އިދިކޮޅު ވެރިކަމުގައި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކޮށް ދޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓްގެ ރަނިން މޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މާލެ އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވަން ފެއްޓެވި ދަތުރުގައި ހުރައަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިދިކޮޅުން އުފައްދާ ވެރިކަމެއްގައި ޑޮކްޓަރުންނާއި ނަރުހުން ހިންހަމަޖެހޭ ފަދަ އެކަށީގެންވާ އުޖޫރައެއް ލިބިގެންދާނެ ކަމަށާއި މުސާރަ ބޮޑުވެސް ކުރާނެ ކަމަށެވެ.

"އިދިކޮޅު ކޯލިޝަން ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އެކަށީގެންވާ އުޖޫރަ ލިބި، ހިތްހަމަޖެހޭ ފަދަ މާހައުލެއް ފަހިކޮށް ދޭނަން. މި ސަރުކާރުން ނަރުހުންގެ މުސާރަ ބޮޑުކުރި ކަމަށް ބުނާ އިރު، ކޮންސަލްޓަންޓުންނަށް ލިބޭ ވަރުގެ އުޖޫރައެއް މެޑިކަލް އޮފިސަރުންނަށް ނުލިބޭ" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް އެކަށީގެންވާ އުޖޫރަ ލިބި، ހިންހަމަޖެހޭ ފަދަ މާހައުލެއް ސިޔާސީ ފިއްތުންތަކެއް ނެތި އެމާހައުލެއްގައި ނަރުހުންނަށާއި ޑޮކްޓަރުންނަށް އެކަން ކޮށްދިނުމަކީ ރައްޔިތުންގެ ހައްގުގައިވާ ވައުދެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ޑޮކްޓަރުންނާއި ނަރުހުންނަށް ލިބެންވާ ހައްގު މުސާރައެއް ސަރުކާރުން ނުދިނުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ލިބެން ބޭނުންވާ ފަރުވާ ލިބުމަށްޓަކައި ގިނަ ހުރަސްތަކެއް އެބަހުރި ކަމަށެވެ.

ފައިސަލް އިތުރަަށް ވިދާޅުވީ މިދިޔަ ދެތިން ހަފްތާއަށް އެކަނި ބެއްލެވި ނަމަވެސް ދައުލަތުގެ ހޮސްޕިޓަލް، ދޫކޮށް އެހެން ދިމަދިމާއަށް އެތައް ޑޮކްޓަރުންނެއް މިހާރުވެސް ވަނީ ގޮސްފައި ކަމަށާއި ފެނިވަޑައިގަންނަވަނީ ދުވަހެއް ދުވަހަކަށް ދޭންޖެހޭ ފަރުވާއެއް ނުލިބި ސިއްހީ ނިޒާމު ބަލިކަށިވަމުންދާ މަންޒަރުކަމަށެވެ.

"މިއަދުވެސް މިދިޔަ ދެތިން ހަފްތާއަށް ބަލައިފިކަމަށް ވަންޏާ ދައުލަތުގެ ހޮސްޕިޓަލް، ދޫކޮށް އެހެން ދިމަދިމާއަށް އެތައް ޑޮކްޓަރުންނެއް މިހާރުވެސް ވަނީ ގޮސްފައި" އޭނާ ވިދާޅުވިއެވެ.

އަދި އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ހުރާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މާދަމާގެ މުސްތަގުބަލް އުޖާލާކުރަން ބޭނުން ކަމުގައިވާނަމަ ރާއްޖޭގެ ހުރިހާ ކުދިންގެ ތައުލީމީ ނިޒާމް ރަނގަޅު ކުރުމަށް ސަރުކާރުގެ ވެރިންނަށް މަޖުބޫރުވާނެ ކަމަށެވެ.

"ޅަފަތުގެ ކުދިންނަށް ތައުލީމީ ނިޒާމު ވަރުގަދަ ކުރަންޖެހޭ, އެހެން ކަމުން އެކަން ރަނގަޅު ކުރުމަށް އިދިކޮޅު ކޯލިޝަން ސަރުކާރެއްގައި މަސައްކަތްކޮށް އެކަން ކާމިޔާބު ކުރާނަން" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޝާނާ

    ބޮޑުކުރާނީޔޭ ކިޔާ ދޮގު ވަޢުދު ނުވޭ ދައުލަތުގެ ބަޖެޓް ފާސްކުރަން ފައިސަލް ވޯޓް ދެއްވިންތޯ؟

  2. ތާރީޚު ދިވެހި ރާއްޖެ.

    އެމް ޑީ ޕީ ވެރިކަމުގައި މުޅި ޞިއްޙީ ނިޒާމު ފުނޑާލި ބަޔަކަށް އިތުބާރު ކުރާނީ ވިސްނުމުގެ ބޭނުން އެއްގޮތަކަށްވެސް ކުރުމުގެ ޤާބިލުކަމެއް ނެތް މޮޔަބަޔަކު!!!!!!!

