މިސަރަހައްދުގައި މިހާތަނަށް ބާއްވާ ހަވާ އެރުވުމުގެ އެންމެ ކުލަގަދަ ހަރަކާތް މާދަމާ ރޭ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިގެންދާނެކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ހައުސިންގް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާދަމާ ރޭ އޮންނަ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަވާނެ ކަމަށާއި، މިސަރަހައްދުގައި ބާއްވާ ހަވާގެ އެންމެ ކުލަ ގަދަ ހަރަކާތްތައް މާދަމާ ރޭގެ ރަސްމިއްޔާތުގައި އޮންނާނެ ކަމަށެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާދަމާރޭގެ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްގެންދާނީ، ހަވާއެރުވުމުގައި ދުނިޔޭގެ ރެކޯޑް އޮތް ފަރާތަކުން ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ގެންދާ ފަޔަރ ވޯކްސް އަކީ ވަރަށްވެސް ބޮޑު، ވަރަށް ބޮޑު ސްކޭލެއްގައި ކުރިއަށް ގެންދެވޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ޤަބޫލުކުރަނީ. ފަޔަރ ވޯކްސްގައި އެމްއެންޑީއެފް އާ އެކީގައި މަސައްކަތްކުރާ ބޭރުގެ ކުންފުންޏަކީ މުޅި ދުނިޔޭގައިވެސް ފަޔަރ ވޯކްސްގެ ވޯލްޑް ރެކޯޑް އޮންނަ ފަރާތް. އެބޭފުޅުން ވިދާޅުވަނީ އެބޭފުޅުން މިސަރަހައްދުގައި މިހާތަނަށް ބޭއްވޭ އެންމެ ރީތި ފަޔަރ ވޯކްސް އަށް މި ފަޔަރ ވޯކްސް ވާނެކަމަށް." މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، ސިނަމާލެ ބުރިޖަކީ ރާއްޖޭގެ ތަރައްޤީ ރަމްޒުކޮށްދޭ، ރައްޔިތުންގެ ތަރައްޤީ އެތައް މިނަކަށް އުފުލިގެންދިއުމުގެ ވަސީލަތަކަށް ވާއިރު، ރާއްޖޭގެ ޒުވާނުންނާއި، އެކި އުމުރުފުރާގެ ފަރާތްތަކުގެ އުއްމީދާ ގުޅިފައިވާ މަޝްރޫއަކަށްވާއިރު އެ ސްކޭލްގެ ފަޔަރ ވޯކްސް އަކަށް މިކަންވާންޖެހޭނެ ކަމަށެވެ.

"މިކަން ފާހަގަކުރުމުގެ ގޮތުން އެންމެ ބޮޑު ކަމަކަށް ރާވާފައިވަ ކަމަކީ ފަޔަރ ވޯކްސް، ބަޑިބޭހުގެ ހަވާ އެރުވުމުގެ އިވެންޓެއް. އަޅުގަނޑުމެންނަށް ވަރަށް އާއްމު ކަމެއް ހަވާ އެރުވުމަކީ، އެހެންނަމަވެސް މި ފަޔަރ ވޯކްސް އަކީ އިރާދަކުރެއްވިއްޔާ މި މަޝްރުއުގެ ބޮޑުމިނަށް ބަލާއިރު، މުހިންމުކަމަށް ބަލާއިރު، އެ ސްކޭލްގެ ފަޔަރ ވޯކްސް އަކަށް ވްވާންޖެހޭނެ." މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެލައްވަނީ ވީހާވެސް ގިނަ ބަޔަކަށް ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތައް ދައުވަތު އަރުވަން ކަމަށާއި، އެހެންކަމުން ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވެރިންގެ އިތުރުން އިސްރަށްވެހިންނަށާއި، ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އަންހެނުންނާއި، ކުޑަކުދިންނަށް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން މީހަކަށް ދައުވަތު އެރުވިގެންދާނެ ކަމަށެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ އާޓިފިޝަލް ބީޒް ސަރަހައްދު ފުރެންދެން ރޭގަނޑު 08:10 ގެ ކުރިން ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ރަސްމިއްޔާތުގައި ހިންގާ ކަންކަން ބަލާލުމުގެ ފުރުޞަތު ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަރަހައްދު ފުރުމުން ބޮޑުތަކުރުފާނު މަގުގައި ތިބުމުގެ ފުރުޞަތު ދެވެން ނެތް ކަމަށާއި، އާޓިފިޝަލް ބީޗް ސަރަހައްދު ފުރުމުން މި ރަސްމިއްޔާތަށް އަންނަ އާއްމުންނަށް ކާނިވާ ސަރަހައްދުން ފުރުޞަތު ލިބިގެންދާނެ ކަމަށާއި، ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުން މަންޒަރުތައް ވަގުތުން ފެންނާނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ރަސްމިއްޔާތުގައި ހަވާއެރުވުމުގެ އިތުރުން ދިވެހިންގެ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޗައިނާ ސަރުކާރުގެ އިސް ފަރާތްތައް މިހާރު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބުރިޖް

  ހަވާ އަކުރުން ސިނަމާލެ ބްރިޖް އަޅާނެ. ވަރައް ސަޅިވާނެ

 2. ވަގުކަލޭގެ

  ތިތަނަށް އަދީބު ގެންދަންވާނެ.. އަސްލު ތިއީ އަދީބުގެ މަސައްކަތުން ވަހީދު ވެރިކަމުގައި ފައިނޭންސް ނިމިފައޮތް އެއްޗެއް..

 3. ބިޒީ

  2018 ޔަގީން ރައީސް ޔާމީނު

 4. ޣާދިރު

  ވަރައްފުރިހަމަ..