ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރާޢްޖެ ދޫކޮށް ފިލައިގެންދާނެ ދުވަސް މާދުރަކުނެތް ކަމަށް ޖަލު ޙުކުމަށް ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައިގެން އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމިން ރާޢްޖެ ދޫކޮށް ފިއްލަވައިގެން ދާނެ ދުވަސް މާދުރަކު ނެތް ކަމަށެވެ. އަދި ވަޑައިގަންނަވާނީ ހަލާލު ނޫންގޮތަށް އެއްކުރެއްވި ފައިސާ ހިފައިގެން ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމިން ވަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކާ މަސައްކަތް ކޮށްދެއްވި އެންމެން ކަހަލަ ގޮތަކަށް އަނިޔާދީފައިވާ ކަމަށާއި އަދި އަނިޔާ ނުދީ ތިބި ދިހަ ވަރަކަށް މީހުންނަށް ލަނޑުދީފައި ރައީސް ޔާމީން ފިއްލަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމިން އަށް ގާސިމް އިބްރާހިމް ފާޑުވިދާޅުވެފައި މިވަނީ ކޮންކަމަކަށް އިޝާރާތްކޮށްކަމެއް ނޭނގެއެވެ.

ނަމަވެސް ރޭ ރައީސް ޔާމީން ވަނީ ގާސިމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގާސިމް އާއި ދޭތެރޭ ރައީސް ނަޝީދު ކަންތައް ކުރެއްވި ގޮތް މިހާރު ގާސިމް ހަނދުމަފުޅުގައި ނެތް ކަމަށެވެ. އެއީ ގާސިމްގެ އުމުރުން ދުވަސްވުމުން ވެފައިވާ ގޮތެއް ކަމަށް ވެދާނެ ކަމަށް ވެސް ރައީސް ޔާމީން ރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިއްލަވާނެ ދުވަސް ކައިރި ވެއްޖެ ކަމަށް ގާސިމް ވިދާޅުވިއިރު ޖަލު ހުކުމަށް ފަހު، ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގެންނެވި ގޮތަށް ފަހުން ޖަރުމަނަށް ވަޑައިގެން ގާސިމް ދިރިއުޅުއްވަނީ ޖަރުމަނުގަ އެވެ.

ރައީސް ޔާމީން ގައުމު ދޫކޮށް ފިއްލަވާނެ ދުވަސް ކައިރިވެއްޖެ ކަމަށް ގާސިމް ވިދާޅުވިއިރު ގާސިމް މިހާރު ވެސް އުޅުއްވަނީ ފިއްލަވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހަބޭސް

    ވަކި ޔާމީނެއްނޫން ރާއްޖެ ދޫކޮށް ފިލައިގެންދަނީ ޖަލަށް ޙުކުމް ކުރާމީހުންވެސް ފިލައިގެންދަނީ އެގޮތުން ގާސިމުވެސް ދިޔައީ އަންނިވެސް ދިޔައީ ނާޒިމުވެސް ދިޔައީ ދެންވަކި ޔާމީނުނުދާންވީކީއްވެ ދިޔަޔަސް މައްސަލައަކީ ކޮބާ މިހާރުއެތިބީ ޖަލަށް ޙުކުމް ކުރަންވެފަވެސް ރާއްޖެ ދޫކޮށް ގޮސްވިޔާ އެގޮތުން އަލީވަހީދު ޖަމީލު އަމީނު މެންފަދަ ކިތައްށް ކިތައް މީހުން ފިލައިގެން ތިތިބީ ހަމަ ޔާމީނުވެސް ދަންވީ ޔާމީނަށް މިގައުމުގެ ތަރައްގީ ގެނެވިއްޖެ

  2. ޖަންނަތު

    ކާސިމް ބެ ފިލާގޮތައް ރައީސް ޔާމިން ފިލާގެން ނުދާނެ ބަލަގަ ހުންނައްޗޭ

  3. ރައީސް ގަސިމް

    ފިލާއޮވެ ބާރަށް އަށްޖަހާ

  4. ލާހޫރޭ

    ތިކަހަލަ ދޮޅުރޯނާއެއް ނޫން ޔާމީނަކީ ދެދަޅައަށް ދެއަނގަ އޮންނަ

  5. އަހުމަދު މާހިރު

    ގާސިމް! ޔާމީނަކީ ފިލައިގެން ދާކަށް ތިކަހަލަ ފިނޑިއެއް ނޫނޭ. ގަޓް ހުރި ރައީސެއް އެއީ. ދޮގުހަދައިގެން ފިލައިގެން ގޮސް ތިޖރީ ގާސިމރއް ނޫންތަ؟

