ގއ.ކޮލަމާފުށީގައި އިއްޔެ ޕީޕީއެމްގެ ޖަގަހަ ކުރިމަތީ ދަމާފައި ހުރި ޕީޕީއެމްގެ ދިދަތައް ކޮށާލާ ބައެއް ތަންތަނަށް ގެއްލުން ދިން މައްސަލައިގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 15 މީހަކު ހައްޔަރުކޮށްފިއެވެ.

އެމްޑީޕީގެ ސަޕޯޓަރުންތަކެއް ކޮލަމާފުށިން ހައްޔަރުކޮށްފައި މިވަނީ ޕީޕީއެމްގެ ޖަގަހަ ކުރިމަތީ ދަމާފައި ހުރި ޕީޕީއެމްގެ ދިދަތައް ކޮށާލާ ބައެއް ތަންތަނަށް ގެއްލުން ދިން މައްސަލަ ބަލައިދިނުމަށް އެދި ޕީޕީއެމް އިން ފުލުހުންނަށް ހުށަހަޅައިފައި ވަނިކޮށެވެ.

ޕީޕީއެމްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އިއްޔެ އެ ޕާޓީގެ ޖަގަހަ ކުރިމަތީ ހުރި ބެނާތައް ނައްތާލުމުގެ އިތުރުން 400 އެއްހާ ހޮޅިދަނޑި ވައްޓާލައި، އެއަށް ގެއްލުންދީ ޖަގަހަ ކުރިމަތީ ހުރި ދިދަފަތިތަކާއި، އަދި ޖަގަހަ ކުރިމަތީ ތައްޔާރުކޮށްފައިހުރި ވަރަށް ހާއްޞަ މޮނިއުމަންޓެއް ސުންނާފަތިކޮށް ހަލާކުކޮށްލާފައިވާކަމަށެވެ.

"އިއްޔެ ހިންގި ކަންތަތަކުގެ ތެރޭގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް ނިސްބަތްވާ އަޅުގަނޑުމެންގެ ކޮލަމާފުށީގެ ވަރަށް އިސް ހަރަކާތްތެރިންގެ ތެރެއިން 10 ކުއްޖަކަށް އަނިޔާލިބި އެކުދިންނަށް ރަށުގެ ޞިއްޙީމަރުކަޒުގައި ފަރުވާ ދީފައިވޭ. މި މައްސަލަ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހިއްޞާ ކޮށްފައި" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މި އަމަލަކީ މިނިވަން މުސްތަޤިއްލު އިންތިޚާބެއް ބޭއްވުމަށް އޮތް ހުރަހެއް ކަމަށާއި، އެމްޑީޕީގެ މި އަމަލު ކުށްވެރި ކުރައްވާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިޤްބާލް އާދަމް ވިދާޅުވީ، ޕީޕީއެމް އަކީ ސުލްހައަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން ޖިނާއީ ކުށްތަކެއް ކުރި ނަމަވެސް ޕީޕީއެމް އިން އެފަދަ ކަންކަން ނުކުރާނެ ކަމަށެވެ. އަދި އެފަދަ ކަމެއް އިސްވެ އަދި ފަސްވެވެސް ނުކުރުމަށް އިޤްބާލް ވަނީ ޕީޕީއެމްގެ އެންމެހާ މެންބަރުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ޥަރަައް ނުކުރާ ބައެއްތި

  2. އައިލަމް

    ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ މީހުން ނޭއްގާނީ ތިފަދަ އެއްވެސް ޢަމަލެއް ނުހިންގާނެއެވެ. ވެރިއަކަށްހުރި މީހާ ބުނެގެން ސިފައިންނާއި ޕޮލިހުން ލައްވާ ރަށްރަށުގައި ހުރި އިނދިކޮޅު ފަރާތްތަކުގެ ބެނާތަކާއި ދިދަތައް ނަގާ ވެރިމީހާ ރަށަށް އަރަން ވާއިރަށް އިނދިކޮޅު ފަރާތްތައް ކަސްތޮޅު އަޅުވާ ޖަގަހަތައް ބަންދުކުރިޔަސް އޯކޭ ދޯއެވެ. ބަލަ ނިހާނޫ ތިމީހުންގެ ދައުރު ނިމެނީއެވެ. ރައްޔިތުން އިތުރަށް ވާވައްދަން ނޫޅުއްވާށެވެ. ޖަލުގޮޅި ތިބާއަށް އެބަ އިންތިޒާރު ކުރެއެވެ. ވަރަށް ސަލާމް.

