ވައިގެ މަގުން ދަތުރު ކުރައްވާ ފަރާތްތަކުން ފްލައިޓަށް ޗެކިންވާން އެއާޕޯޓަށް ދާންޖެހޭ ނުޖެހޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވެފައިވަނީ އިއްޔެ މެންދުރު ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، "ސިނަމާލެ ބުރިޖު" މިރޭ ހުޅުވައި އާއްމު ދަތުރުފަތުރަށް ބްރިޖް ހުޅުވާލެވިގެންދާއިރު، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމު ކުރެވިފައިވާ އެމްޕީއެލް ބަސް ސްޓޭޝަނުން ފްލައިޓަށް ޗެކިންގ ވެވޭނެ ކަމަށާއި، އެހެންކަމުން ދެން ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތަކަށް ޗެކިންގ ވާން ކޮންމެހެން އެއާޕޯޓަށް ދާން ނުޖެހޭނެ ކަމަށެވެ.

މާލޭގައި އިމާރާތް ކުރަމުންދާ ބަސް ސްޓޭޝަން ނިންމަން މަސައްކަތް ކުރަމުން ގެންދަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މާލޭގައި އިމާރާތް ކުރަމުންދާ ބަސް ސްޓޭޝަން ނިންމަން މަސައްކަތް ކުރަމުން ގެންދަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

"ބަސް ޓާމިނަލް މި ހުންނަނީ އިންޑަސްޓްރިއަލް ވިލެޖްގައި ބޮޑުތަކުރުފާނުމަގަށްވާ ފަރާތުގައި. ބަސް ޓާމިނަލްގައި ހުންނާނެ "ސިޓީ ޗެކިންގ" ފެސިލިޓީސްތައް ޤާއިމުކޮށްދީފަ. ބަސް ޓާމިނަލް ހުންނަ ތަނުގައި ޤާއިމުކޮށްފައި ހުންނަ ސިޓީ ޗެކިންގ ފެސިލިޓީގެ ތެރެއިން މި ލިބޭ ޚިދުމަތަކީ މާލޭގައި ތިބެފަ ޗެކިންގ ގެ ކަންތައްތައް މި ނިމެނީ. އެއާޕޯޓަށް ދިއުމުގެ ކުރިއަށް ލަގެޖް ދޫކޮށްލައި، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކަށް ޗެކިންގ ހަދާ މި ނިމެނީ، އެހިސާބުން ދެން ބަހުގައި ހުޅުލެއަށް ދިއުމަށް ފުރުޞަތު އެބަލިބޭ." ސިނަމާލެ ބުރިޖާއެކު ލިބިގެންދާނެ ބޮޑު ލުޔެއް ހިއްޞާކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގެ މިނިސްޓަރު ވިދާޅުވީ، ސެޕްޓެމްބަރ 7 ވަނަ ދުވަހުން ފެށިގެން ސިޓީ ޗެކިންގެ ޚިދުމަތް މާލޭ ބަސް ސްޓޭޝަނުން ލިބޭނެ ކަމަށާއި، ވަރަށް އަވަސް މުސްތަޤްބަލެއްގައި ހުޅުމާލެ ބަސް ސްޓޭޝަނުންވެސް މި ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މާލޭގައި އިމާރާތް ކުރަމުންދާ ބަސް ސްޓޭޝަން ނިންމަން މަސައްކަތް ކުރަމުން ގެންދަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މާލޭގައި އިމާރާތް ކުރަމުންދާ ބަސް ސްޓޭޝަން ނިންމަން މަސައްކަތް ކުރަމުން ގެންދަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