  6. ކިލަގެފާނު

    ރައީސް ޔާމިން ތަ ފިލީ؟ ރައީސް ނަޝީދު ތަ ފިލީ ނުވަތަ ގާސިމް ތަ ފިލީ ޖަމީލު ބާ ފިލީ

  7. މުހައްމަދު

    ބޭކާރު މީހެއް.
    ވަރަށް ސަލާމް.

  8. ރާވެރިބެއަ

    އޮފީސް
    ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ރާޢްޖެ ދޫކޮށް ފިލައިގެންދާނެ ދުވަސް މާދުރަކުނެތް ކަމަށް ޖަލު ޙުކުމަށް ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައިގެން އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

  9. ހާރިޖީ ވަޒީރު

    ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިއްލަވާނެ ދުވަސް ކައިރި ވެއްޖެ ކަމަށް ގާސިމް ވިދާޅުވިއިރު ޖަލު ހުކުމަށް ފަހު، ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގެންނެވި ގޮތަށް ފަހުން ޖަރުމަނަށް ވަޑައިގެން ގާސިމް ދިރިއުޅުއްވަނީ ޖަރުމަނުގަ އެވެ.

  10. ނަސްރު

    ބަލަ މިހާރުވެސް މަނިކުފާނުނޫންތޯ ފިލައިގެން ގޮސްތިއުޅުއްވަނީ.

  11. އައްފާން

    ކަލޯބެ މިހާރު ތިހުރީ ފިލާ. ރައީސް ޔާމީންއެއް ނޫން.

  12. ޖ

    ގާސިމުކަލެޔައްހީވަނީ ކަލޭގޮތައްކަމެއްތަ ކަލޭމެންބުނިމައުމޫނުވެސް ފިލާނެވާހަކަ..

  13. ނަގޫރޯޅި

    ގާސިމް މިހާރު ތިހުރިހާލައިގެން އުޅެވޭތޯބަލާ. ރ.ޔާމިނެއް ދުވަކުވެސް ރާއްޖެދޫކޮއްފިލައިގެން ނުދާނެ. އިދިކޮޅުން ވެރިކަމައް އާދެވިގެން ކޮންމެ ފަދަ ނޮހޮރޮއްޕާނެއްކުރިޔަސް ޔާމިނެއް މައުމޫނެއް ރާއްޖެދޫކޮއްފަކާނުދާނެ. އަދި ﷲޢިރާދަފުޅުން ބޮޑުއަގުލަބިއްޔަތުން ރ.ޔާމިން މިއިންތިހާބު ކާމިޔާބު ކުރާނެ

  14. މުޙައްމަދު ފިކުރީ

    ތިމާގެ ކިބާގައިހުރި ސިފަ އަނެކާގެ ކިބާގައި ހުންނާނެކަމަށްދޯ ހީވަނީ

  15. ލައިފް

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އަސަރެއް ކޮށްލާ ދޯ ދެން ތަމެން މަހަށް ދޭބަލަ ޔޭއް ކަމޯން އެވްރީ ބޮޑީ އޯލް ޓުގެދަރ ނައު ޓްރޫ ހެހޭ ލަައިފް ލައިފް ލަައިފް އިޒް ލައިފް ނެވަރ ގިވް އިޓް އަޕް އަޕް އަޕް ލައިފް ލައިފް އިޒް ލައިފް ވެން ވީ ޕިންކީސް ޑޫ އެނީތިންގް ވީ ޑޫ ދަ ބެސްޓް އެވްރީ ބޮޑީ ސިންގް ދެޓް އިޒް ލައިފް ލައިފް އިޒް ލައިފް ލައިފް އިޒް ލައިފް..

