މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ "ސިނަމާލެ ބްރިޖް" މާދަމާ ރޭ ހުޅުވިގެންދާނެކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ހައުސިންގް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖް މާދަމާ ރޭ ހުޅުވާނެ ކަމަށާއި، ބްރިޖް ހުޅުވުމަށް ނިންމާފައިވަނީ މާދަމާރޭގެ 8:30 ގައިކަމަށެވެ.
މާދަމާރޭ ބްރިޖް ހުޅުވުމަށް ހަމަޖެހިފައިވާކަން ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހާމަކުރައްވާފައިވާއިރު، ބްރިޖު މިހުޅުވަނީ ބްރިޖުގެ މަސައްކަތް ނިންމަން ދީފައި އޮތް ތާރީޚަށް ވުރެ އެއްމަސް ދުވަސް ކުރިންނެވެ. ބްރިޖު ހުޅުވުމުގެ ހަފުލާގައި ހަވާ އެރުވުމުގެ ބޮޑު ހަރަކާތެއް ކުރިއަށްދާނެކަން ހައުސިންގް މިނިސްޓްރީން ހާމަކުރައްވާފައިވާއިރު، އެ ހަރަކާތަކީ މިހާތަނަށް މި ސަރަޙައްދުގައި ކުރިއަށްދާނެ އެފަދަ އެންމެ ކުލަގަދަ ހަރަކާތަށް ވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ އާޓިފިޝަލް ބީޗް ސަރަހައްދު ފުރެންދެން ރޭގަނޑު 08:10 ގެ ކުރިން ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ރަސްމިއްޔާތުގައި ހިންގާ ކަންކަން ބަލާލުމުގެ ފުރުޞަތު ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަރަހައްދު ފުރުމުން ބޮޑުތަކުރުފާނު މަގުގައި ތިބުމުގެ ފުރުޞަތު ދެވެން ނެތް ކަމަށާއި، އާޓިފިޝަލް ބީޗް ސަރަހައްދު ފުރުމުން މި ރަސްމިއްޔާތަށް އަންނަ އާއްމުންނަށް ކާނިވާ ސަރަހައްދުން ފުރުޞަތު ލިބިގެންދާނެ ކަމަށާއި، ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުން މަންޒަރުތައް ވަގުތުން ފެންނާނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ރަސްމިއްޔާތުގައި ހަވާއެރުވުމުގެ އިތުރުން ދިވެހިންގެ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޗައިނާ ސަރުކާރުގެ އިސް ފަރާތްތައް މިހާރު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެއެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުފުޅެކެވެ.
ހަބޭސް ޔަމީނަށް 30 އަހަރުވެސް މަދު
ސާބަހޭ ރައީސް ޔާމީން. މަނިކުފާނަށް ޝުކުރު ހަމަ ޙައްޤު.
ސާބަހޭ ރައީސް. މިތިބީ މަނިކުފާނާއެކު ދުނިޔެ ޢުމުރުވެސް މި ޤައުމުގެ ވެރިކަން މަނިކުފާނަށްޓަކައި އިރާދަކުރެއްޔާ ދޭން ތައްޔާރަށް. ސާބަސް ރައީސް
މީ ރައީސް ޔާމީން ވަރެއް ނެތޭ މި ބުނާ ސަބަބަކީ .. ރައީސް ޔާމީން ވަރެއް ހަމަ ނެއް
ސާބަހޭ ރައީސް ޔާމީން ތިިވަރެއްހަމަނެތް މަގޭ ވޯޓް ރައީސް ޔާމީން އަށް ގައުމައިގެން ކުރިޔަށް ވަޑައިގެނެނެވުމަށް އިތުރު 3 ދައުރުވެސް މަދު ބޭނުމީ އުމުރައްވެރި ކަމުގައި ބަހައްޓަން.
ދެން މުޒާހަރާ ކުރާނީ ބްރިޖްމަތީގައި.
ބުރިޖޭ ބުރިޖޒޭ ކިޔައިގެން މިއޮތް ހަޅޭއްލަވަނީ ހަމަ ޙަޤީޤަތުގައިވެސް މާލެއާއި ހުޅުލެއާއި ދެމެދު ބުރިޖެއް އޮތީތޯ! " ޓެކްނޮލޮޖީ އާއި ފައިސާ ހޯދީ ކޮންރާކުން ކިހިނެތް"! ،ޓެކްނޮލޮޖީ ހިފައިގެންގޮސް އިގިރޭސިވިލާތާއި ލަންކާއާއި ދޭތެރޭ ރާއްޖެ ހިފަންވެގެން ގަނަތެޅޭ ކަލޭގެއަށް ތިޔަ ރަސްމިއްޔާތަށް ދަޢޮވަތު ނުދެންތޯ؟ އަޅެ! ހިއްޏެއް ނާންނާނެތަ؟!
ގަދަ.! ސާބަހޭ ރައީސް ޔާމީން. މަނިކުފާނަށް ޝުކުރު ހަމަ ޙައްޤު. ﷲ ގެ އިރާދަފުޅުން މަނިކްފާނު 23 ސެޕްޓެމްބަރުގައި %70 ވުރެމަތިން ފާސްވާނެ.
ޔާމީން ވަރުގެ ރައީސެއް ނެތް، އަޒުމް ވަރުގަދަ ބަތަލެއް!... ހުވަފެން ތަކުގަ ކުލަޖެހުނީ! ހީވެސް ނުކުރަން މި މަންޒަރު ހަމަ ލޮލުން ފެންނާނެ ކަމަށް ދުނިޔޭގަ ހުއްޓާ... ކުރިޔަށް ރ. ޔާމީން