(ލ.ފޮނަދޫ) ރައީސުލްޖުމްހުރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ނަވަކީ ތަރައްޤީގެ ނައު ކަމަށާއި މި ނަވެއް ނުފެތޭނެ ކަމަށް އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުޙައްމަދު ޝަޙީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ލާމު އަތޮޅުގައި ރައީސް ޔާމީންއަށް ތާޢީދު އިތުރުކުރުމަށް އެއަތޮޅު ފޮނަދޫއަށް ވަޑައިގެން ކުރިގަމު އަވަށު ޖަގަހަ ހުޅުވައިދެއްވުމުގެ ޖަލްސާއަށްފަހު ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ނައުފުޅަކީ ތަރައްޤީގެ ނައު ކަމަށާއި އެއީ އިސްލާމް ދީން ދަމަހައްޓާނެ ނައު ކަމަށެވެ.

"މިއަދު ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ރައީސް ޔާމީންގެ ނައު އެއަށް ފެތެނީއޭ. އަޅުގަނޑު ދަންނަވާނީ މާތް ﷲ އިރާދަ ކުރެއްވިއްޔާ އެނައު ނުފެތޭނެ. އެނައުއަށް އަރުއްވާށޭ ތިބޭފުޅުން" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ވަގުތަކީ ދިވެހި ރާއްޖެއަށް ބޭރުގެ ބޮޑެތި ނުފޫޒުތައް ފޯރާފައިވާ ދުވަސް ވަރެއްކަމުގައި ސިފަ ކުރައްވަމުން ޝަހީމް ވިދާޅުވީ އެކަމުން ޤައުމު އަރައިގަތުމަށް އުމްރާނީ ގޮތުން އެތަކެއް މަޝްރޫޢުތަކެއް އެމަނިކުފާނު ކުރައްވާފައިވާ ކަމަށެވެ. ޝަހީމް އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލާލިނަމަވެސް، އެއަރޕޯޓްއެއް ނުވަތަ ބަނދަރެއް ނުވަތަ އެނޫންވެސް އެފަދަ ބޮޑު މަޝްރޫޢުއެއް ހިނގަމުންދާ ކަމަށެވެ.

އަދި ވިދާޅުވީ ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ވަކި ދާއިރާއަކަށް ޚާއްސަ ކުރެވިފައިވާ މަޝްރޫޢުތަކެއް ނޫން ކަމަށާއި އިޖްތިމާއީ ދާއިރާ އަށާއި ސިއްހީދާއިރާއަށާޢި އަދި މިނޫންެވެސް އިތުރު ގިނަ ދާއިރާތަށް ތަރައްޤީ ކުރުމަށް ރައީސް ޔާމީން ގިނަ މަސައްކަތްފުޅު ތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިމަޝްރޫޢުތަކަކީ ވަކި ދާއިރާތަކަކަށް ހުރި މަޝްރޫޢޫ ތަކެއް ނޫން. ހުރިހާ ދާއިރާތަކަށްވެސް. އިޖްތިމާޢީ ދާއިރާއަށްވެސް، ސިއްޙީ ދާއިރާއަށްވެސް، ތަޢުލީމީ ދާއިރާއަށްވެސް އަދި ކިތަންމެ ދާއިރާއަކުން މުޙިއްމު އެތައް މަޝްރޫޢުތަކެއް ފައްޓަވާ އެކަތައްތައް ކުރިޔަށް ގެންދަވާ އަދި މިހާރު ވަރަށް ގިނަ މަޝްރޫޢުތަކެއް އުފައްދަމުން، ހުޅުއްވާ އެޚިދުމަތް ދެއްވަން ފައްޓަވަމުން އެމަނިކުފާނު އެގެންދަވަނީ" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، އޭނާގެ މަސައްކަތްފުޅަކަށްވަނީ އިސްލާމީ އުސޫލުތައް ދިވެހި ރާއްޖޭގައި ދެމެހެއްޓެމުން ކަމަށާއި ރައީސް އެގެންނަވާ އުމްރާނީ ތަރައްޤީއާއި އެއްވަރަށް އިސްލާމީ ތަރައްޤީ ދިވެހި ރާއްޖެއަށް ނައިސްފިނަމަ، ދިވެހި ރާއްޖެ ވެގެންދާނީ ހަމައެކަނި މާއްދިއްޔަތުގެ މައްޗަށް ތަރައްޤީ ކުރެވިގެންދާ ޤައުމަކަށް ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އެކަން ވާކަން ރައީސް ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ. ރައީސް ބޭނުންފުޅުވަނީ އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން ރާއްޖެއަށް އަންނަމުންދާ ތަރައްޤީއާ އެއްހަމައެއްގައި އިސްލާމީ ތަރައްޤީ ދިވެހި ރާއްޖެއަށް އައުމަށް ކަމަށެވެ.