"މާލެއިންވެސް އަދި ހުޅުމާލެއިންވެސް "ސިޓީ ޗެކިންގ" ގެ ޚިދުމަތް ލިބިގެންދާނެ. މާލޭ ކޮޅުން ސިޓީ ޗެކިންގެ ގެ ޚިދުމަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދު ކުރަނީ ހަތެއް ސެޕްޓެމްބަރ އިން ފެށިގެން ދޭން ފެށޭނެ ކަމަށް. ހުޅުމާލެ ކޮޅުންވެސް ވީހާވެސް އަވަހަކަށް ހުޅުމާލޭގައި ތިއްބަވާފަ ސިޓީ ޗެކިންގ ހައްދަވާފަ ހުޅުލެއަށް އައުމުގެ ފުރުޞަތު ލިބޭގޮތަށް ތައްޔާރީތައް އެބަވޭ. އެ ތާރީޚް އަދި އަޅުގަނޑަށް ދަންނަވާ ނުލެވުނަސް އެޗްޑީސީން އެ މަޢުލޫމާތު ވަރަށް އަވަހަށް ދެއްވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ސެޕްޓެމްބަރ ހަތްވަނަ ދުވަހުން ފެށިގެން މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމު ކުރެވިފައިވާ އެމްޕީއެލް ބަސް ސްޓޭޝަނުން ފްލައިޓަށް ޗެކިންގ ވެވޭނެކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވިއިރު، އެމްޕީއެލް އިން އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްޢީކުރަމުންދާ ބަސް ޓާމިނަލްގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. މާލެއިން އަދި ހުޅުމާލެއިން ފްލައިޓަށް ޗެކިންގ ވެވޭނަމަ އެކަން ވެގެންދާނީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއި ފަސޭހައަކަށެވެ.

މާލޭގައި އިމާރާތް ކުރަމުންދާ ބަސް ސްޓޭޝަން ނިންމަން މަސައްކަތް ކުރަމުން ގެންދަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ "ސިނަމާލެ ބުރިޖު" ނިންމައި ހުޅުވަން ތައްޔާރުވަމުން އަންނައިރު، ބުރިޖާ ގުޅިފައިވާ ބޮޑުތަކުރުފާނުގައި މިވަގުތަށް ތާރު އަޅަން ހަމަޖެހިފައިވާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރާ ލައިޓިންގ ޓެސްޓް ކުރުމުގެ މަސައްކަތާއި ރަސްމިއްޔާރު ބާއްވަން ހަމަޖައްސާފައިވާ އާޓިފިޝަލް ބީޗް ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަހްމަދު

    އަލީވިސާމް މިރޭނުނިދަންތޯ..

    • އައްޔަ

      އަހްމަދު ކަލެއަކަށް ނޭގޭތަ އަލީ ވިސާމް މެންނަކީ ޕްރޮފެޝަނަލް ނޫސްވެރިންކަމެއް

  2. ޝުކުރު

    ސަޅި

  3. އަސޭ

    ސާބަހޭ ރައީސް ޔާމީން. މަނިކުފާނު ނޫން ދެން ވެރިކަން ކުރުމުގެ ގާބިލްކަންހުރި މީހަކު މިގައުމުގަނެތް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ. މަގޭވޯޓް ރައީސް ޔާމީން އަށް ޔަގީން.

  4. ދިވެހިން

    ސާބަހޭ ރައީސް ޔާމީން. ރައްޔިތުންނަށް ކިހާބޮޑު ފަސޭހަޔެއްތޯ ހޯއްދަވައިދެއްވަމުން ތިޔަގެންދަވަނީ. ތިޔަފެންނަނީ ތަރައްގީއަކީ. 2018 ޔަގީން

  5. އަލީ

    ސާބަހޭ. ދެން އަންނަ ދައުރަކު ގޭގަ ތިބެގެން ޗެކިންވެވޭނެ ގޮތް ހައްދަވާދެއްވުން އެދެން. ދެންވެސް ރައީސް ޔާމީން. އިންޝާﷲ

  6. ހުސީނާ

    ފޮނި ކެނޑިޔަސް ތީ ބޮޑުވަރު.. މިހާރުވެސް އެއަރޕޯޓަށް ނުގޮސް ޗެކިންވެވޭ.. ފްލައިޓަށް ނާރާ ބޭނުންވާ ގައުމަށް ދެވޭނަމަ އޯކޭ..

