އިދިކޮޅާއި ގުޅި ވަޑައިގެން މިއަންނަ ސެޕްޓެންބަރު މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކޯލިޝަން ހައްދަވައިގެން ތިއްބެވި އަދާލަތު ޕާޓީގެ ބޭފުޅުން ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވަވާ ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.

"ވަގުތު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝަހީމް މާޒީއަށް އަލިއަޅުވާލަމުން ވިދާޅުވީ އިސްލާމް ދީން ދިވެހި ރާއްޖޭގައި ކުރިއަރުވާ ދެމެހެއްޓުމަށް މަސައްކަތްކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި އިސްލާމް ދީނުގެ ކަންތައްތައް ހަރުދަނާކޮށް ދެމެހެއްޓުމަށް އެންމެ ބޮޑު ފުުރުސަތެއް އޮތީ ރައީސް ޔާމީންއާއި އެކުގައި ވަޑައިގެންނެވުމުން ކަމަށެވެ. އަދި ދީނީ ބޮޑެތި ޢިލްމުވެރިންނާއި ދީނަށް ލޯބި ކުރައްވާ ގިނަ ފަރާތްތަކެއްވެސް ތިއްބެވީ ރައީސް ޔާމީންއާ އެކީގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ތިބޭފުޅުން (އަދާލަތު ޕާޓީގެ ބޭފުޅުން) ވަޑައިގަންނަވަށޭ އަޅުގަނޑުމެންނާއެކިީ. އިސްލާމް ދީނުގެ ކަންތައްތައް ހަރުދަނާކޮށް ދެމެހެއްޓުމަށް އެންމެ ބޮޑު ފުުރުސަތެއް އޮތީ މިފަޅީގައޭ. މިފަޅީގައޭ އޭގެ މީހުންވެސް ތިބީ. އެހެންވީމަ މިފަޅިއަށް ވަޑައިގެން މިފަޅިން ކުރިޔަށް ވަޑައިގަންނަވާށޭ." ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް "ވަގުތު" އަށް އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް
ޑރ.ޝަހީމް "ވަގުތު" އަށް އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް

އިދިކޮޅު ފަރާތްތަކަކީ އިސްލާމްދީނަށް މީގެ ކުރިންވެސް ފުރައްސާރަކޮށް މަލާމާތްކޮށްފައިވާ ބައެއްކަމަށް ސިފަ ކުރައްވާ ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމް ދީނަށް ގެއްލުންދޭ ބައެއްގެ ތެރެއިން އަދާލަތު ޕާޓީގައި އެކުގައި ޙަރަކާތެރިވި އެކުވެރިން ފެނުމުން "ހިތަށް ވަރަށް ތަދުވާ" ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ތާޢީދު ކުރުމަށްވުރެ އެއްވެސް ކޮޅެއް އިޚްތިޔާރު ނުކޮށް ހުރުންވެސް މާ ބުއްދިވެރި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގައި ޒަމާންތަކެއް ވަންދެން އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތް ކުރި މީހުންނާގެ ތެރެއިން އެބޭފުޅުން ފެނުނީމަ، އަޅުގަނޑުގެ ހިތަށް ވަރަށް ތަދުވޭ. އެބޭފުޅުން ތިއްބަވަންވީ މަޤާމެއް ނޫން އެއިކީ. އެއަށްވުރެ މާރަނގަޅު އެއްވެސް މީހަކަށް ތާޢީދު ނުކޮށް ތިބެންވެސް." ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީ އުފެއްދެވުމުގައިވެސް ޙަރަކާތްތެރިވި އަދި އެޕާޓީގައި ގިނަ މަސައްކަތްތަކެއް ކުރެއްވެވި ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީގައި މަސައްކަތް ކުރި މީހުންނަކީ އަބަދުވެސް އެކުވެރި ރަޙްމަތްތެރިންގެ ގޮތުގައި ދެކޭ ކަމަށާއި އަދި އެކުވެރިކަން ދަމަހައްޓަންވެސް ބޭނުންވާ ކަމަށެވެ. އިސްލާމީ އުޚުއްވަތް ތެރި ކަމަކީ ދުވަހަކުވެސް ނެތިގެން ދާން ޖެހޭނެ އެއްޗެއް ނޫން ކަމަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ގެނައުމަށް ހަރަކާތްތެރިވި ކޯލިޝަންގައި އަދާލަތު ޕާޓީގައި ހަތަކާތްތެރިވ، އަދި ރައީސް ޔާމީންގެ ދައުރުގައިވެސް އިސްލާމިކް މިނިސްޓަރ ކަން ކުރައްވާފައިވާ ޝަހީމް އަދާލަތު ޕާޓީގެ އިސް މެންބަރުންނަށް ވިދާޅުވީ އިޞްލާޙީ މަސައްކަތް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ރައީސް ޔާމީންގެ ފަޅީގައި ތިއްބަވައިގެންވެސް އެމަސައްކަތް ނުކުރެވޭނެތޯއެވެ.