ޝަހީމް ލާމު އަތޮޅަށް ކުރައްވަވާ ދަތުރުފުޅުގައި އެއަތޮޅު ހުރިހާ ރަށަކަށްވަނީ ވަޑައިގެންފައެވެ. މިއަދު އޭނާ އަނބުރާ މާލެ ވަޑައިގަންނާވެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޠޔެސް

    ޢިންޝާﷲ.

  2. މަގޭ

    ސަބާހޭ ޝަހީމް ސަރ

  3. ދާލު

    މިިހާރުވެސް ފެތިފަ އޮތް ނަވެއް... ބޮޑު ތަނުން ވަގުން ބަލި ކުރާނަށް... ދެން ހަޖަމު ނުވާ ކުދިން ހަޖަމުކޮށްލާ

  4. އަލީ

    އިންޝާﷲ މިތަރައްގީ ނުހުއްޓުވޭނެ.

  5. ޟ

    ސަޅި ޝަހީމް..ވީ އާރ ވިތް ޔޫ..

  6. ރާޖަޕަކުސަ

    އިންޝާﷲ މިނަވެއް ނުފެތޭނެ މިތަރައްގީ ނުހުއްޓުވޭނެ ބޮޑުތަނުން ވިލާތުގެ އިއްތިހާދު ބަލިކޮށް ރާއްޖެ އަށް މިހާރު ވެސް ފާގަތި ދުވަސްތަކެއް ލިބޭނެ.

  7. ޕީސިކްސް

    ބޮޑުވަގުން ބަލިވިޔަސް ރައީސް ޔާމީން ބައްޔެއްނުވާނެ. އިންޝާﷲ

  8. އިއްބެ

    ޚެރަފާ ނަޝީދު ދައްކާ ބާވަތުގެ ނޭދެވޭ، ނާތަހުޒީބު ވާހަކަ ނުދެއްކެވުމަކީ އަޅުގަނޑު ޕީ. ޕީ. އެމް ގެ ހުރިހާ ބޭފުޅުން އަރިހުން އެދޭ އެދުމެއް. ޝުކުރިއްޔާ!

  9. ޙަސަނުބެ

    ދޮންކަލޯ ފެތޭމީހުން އެނގޭނެ

  10. އ މ

    ބުނަން ނުވާ އެއްޗެހި ނުބުނަގަ ކުދީންނޭ

  11. ނ

    ތެދުމަގުތަ ހުރީ އަންނިކަން މޫނަށް ބަލާލިޔަސް އެނގޭނެ

  12. ސާބަހޭ

    ސާބަސް ޝަހީމް ތިޔައީ އުއްމީދަކީ ތިޔައީ
    މީހަކީ ......

  13. ނަސީ

    އަޅަމެންގެ ދުއާއަކީވެސް ތީ

  14. ކަލޯ

    ރަސޫލާ ބެހެއްޓެވި ވަރަށް ތުނބުޅި ނުބަހަށްޓަން އެއުޅެނީ ބަޔަކު މަލާމާތްކޮށްފާނެތީތަ؟

  15. އިއްބެ

    ކެރަފާ ނަޝީދު ދައްކާ ބާވަތުގެ ނޭދެވޭ، ނާތަހުޒީބު ވާހަކަ ނުދެއްކެވުމަކީ އަޅުގަނޑު ޕީ. ޕީ. އެމް ގެ ހުރިހާ ބޭފުޅުން އަރިހުން އެދޭ އެދުމެއް. ޝުކުރިއްޔާ!