    • ސަނީ

      ކަލޯ މޮޔަތަ... އެބުނަނީ ލަގެޖްވެސް ދޫކޮށްލެވޭ ވާހަކަ.... ކަލޯ ތިއުޅެނީ ނަވާރަސަތޭކަ ސުމެއްގަ ދޯ؟

  7. ނުރަބޯ

    ސާބަހޭ އައްސަރިބަހުން ސާބަހޭ. ރައީސްޔާމީން ވަރުގެ ރަގަޅު، ގައުމަށް ފައިދާހުރި ވެރިއެއް ހަމަ ނުދެކެން.

  8. ސޯލިހު

    މޑޕ ބައިގަނޑު ދާނީ ފެރީގަ ބޮރިޖަކަށް ނާރާނެ

  9. ޒާ

    މީނޫންތޯ ކުރިއެރުމާއި ތަރައްގީއަކީ؟ ދެން އެހެން ކޮންއެއްޗެއްތޯ ހޯދަން މިއުޅެނީ؟

  10. ބަރަބޯ

    އިނދިކޮޅު މީހުންގެ ސިޔާސީ ކަންކަން ޕްރޮމޯޓް ކުރާ މީޑިޔާތަކުން ވެސް އެންމެ ބުރަ މަސައްކަތެއް ކުރަން މިޖެހެނީ ރައީސް ޔާމީން ރަށްޔިތުންނަށް ގެނެސްދެއްވާ ތަރަށްގީ ޝާއިއު ކުރުމުގައި ކެންޑިޑޭޓް ގެ ވާހަކައެއް ލިޔެލާނެ ވަގުތެއްވެސް ނުލިބޭ ހެހެހެ!

  11. މުޙައްމަދު

    ރައީސް ޔާމީންގެ ސަރުކާރު ކޮށްދެއްވާ ކަންކަން ނޭގޭމީހުން މިފަދަ ޚަބަރުތައް ކިޔާލުން ވަރަށް މުހިއްމު، ޝުކުރިއްޔާ ރައީސް ޔާމީން

  12. ރާމިޒް (ރަމޭ)

    ޖަޒުބާތުގަޖެހިގެން ، ނުވަތަ ޒާތީ ތަޢައްޞަބާހެދި ބާރަށް ހިނގަހިނގާހުރި ތިމާގެ ޤަވްމު އަލުން ފަހަތަށް ސޮއްސާލައި އަނދަވަޅަކަށް ވައްޓާނުލުމަށް ދިވެހި ރައްޔިތުންނަށް ނަޞޭޙަތްތެރިވަމެވެ.

  13. އިބްރާހީމް

    ސާބަހޭ ރައީސް ޔާމީން. މަނިކުފާނު ނޫން ދެން ވެރިކަން ކުރުމުގެ ގާބިލްކަންހުރި މީހަކު މިގައުމުގަނެތް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ. މަގޭވޯޓްވެސް ރައީސް ޔާމީން އަށް ޔަގީން.

  14. ނިހާނު

    މާލޭގައި ޓްރެފިކް ހައްލު ކުރަން، ބާރަށް ދުއްވުމާ، ޕަބްލިކް ޓްރާންސްޕޯރޓޭޝަނަށް ހައްލު ކޮބާތޯ. ފްލެޓް މަސައްކަތްވެސް 5 އަހަރު ނިމިގެން ދިޔައީ ހައްލެއް ނުލިބި. ހަމައެކަނި 700 ފުލެޓް އެއީ މެޓާ ބެހުން ނޫންތޯ.