"މިފަޅީގައި ތިބެގެންވެސް އިސްލާޙް ކުރެވޭނެ ނޫންތޯ؟ އިސްލާޙަށް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް." ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީ އިން އެމްޑީޕީ އާއި ކޯލިޝަން ހަދައިގެން މަސައްކަތް ކުރަމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިން ވެސް ވަނީ އަމާޒުވެފައެވެ. އަދާލަތު ޕާޓީ އިން އެމްޑީޕީ އާއި ކޯލިޝަން ހެދުމުން ގިނަ ދީނީ އިލްމުވެރިން ވެސް ވަނީ އެޕާޓީގެ ހަރަކާތްތަކުން އެއްފަރާތަކަށް ޖެހިވަޑައިގެންފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަދުރޭ

    ތިބޭފުޅާ ތިހުންނަނީ ކޮން ފަޅިއެއްގަ؟ މަކަރުވެރި ނުލަފާ ބަޔަކާއެކުގައިތޯ ނޫނީ މާތްވެގެންވާ ތެދުވެރި ބަޔަކާ އެކުގައިތޯ؟ އޭރުން އަހަރެމެންނަށް އެނގޭނީ އަރަންވާ ފަޅި

  2. 2018 ކާފަބޭ

    އުސްތާޒެވެ. ޙަސަދަވެރިކަމަކީ ތިޔަވިދާޅުވި އަޚްވަންތަކަންނެތިކޮށްލާކަމެއްނޫންތޯ؟ އިރުމެދުގަ ހަނދު ދަމަކަށްއަރާވިދާބަބުޅާނެތޯ؟ އުސްތާޒުތިޔަ ކުރަށްވާމަސައްކަތަށް ﷲ ހެޔޮދަރުމަދެއްވާށި' އާމީން...