  3. ޓީޗަރ

    ކޮބާ ތޯ ޓީޗަރުންގެ ވާހަކަ؟ ޓީޗަރުންނަކީ މި މީހުންގެ ގާތުގައި ބޭކާރު ބައެއްތޯ؟ ޓީޗަރުންނޭވެ! ވިސްނަވާ!

  4. ނޫރާ

    ކަލޯ ފައިސަލޫ ކޮންސަލްޓަންޓުންނަށް ލިބޭ ވަރަށް މެޑިކަލް އޮފިސަރުންނަށް ދިނުމަކީ ހާދަ ނާއިންސާފެކޭ..އެކަމު އިންސާފު ހޯދާށޯ މިއުޅެނީ ނިކުމެ.

  5. އަލީ

    ހަމަ ހިނިއަންނަނީ އިހައްދުވަހު މުސާރަ ބޮޑުކުރީމަ އަނެއްކާވެސް މޮޅުވަހަކައެއް ބުނެލީ ފަހަރެއްގަ ބޮޑުވެސް ކޮށްފާނެ ޖެހިގެން އަނ1ްނަމަހު ކުޑަކުރާނެ މީ ކަލޭމެންގެ ސަރުކާރުގަ އަހަރުމެންކުރި ތަޖުރިބާ ބޮޑުކޮށްފަ ކުޑަކުރުމާ ނުދީ ހިފެހެއްޓުން...

  6. އަބްދުއްލާ

    ކުރިން ވެރިކަމަށް އައިސްވެސް ހުރިހާ އެއްޗެއްކަނޑާ ހުސްކޮށްލި

  7. ރާއްޖެ

    އެމްޑީޕީގެ ވެރިކަމުގައި ސިވިލް ސަރވިސް (ޑޮކްސް ނަރސަސް ޓީޗަރސް)ގެ މުސާރަ ކުޑަކޮށް ކޯޓުން ދޭން އެެންގީމަވެސް ނުދިން ކަން ހަނދާން އެބަހުރި.

  8. ރާއި

    ބަލަ . ފައިސަލޫ. ކަލެއަށް އެނގޭތަ ތިކިޔޭ އެއްޗެއް. ކޮންސަލްޓަންޓުންނަކީ މެޑިކަލް އޮފިސަރުންނަށްވުރެ މޮޅަށް ކިޔވައިގެން ތިބޭ ޚާއްޞަ ޑޮކްޓަރުން. އެމީހުންނާ އާދައިގެ މެޑިކަލް އޮފިސަރުންގެ މުސާރަ ކަލޭ އެއްވަރުކުރާނީ ކިހިނެއް؟ ތިއުޅެނީ މެޑިކަލް އޭ ބުނީމަ ނޭގިގެން ދޯ. ހެހެހެ. ގަޅިވިއަސް ބޮޑުވަރު ދޯ.

  9. ފީގާ

    އެމްޑީޕީ ވެރިކަމުގައި ސިވިލްސާރވިސް މުވައްޒަފުންގެ މުސާރަ އުނިކުރެއްވި ގޮތަށް ދެން ވެރިކަން ލިބިއްޖެނަމަ ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ވާނީއުނި

  10. Anonymous

    ބަލަ ތިބަގަ އޮތީ ނަރުހުންނާ ޑަކްޓަރުންގެ މުސާރަ ބޮޑު ތަނުން ކަނޑާ ކުދިކޮށް އިޒްރޭލު ޑަކްޓަރުންނަށް ބޮޑުމުސާރަ ދީ އެމީހުން މި މުސްލިމު ގައުމަށް ފާކުރުވާފަ. ކޯންޗެއް ކިޔާކަށްތަ!!

  11. ޙަސަން

    އިދިކޮޅު ކެންޑިޑޭޓަށް ވޯޓް ދޭން ޖެހޭނީ ހަމައެކަނި ޑަކްޓަތުންނާއި ނަރުހުންނަށް. ކޮބާ އެހެން ސިވިލް ސަރވަންޓުން.
    މިސަރުކާރުންވެސް ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކޮށްދީފީމޭ ކިޔައިގެން ގޮވާއިރު މުސާރައަށް އރންމެ ލާރިއެއްވެސް އިތުރުކޮށެއްނުދޭ. ކުޑަކުޑަ އެލަވަންސެއް ދޭންފެށި.