  16. ާއަލީ

    ސޭޓު ތިހިރީފިލާރައްކާވެގޮސް ދެން ދާނީ އިބޫފައިސަލް

  17. މާމިގިލީ މީހާ

    ގާސިމް ކަލޭ މިހާރުވެސް ތިޔަ ހުރީ ގައުމު ދޫކޮއް ފިލާފައި.. ކަލޭ ތީ ގައުމައް އެންމެ ބޮޑު ގައްދާރު ވީ މީހަކީ.. މަމިގިލިއަށް ވެސް ގައްދާރު ވީ މީހާ.. ކަލޭގެ ސަބަބުން އެއް ސަރުކާރަކުން ވެސް މާމިގިލިއަށް ކަންތައްތައް ނުކޮއްދެނީ... ކަލޭތީ ހަރާމްކޯރު ވެފަ ހުރި ކުއްތާއެއް...

  18. އަލީމޫސާ

    އޭ ޤާސިމާ ، ކަލޯ ފިލައިގެން އުޅުނީމަ ޔާމީންފިލާނެހެން ހީވަނީތަ؟ ޤާސިމާ އަށް ހޯމް މިނިސްޓަރުކަން ލިބުނީމަ 24 ގަޑިއުރު ކެތް ނުކުރެވުނު އެކަމުންވެސްފިލީ. ޤާސިމާ ގަޔަށް މިހާރު ހަތް ހޮރުން ކަށިޖަހައިފި. ދެން ޖަހާނީ އެއްމެ ފަހުކަށި. އެކަށި ކޮއްމެތަނެއްގަ ފިލާއޮތަސް ޖަހާނެ.

  19. މޮހޯ

    ބޮޑު އިބިލީސް މިހާރުވެސް ހުރީފިލާފަ ދެން އެއުޅެނީ އަދިވެސް އިތުރު މީހަކު އެބައިގަޑަށް ވެއްދޭތޯދޯ ! ޔާމީން ނުދާނެ ފިލައިގެން ކަލޭކާރިޔަކަށް އެގިއްޖެތަ.ކާސިމާ. ތީދެން އެއްވެސް އަގެއްނެތް މީހެއް މިހާރު ފިރިހެނުންގެ ބައިން ފިޑިންގެ ބަޔަށް ވެއްޓިފަހުރި މީހެއްތީ.

  20. މުޙައްމަދު

    އާނ ! ކަލޭ ތިޔަހުރީ ފިލައިގެން ގޮސްފަވިއަޔާ. ހަރުބަހެއްގަވެސް އޮވޭ. އާނ ! ވަގުންނަށްހީވާނީ ދެންވެސް އުޅޭނީ ވަގުންހެން " ހައްޔޯ. އޮވޭ ދެން ޖަރުމަނުގަ.

  21. މޯޖޯ

    އޭގެ މާކުރިން ކަލޭ ތިހިރީ ރާއްޖެ ދޫކޮށް ފިލައިގެން ގޮހެއްނު

  22. އިބްރާހިމް އަލީ

    ތީ މިބުނާ ވަގަކު އެހެން މީހުންނަށް ވަގަށް ގޮވުމަކީ ، ތިމާފިލާހުރެ އެހެން މީހުންނަށް ތިގޮވަނީ އެމީހާވެސް ފިލާނޭ ، އެހެން ނޫނަސް އާމު ކޮށް ފިލާނީ ވަގުން .

  23. އަކުބަރު

    ފިލާނެމީހުން ތިޔަތިބީ ފިލާ

  24. ޢަފްލާ

    ބުރުމާ ކަށި ހުސވެ ކަށި ޖަހަނފެށީތަ

  25. ސަންޖޯރު

    ބަލަގަ ފިލާއޮވެ ތިގޮވަނީ އެހެންމީހުން ފިލާާވާހަކަ ވައްކަންކޮއްފަ މިގޮވަނީ އެހެންމީހުން ވައްކަންކުރާވާހަކަ ތީދެން ބޮަޑުގަމާރެއްނު

  26. މުޙައްމަދު

    ރާއްޖެދޫކޮށް ފިލައިގެން ދާނެމީހުން ތިތިބީ ފިލައިގެންގޮސް، އަގައަރުވާކަށް ލަދެއްނުގަނޭދޯ، ދިވެހި ރައްޔިތުންނަށް ދަރާއޮތް ދަރަނި އަދާ ކުރިއްޔާ މާތާހިރެއްނުން