އަންނަމަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އެމްޑީޕީގެ ރަނިންމޭޓް ފައިސަލް ނަަސީމް ބ.އަތޮޅަށް ފުރާވަޑައިގަންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންނަށް ތާއިދު ހޯދުމަށް ބ.އަތޮޅަށް ކުރައްވާ ދަތުރުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިދުކޮޅު އިއްތިހާދުން މައުލޫމާތު ދެއެވެ.

އިދުކޮޅު އިއްތިހާދުން މައުލޫމާތު ދޭ ގޮތުގައި ފައިސަލް ނަސީމް ގެ ދަތުރުގައި ބ.ދަރަވަންދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން، ގާނޫނީ ވަކީލް ހިސާން ހުސެއިން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު މަލީހުގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވަޑައިގަންނަވައެވެ.

އިންތިހާބުގެ ކެންޕެއިންނަށް ފައިސަލް ނަސީމް ބ.އަތޮޅަށް ވަޑައިގަންފައި ވާއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) މިއަދު ގެ ވަގުތެއްގައި ގއ.ކޮލަމާފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިބޫ ގއ އަތޮޅަށް ވަޑައި މިގަންނަވަނީ ސްރީލަންކާއަށް ކުރެއްވި ކެންޕެއިން ދަތުރުފުޅު ނިންމަވާލުމަށް ފަހުއެވެ.

ރިޔާސީ އިންތިހާބުގެ ފޯރި ގަދަވަމުން އަންނައިރު ރައީސް ޔާމިންގެ އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ މުހަންމަދު ޝަހީމްވެސް ދަނީ ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަފްލާ

    ފައިސަލަށް ވޯޓް ދޭންޖެހޭ ެެއްވެސް ސަބަބެއް ނެތް ރައްޔިތުނއގެ ބަޖެތަށް ވޯޓެއްނުދޭ

  2. ލައިލާ

    ފާދިރީންގެ ކަރުގައި އަޅާ މާފަތިތައް ފެނޭ އެބަ!

  3. މޫސާފުޅު

    ތިކަމުން ތި އެގެނީ އެމީހުންގެ ލަދުކުޑަކަމާ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތްކަން! ބ އަތޮޅުގެ ރަށްތަކަށް އަރާފަ ތަރައްޤީގެ މައްޗަށް ތަރައްޤީ ، ފާޚާނާޔާ ފެން ހޮޅީގެމައްޗަށް ހޮޅި ، ބަދަރުގެމައްޗަށް ބަނދަރު ، ތާރުގެމައްޗަށް ތާރު އަޅާދެން ވަޢުދުވާނެ! އެކަމަކު މީނައަކީ އަސާސީތަޢުލީުގެފެންވަރު ހުރި ވަޢުދުތައް ނުފުއްދޭނޭ ކަނޑުކޮހެއްކަން ރައްޔިތުން ދަންނާނެ!