  3. ބޮޑުތަކުރުފާނު

    ޑރ. ޝަހީމު...އެބޭފުޅުންގެ ގޮތުގައި އެއީ ވަރަށް ރަގަޅު އަހުންތަކެއް. އެކަމަކު އެފަދަ ބޭފުޅުންގެ ބޮލަށް ޗިޕު ޖަހާފައިވަނީ މި ގޮތަށް:
    " އިއްތިހާދޭ ކިޔާ އެތީގެ ތެރޭގަ ތިބީމަޔޭ ބާރުވެރިވާނީ. އޭރުން މިނސްތްރީއެއްގައވެސް އިސް މަގާމު ތަކުގަ އޮއިތިހާދުގެ ތެރެއިން ތިބޭ ކޮންމެ ބަޔަކީ ބާރެކޭ. ވަޒީރު ބޭޏުން ގޮތަކަށް ކަންކަން ނުނިންމޭނޭ. ވަޒީރު ޕްރެޝަރަށް ލައިގެން ކަންކަން ހާސިލް ކުރެވޭނޭ ކޮންމެ ފިރްގާއަކަށްވެސް. ރައީސްގެ މިނިސްޓަރުންވެސް ތިބޭނީ އިއްތިހާދުގެ ތެރެއިންވީމަ ރައީސަށްވެސް ފާޑުފާޑެއް ނުކުރެވޭނޭ...."
    މި ނުބައި ޖާހިލު ބައިބައިކުރަނިުވި ފަނާކުރަނިވި ތަރައްގިއަށް ހުރަސް އެޅުމުގެ ފިކުރު އެ އަހުންގެ ބޮލަށް ޗިޕެއްގެ ގޮތުގަ ވަނީ ޖަހާފައި. މިވެރިންނަކަށް ނޭގޭ ރައީސުލްޖުމްހޫިރިއްޔާ އަށް ގާނޫނު އަސާސީން ލިބިގައިވާ ފުރިހަމަ ބާރާ އެކު ނޫނީ ވެރިކަމެއް ނުކުރެވޭނެކަން. މިނިސްޓަރަށް ގާނޫނު ތަކުްނނާއި ރައީސް ދެއްވާފައިވާ އިހްތިޔާރޔުތަކާ ބާރުވެރިކަމުގެ ދަށުންނޫނީ ކަންކަން ހާސިލްނުކުރެވޭނެކަން. އިރު ފެންނަ ފަދައިން އިގޭ އިގޭތޯ. އެކަމަކު ސިުކޑީގެ ހިގަނީ އުފެއްދުންތެރިކަމަށް ހިއްސާކޮށް ވަރުބަލިކމަުގައި އުޅެންޖެހޭނެތީ، ބާރުވެރިކަމުގައި އޮފީހަށް ހިއްސާ ނުދީ އުފެއްދުންތެރިކަމުގައި ބައިވެރިނުވެ ޕާޓީ ތަމްސީލްކޮށްގެން ބޮޑު މުސާރަނަގައިގެން ބޮޑޫ ވާހަކަ ދައްކާފަ ކޮފީތަކުގަ ދުވާލު ހަތަރު ދަމު އުޅޭ ވިސްނުން. އެ ވިސްނުމުގެ ތެރެއިން އެ އަހުން ހަރަކާތްތެރިވީމާ މޮޅު ލިބޭނީ ހުޅަގާ އިންޑިއާއަށް. ދެން އަނެއްކާ މި އިއްތިހާދަކީ 6 މަހަށްވެސް ދެމި ނޯންނާނެ އެއްޗެއް. ބާރުވެރިކަން އިތުރުކުރުމަށް ކޮންމެ ބަޔަކުވެސް ދަޑިވަޅު ބަލާފައި ތެޅިގަންނާނެ!
    އަހުްނނޭ އަޅުގަޑުގެ އެދުމަކީވެސް ޑރ. ޝަހީމުގެ ނަސޭހަތް ތިޔަ ބޭފުޅުން ގަބޫލުކޮށް މި ގައުމު ހުޅަގާ އިންޑީއާ ކިބައިން ސަލާމަތް ކުރާށޭ. މި ފަހަރު ސަލާމަތްކޮށްފިއްޔާ ދެން ދުވަހަކުވެސް ހުޅަގާ އިންޑިއާ އަށް މި ގައުމުގެ ދާޚިލީ ކަންތަކާ ނުބެހޭނެ. ދިވެހިން ނަކީ ފިސާރި ދިވެހުިންކަން އެގޭނޭ! ވައްސަލާމް

  4. ބާންސް

    ޝަހީމު އަރިހުން ޢެއްވެސް ދީނީ އިލްމުވެރިއަކު ނުފެނޭ

  5. ބާންސް

    ޝަހީމު އަރިހުން ޢެއްވެސް ދީނީ އިލްމުވެރިއަކު ނުފެނޭ ޢެކަނިވެރިވެފަ

  6. މާރިޔާ

    23ގެކުރިންއެބައިމީހުންނައްވިސްނޭނެހެންހީވަނީއިންޝާﷲ

  7. މެޑަމް އައިސަ

    ކްރިސްޓިއަން މިޝަން ތަކުން އެމީހުން ގަނެޅީ

    • ނަންްްްްް

      އެމީހުން ބިޒީވެފައިތިބީ ކުރިސްތިއަނުން މުސްލިމު ކުރުމުގެ މަސައްކަތުގަ

  8. ާެެެްަފެސް

    ބަލަައާދޭސްކުރަނީތަ.އެމީހަކު ހުންނަފަޅިއެްް އެނގޭނީ އެމީހަކަށް ޝަހީމަކަށްނޫން!

  9. ނިހާ

    އަސްލު ފަޅި.......... މީ ބޮޑު ސުވާލެއް..........

  10. ސަލީމާ

    ކަންނެލި ދޯންޏެއް ބޮލާލާޖަހާފަ ދެވޭކަށްނެތް! މީ ވަރަށް ވަހަކަ!

  11. ބޮނަކު

    ތިބޭފުޅާ ހުންނެވި ފަޅީގައިވާ ތެދުވެރިކަމަކާ އިޚުލާސްތެރިކަމަކާ އިންސާފަކާ އޯގާވެރިކަމެއް ދައްކާދެއްވަ ބައްލަވަ.

  12. ޢަބްދުﷲ

    މަނިކުފާނު ތިޔަ ވިދާޅުވާ، ދީނީ ޢިލްމުވެރިންނަށް ﷲ ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން.

  13. ކުރަފިބޯ

    ކީއްވެތޯއޭ މަނިކުފާނުގެ ތުނބުޅިފުޅު މިހާ ކުރީ؟