  12. ލަމްވާން

    އާދޭސްކުރަން ހެޔޮނުވާނެ މުސާރައިގެ ވާހަކަ ނުދައްކާ! ތިޔައީ ކޯޓުން ހުކުމް ކުރީމާވެސް މުސާރަ ނުދިން މީހުން. މިހާރު ކޮންތާކުން ތިޔަ ބޮޑުކުރަން ބުނާ ފައިސާހޯދާނެ ގޮތެއް ކިޔާދީބަލަ.. ރައީސް ޔާމީން ގުރުބާންވެގެން މިގައުމު ކޮޅަށް ނެގީމާ އޭގެ ފޮނިމީރުކަން ކަލޭމެންގެ އައުވާނުންނަށް ބަހަން ތިޔަވިސްނަނީ ކޮން ހައިސިއްޔަތަކުންހޭ؟ ކޮބާހޭ ކަލޭމެން ބަޖެޓްތަކަށް ދިންވޯޓް. މިތިބަ ނުލަފާ މީހުންނޭ އެބަޖެޓް ތަކަކީ ހަމަ ކަލޭމެން ތިޔަބުނާ މުވައްޒަފުންނަށް މުސާރަ ބޮޑުކުރަންވެސް ހުށަހެޅުނު ބަޖެޓް ތަކެކޭ. މީ މަކުނަށް ވުރެންވެސް ލަދެއް ނެތްބައެކޭ ގިނަ މީހުން ބުނަނީ މިހެންވެއޭ..

  13. ާހޭން

    ވެރިކަމާ ހިފާ ނިމިގެން ދެއްތޮ ކަމެއް ވާނީ...

  14. ހުސޭނުބޭ

    ކަލޭމެން 3 އަހަރުގެ ވެރިކަމެއްގައި ކޯންޗެއް ބޮޑުކޮށްދިނީ!!!!!!! އަޅެ ދައްކާބަލަ. ވިއްޔާވެސް ވީ ކަމަކީ މުއައްޒަފުންނަށް ބަލާބޮޑުވުން. މުސާރަ ކުޑަވުން. ދެން ކުޑަޗވި އެތިކޮޅު ޕާޓީގެ އެކްޓިވިސްޓުންނަށް ކާންދިނުން.

  15. ޙަމީދު

    ކަލޯމެންގެ ވެރިކަމުގަ އަހަރެމެންގެ ގެ މުސާރަކޮޅާ ޖަޒީރާ ރާއްޖޭގެ އަހަރެމެންގެ އެކައުންޓްތައް ދަވާލީ.

  16. ޢަލީ

    އަޅެ މީނައަކީ އިބޫ ވެރިކަމަށް އަޔަސް ނައިބް ރައީސަކަށް ވާނެ މީހާ ނައިބް ރައީސުގެ ބާރަކީ ކޮބައިކަން އެންމެންނަށް އެގޭނެ ސަބަބަކީ އޭނައަކީ ޕޮލިސީ މޭކް ކުރެވޭނެ މީހެއް ނޫން ދެން ލަލަލާ މީނަ މީހުންނާއި ބައްދަލުކޮށް ގޮވާ ކޮސް އަޑުއަހާތީ މަ ހިނި އަންނަނީ ޝަހީމް މީނަ ވައުދުވާ ގޮތަށް ވައުދުއް ނުވޭ

  17. ފާގަ

    ތި ބުނީ ފުލުހުންވެސް އުވާލާނެ ވާހަކަތަ؟ ހުސްނު ސޫދު ދިވެހި ސިފައިން ޝަރަފުވެރި ކުރާނެ ގޮތް ކިޔައިދީފި. ދެން ފުދިއްޖެ

  18. ޕޫޓިން

    ސަޅިބައިސާ ހޮސްޕިޓަލް އިޒުރޭލަށް އެއާރޕޯޓް ޑެންމާކަށް ހުރިހާ ރިސޯޓްތައް ވިލާތުގެ ވެރިންނަށް އިނގިރޭސިވިލާތައް ހުރިހާ ގިރިއެއް އަވައްޓެރިންނަށް ހުރިހާ ރައްޔިތުން ދެން ބާރަށް އަށްޖަހާ

  19. ކެރަފާ

    ހަމަ ހިނި އަންނަނީ މަކަރާއި ހީލަތުންވެސް ނުވާވަރުގެ ކަންކަން ކޮއްދޭނަމޭ ބުނެ ދަޅަ ދެއްކުމުގެ ޒަމާން މާޒީއާއި އެކު ފަހަނައަޅައި ހިގައްޖެ މިއަދު ގައުމު އެ ގޮވާނަގަނީ ވައުގު ފުއްދުމުގައި މިސާލެއްނެތް ރައީސް ޔާމީންއަށް އެމްޑީޕީ އަކު ގައުމު ތަރައްގީ ކުރެވޭނެ ގާބިލުކަމެއް ނެތް ވަރައް ސަލާމް

  20. މާމުޓާ

    އެމްޑީޕީ އަކަށް ސަޕޯޓެއް ނެތް ހުރައިން ވެސް ދެން އޮތީ ހިންމަ ފުށި މިރށުންވެސް ނިކުތީ 40 މީހުން .