ނ. ވެލިދޫ އަށް ރައީސް ޔާމިން ވަޑައިގަތުމާ ދެކޮޅަށް އަޑު އުފުލި މީހުން ތެރެއިން ހައްޔަރު ކުރި ތިން މީހަކު ފުލުހުން ދޫކޮށްލާފިއެވެ.

ރައީސް ޔާމިން ނ. އަތޮޅު ވަޑައިގަތުމުން ހައްޔަރުކުރި މީހުންގެތެރޭގައި އެމަނިކުފާނަށް ވަގަށްގޮވި މީހަކުވެސް ހިމެނެއެވެ. އޭގެ އިތުރުން ދެމީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނެއް ވެސް ހިމެނެއެވެ.

އެކަމާގުޅިގެން ފުލުހުން ހާމަ ކުރިގޮތުގައި ރޭގައި އެމީހުން ހައްޔަރުކުރީ ރައީސް ޔާމިންގެ ގެ ދަތުރުފުޅާ ދިމާކޮށް ހަމަ ނުޖެހުން ހިންގުމުގެ ސަބަބުންނެވެް. އަދި މިހާރު އެ އެންމެންވެސް ދޫކޮށްލާފައިވާ ކަމަށްފުލުުން ބުނެފައެވެ.

ނ ވެލިދޫގައި ރައީސް ޔާމިން ރޭގަ ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރޭގައި އެރަށުގަ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެަނިކުފާނުވަނީ ވަރަށް ތަފްސީލުގޮތެއްގައި އެމަނިކުފާނު ޒައާމަތުގައި ކުރިޔަށްގެންދެވި ބައެއްމަޝްރޫއުތަކަށް އަލިއަޅުވާލައި ވާހަކަދައްކަވާފައެވެ.

އެގޮތުން މާލެ ސަރަހައްދުގައިވެސް ކުރިޔަށް ގެންދިޔަށް ބައެއްމަޝްރޫއުތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފަވެއެވެ.

އެ ބޭފުޅުން، މާލޭގެ ކޮން ދިމާއަކުންތޯ ބޭރަށް ނިކުންނާނީ. މާލޭގެ އުތުރު ފަރާތަށް ނިކުތަސް، އިރު އުތުރު ފަރާތަށް ނިކުތަސް ފެންނާނީ އެ ބޭފުޅުން [އިދިކޮޅުން] ދެކެން ބޭނުން ނުވާ ތަންތަން. އެ ފަދަ ތަރައްގީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވިގޮތުގައި އިދުކޮޅު ފަރާތްތަކުން މާލެ ބޭރުވާން ބޭނުން ވެއްޖެ ނަމަ ދާން ޖެހެނީ ވިލިމާލެއާ ދިމާލުން، މާލޭގެ ހުޅަނގު ދެކުނު ފަރާތަށް ކަމަށާއި އެކަމަކު އެތަނުގައި ވެސް ހުރީ ކަރަށް ނާރެއް އަރާވަރުގެ އުސް، 25 ބުރީގެ އިމާރާތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެސްޓްޕާކާ ދިމާލުން، ރަސްފަންނެއް ހަދައި، މަންޒަރު ބަދަލުކޮށްލާފައިވާއިރު އެ ތަން ނުފެނި ވެސް މާލޭން ބޭރު ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސީމު

    ސާބަހޭ ސާބަހޭ ރައީސް ޔާމީނު ތިއޭ މިގައުމުގެ ދިރުމަކީ ފަހުރަކީ ތަރައްގީޔަކީ ތަނަވަސްކަމަކީ ދިވެހިންގެ ހިތްތަކުގެ ފިނިކަމަކީ ﷲ އިރާދަކުރެއްވިއްޔާ އިތުރު ފަސްއަހަރު ދިވެހިން މަނިކުފާނަން ހިތުންރުހުމުން ދޭނެ އާމީން

  2. ހުމުދު

    ސާބަހޭ ސާބަހޭ ރައީސް ޔާމީނު ތިއޭ މިގައުމުގެ ދިރުމަކީ ފަހުރަކީ ތަރައްގީޔަކީ ތަނަވަސްކަމަކީ ދިވެހިންގެ ހިތްތަކުގެ ފިނިކަމަކީ ﷲ އިރާދަކުރެއްވިއްޔާ އިތުރު ފަސްއަހަރު ދިވެހިން މަނިކުފާނަން ހިތުންރުހުމުން ދޭނެ އާމީން

  3. އިބްރާހިމް

    ވެލިދޫގަ ރޭގަ ތިކަހަލަކަމެއް ހިގިތަ!ހަމަގައިމުވެސް ގިނަވާނީ ތިކަހަލަ ކަމެއް ވީކަން ނޭންގޭމީހުން.