙަސަން ސައީދު އިންނެވި، އަދާލަތުން އިމްރާން ވަޑައެއް ނުގަންނަވާ. އިމްރާން ވަޑައިގަތީ ހުރިހާ ކަމެއް ނިމުނުފަހުން، 15 މިނެޓް ފަހުން އިމްރާން ވަޑައިގަތީ." ރައީސް މިރޭ ވިދާޅުވެފައިވެއވެެ.
މީގެއިތުރުންވެސް، ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެކަންކަން ކުރުމަށް އޭރު ސަރުކާރުގައި އެފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ތިބިކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، އެފަރާތްތަކުން ފަތި ހަދާލާފައި ތިބިކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ވަހީދު ވިދާޅުވީ، މި ތިބީއޭ އެކްސްޕާޓުން. ތިއްބެވި ސަރުކާރުގައި މިކަންކަމުގައި އުޅުއްވާ އެތައް ބޭފުޅުން. ހަމަ ފަތި ހަދާލާފައި، މިތިބީ ހިސާބުތަކެއް ހިފައިގެން އައިސް، އަޅުގަނޑުމެންނަށް ކޯޗެއް ކިޔައިދޭންތޯ. އަޅުގަނޑުމެން ނިންމައިފިން އެއަރޕޯޓް އަޅުގަނޑުމެންނަށް ލިބެން ވާނެކަމަށް. އަޅުގަނޑުމެން ބޭނުމެއް ނޫން ހިސާބު އަކުރުތައް ބަލާކަށް، އަޅުގަނޑުމެން ބޭނުމެއް ނޫން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރައީސް ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ އެއަރޕޯޓުގެ ބަދަލެއްގެ ގޮތުން 800 މިލިއަން ޑޮލަރު ދޭން ޖެހޭނެކަމަށް ކަމަށާއި އެހެންނަމަވެސް، އެކަންކަން ނިމިގެން ދިޔައީ އެންމެ ފަހުން 320 މިލިޔަން ޑޮލަރު ދައްކާ ގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށޭ އެނގިވަޑައިގަންނަވާނީ މިފަދަ އެގްރީމަންޓްތައް ހުއްޓުވާލެއްވީމާ ސަރުކާރުން ދޭން ޖެހޭނީ ކޮންކަހަލަ ބަދަލެއްކަން. އަނެއްކާ އެބަދަލުވެސްވީ އިއްތިފާގަކަށް. އެބަދަލަކީވެސް 800 މިލިއަން ޑޮލަރު، 800 މިލިއަން ޑޮލަރުން ހަމަ އޭރުގެ އެއްވެސް ސަރުކާރަކުން ނައްޓައެއް ނުލި. ޖީއެމްއާރަށް 800 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ޖެހޭނެކަމަށް އޭރުގެ ހިސާބުތަކުން ދެއްކީ. އެކަމަކު އަޅުގަނޑުމެން 320 މިލިއަން ޑޮލަރުން އެއަރޕޯޓު އަނބުރާ ހޯދައިފީމު" ރައީސް ޔާމީން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ހުޅުލޭ އެއަރޕޯޓަކީ ދިވެހިންނަށް ވަރަށް މުޙިއްމު ތަނެއްކަމަށާއި، އެއީ ނާޞިރު ދައުރުގައި ވަރަށް ބުރަ މަސައްކަތުން ބިނާކޮށްފައިވާ ތަނެއްކަމުގައެވެ.
ސާބަހެ ވެރިޔާ. ތީ ވެރިންނަކީ
އިދިކޮޅު ފަރާތް ތަކުން ތިކަންކަން ނުބަލާނެ ....
އަދިޣާފިލު ވެފައި ވާމީހުން ވެސް ތިބޭނީ އެގޮތުގައި
ﷲ ޝުކުރުކުރަން. ޔާމީން 2018
ހުޅުލޭ އެއަރޕޯރޓަކީ، ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ނުކައި ނުބޮއެ ހުޅުލޭ ފަޅުތެރޭގައި ދޯނި އަޅައިގެން، ބިއްފަންގަނޑެއް ފަރުމާނު މަތީ އަޅާ ގެގަނޑެއް ހަދައި އޭގައި ކައްކާ ކައި ނިދާ ހަދައިގެން ތިބެ ހެދި ރައްޔިތުންގެ އެއަރޕޯރޓެއް. ކެނެރީގޭ އެއަރޕޯރޓެއްނޫން. އަތުލުން އެއީ ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތެއް.
ޢަދި ކިޔާދޭނެ އެމްޢެމްޕީއާރުސީ ލާރިގަޑަށްވީ ގޮތްވެސް
ޙަގީގަތުގައިވެސް އެ އެއަރ ޕޯރޓަކީ ވަރަށް ގިނަބައެއްގެ ވަރަށް ވަރަށް ބުރަ މަސައްކަތް. ވަރަށް ވަގުތު ހޭދަކުރި ކަމެއް
ޢެއީ ލީޑަރުންނަކީ.
ޠޔާމިނަކީ ޤައުމަށްޓަކަި ވަރުގަދަ ތަސައްވުރެއް އޮތް ބޭފުޅެއް ޔާމީނަށްޓަކައި ފަޚުރުވެރިވަނަ.
ވެރިންގެ ކަންކަން ކުރުމުގައި ނުދައްކާނެ ވާހަކަ ހުންނަން ޖެހޭނެ. އެވާހަކަތަށް ނެރެން ޖެހޭނީ އޭގެ 50 އަހަރުފަހުން އަސްލު ތާރީޚް ލިޔުމަށް އެހެންނޫނީ އެއީ ދެން ރޭވުންތައް ބޭޒާރުވެ ދެން ހުންނަ ރޭވުންތަކަށް ހުރަސްއެޅޭނެކަމެއް.