  15. Anonymous

    ސާބަހޭ ރައީސް ޔާމީނު، ޒިންދާބާދު، އަހަރުމެން ރައްޔިތުންނަށް މިހާރު ޔަގީންވެގެންއައީ ސުމާޓް ސިޓީއެއް އުފެއްދޭނީ މާސްޓަރ މައިންޑް ރަޢީސަކަށްކަން، މަނިކުފާނަކީ މިގައުމުގާހުރި އެފަދަ ހަމައެކަނި ބެސްޓް މޭން ކަން ޔަގީން ޝައްކެއްވެސްނެތް، އަދި އިތުރު 5އަހަރުވެސް މަދު، 15އަހަރުގެ މުދަތަކަށް ރެނދަލި ކުރައްވާށި، ﷲގެ ރަޙުމަތްފުޅުން 2018 އިންތިޚާބު ރައީސު ޢަބުދުﷲޔާމީން ކާމިޔާބު ކުރައްވާށި އާމީން.

  16. ×

    ތީތި ސަޅި

  17. ޒައިދީ

    އެމްޑީޕީގެ ވިސްނުން ހުންނާނީ ފައިގެ ބޮޑުވާ އިނގިއްޔާ ހަމަޔަށް މީނޫންތޯ ހަގީތަކީ؟ ރައީސްގެ ތަރަށްގީގެ ހިޔަނީގެ ވިއްސަކަށް މޭލު ފަހަތުން އެމްޑީޕީންތަށް އުޅެންޖެހޭނީ.

  18. މަގޭޚިޔާލް

    މަގޭ ވޯޓްވެސް ޔާމީންއަށް ޔަގީން

  19. މާމުޓާ

    ސާބަސް ސާބަސް ސާބަސް ރައީސް ޔާމީން ކޮޅުނެތް ކޮޅައް ސާބަސް ތިޔައީ ޒައީމެ އަދު ގައުމު ފަހުރުވެރިވާ މަގޭ ވޯޓު ޔަގީން .

  20. ވިސްނާ

    ސާބަސްރަށްދުކުރަން ތިއީ ވަރަށް ލުއިފަސޭހަވާނެ ޚިދުމަތަކަށްވާނެ ޔާމީންވެރިކަމުގަ ކުރައްވާނެކަމަށް ހިތަށްނުގެނެވޭ ކިތަންމެކަމެއް ކުރައްވައިފި އެގޮތުން އަހަރެމެންގެރަށު
    ގައި އެއާޕޯރޓް އެޅުއްވުމާ ބޮޑެތި ބައެއްމަގުތަކުގައި ތާރުއަޅުއްވާ މަގުތައްފުރިހަމަ
    ކުރެއްވިކުރެއްވުން އެއީ ހުވަފެނުންވެސް ދެކިފައިވާ ކަމެއްނޫން ޝުކުރިއްވާ ރ.ޔާމީން
    ތިއީ ހަމައެކަނި މާލެއާ ހުޅުމާލެއާބައްލަވާ ބޭފުޅެއްނޫން ތިއީ ގައުމުގެހުރިހާ ހުރިހާ ރައްޔިތުންނަށް ބައްލަވާ ބޭފުޅެއް ވީމާ އިތުރުދައުރެއްލިބުންއެދި ދުޢާކުރަން އޭރުން ގައުމާ
    ރައްޔިތުންނަށްއިތުރު ފާގަތިކަން ލިބޭނެކަންޔަގީންކުރެވޭ

  21. ައަބުދުއްލޯ

    މަގޭ ވޯޓު ޔާނުބެއައް ނުދީވާނެ ގޮތެއް ނެއް ސާބަސް

  22. އުފަލުންރޮވޭ

    މަގޭ އާއިލާގެ ވޯޓު ޔަގީންކޮއްފި ރޔާމީން.. ހިތުން ރުހުމުން އާއިލާގެ ހިތްތަ ހަދިޔާމިކުރީ އުފަލުން ނަށަމުން ލަވަކިޔަމުން ހުވަފެންތަކުގަ ކުލަޖެހެމުންދާ މަންޒަރުފެނިފަ.