  3. ޙަލީމާ

    ހަޖަމުނުވީދޯ؟

  4. ނަސީމް

    އަހަރެންނަކީ 2013 ވަނަ އަހަރު އެމް ޑީ ޕީ އަށް ހާރޑް ކޯ މަސައްކަތް ކުރި މީހެއް އެހެން މަސައްކަތުގަ އުޅެނިކޮން އެމް ޑީ ޕީގެ ފަރާތުން އަންގާގެން އަހަރެމެން ތަން ތަނުގަ ހަމަނުޖެހުން ހިންގާ އަދި ޖިނާއީ ގިނަ ކަންތައްތަކެއް ކުރުވި ބުނީ ވަކީލުންނާއި އާއިލާ އަށް ފައިސާގެ އެހީ ހަމަޖައްސަދޭނެ ކަމަށް ނަމަވެސް 3 އަހަރު ޖަލުގަ އޮވެފަ މާފެއްގެ ދަށުން ސަލާމަތްވީ ދުވަހަކުވެސް އެމީހުން އެއްވެސް އެހީތެރި ކަމެއް ނުދިން ބިކަވީ އަހަރެންގެ އާއިލާ .. އެހެންވީމާ އަދުގެ ޒުވާނުން މިކަމަށް ވިސްނާ ހެޔޮނުވާނެ.... ނަޝީދަކީ ހެޔޮއެދޭ މީހެއް ނޫން އިބޫވެސް ތީ ހަމަ އޭގެ މީހެއް .....

  5. ޢަސްލު

    ޢެމްޑީޕީ ކުދިންނަމަ މިހާރު ދުވާނެ އީޔޫ އަދި އިންޑިޔާ ކައިރިޔަށް އާދޭސް ކުރަން....

  6. ކަދުރު

    ހަމަ ނޯ ކޮމެންޓްތަ ޔެލޯ ކައުޒް.

  7. ބޭބެ

    ރަގަނޅު!! ޒުވާނުންނަށް ހިތްވަރު ދީގެން އެމްޑީޕީން މުޅިންވެސް ކުރުވަނީ ތިކަހަލަ ކަންތައްތައް!! ޒުވާނުން ލައްވާ ކުށްތަކަށް އަރައިގަނުވަނީ!! އެންމެފަހުން އެމީހުން ޖާގަ އެހޯދީ ޖަލު ގޮޅިން!! މިމީހުންގެ ޢާޢިލާތަކަށް ނުތަނަވަސްކަން މެދުވެރިވީ!! ދިރިއުޅުމަށް ކުރަމުން އައި މަސައްކަތަށް ހުރަސް އެޅުނީ!! މިކަމަށް ހިތްވަރުދިން މީހުން ފިނިކޮޓަރީގަ އާއި ރާއްޖެއިން ބޭރުގައި!! މިއީ ޕީޕީއެމާ އެމްޑީޕީގެ ތަފާތަކީ!! މިވީހީތަނަށް ރައިސް ޔާމީން ނުވަތަ ޕީޕީއެމުން ނެތޭ މުޒާހަރާކުރަން ނިކުންނަން ގޮވާފައެއް!! ނުލަފާކަން ދައްކާ ބިރުދައްކާ އަދި ހުޅުޖަހަން ގޮވާފައެއް ނެތް!! މުޅިންވެސް ހިތްވަރު ދެމުން އަންނަނީ ގައުމު ބިނާކުރަން ޒުވާނުން ބައިވެރިވާން!! އެމީހުންނަށް ކަންކަން ފަހިކުރުމަށްޓަކައި ތަފާތު ކަންތައްތައް ކުރަމުން ދާވާހަކަ!! ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވާ ވާހަކަ!! ކުށްތަކަށް އަރައި ނުގަތުމަށް ޒުވާނުންނަށް ގޮވާ ވާހަކަ!! މިއީ ނޫންތޯ ކުރަންޖެހޭ ކަމަކީ!! އެމްޑީޕީއަކީ ފަނާކުރަނިވި ލާދީނީ ފިކުރޭ މިކިޔަނީ ކަމެއްވެގެން!! ނިކަން ބަލާބަލަ 2008 ވަނަ އަހަރު ވެރިކަން ހޯދުމަށްޓަކައިވެސް މަގުމައްޗަށް މީހުން ނެރެގެން މުޒާހަރާ ކުރަމުން އެމީހުން އައީ!! އަދި ވެރިކަން ލިބުނީމާވެސް ކުރީ މުޒާހަރާ!! ތިން އަހަރުތެރޭ އިސްތިއުފާ ދީފަ މުޅި ރާއްޖޭގައި ހުޅުޖަހާ 240 މިލިޔަން ރުފިޔާގެ ގެއްލުން ދިން!! އަދި ކޮބާ އަންދާލި ކޯޓުތަކުގައާއި އޮފީސްތަކުގައި ހުރި ދިވެހި ރައްޔިތުންގެ އެތައް މުހިންމު ލިއުންތައްވެސް އަނދާ އަޅިއަށްވި!! މިއީ ކޯޅޭޝަނަށް ނޫނެކޭ ބުނަންޖެހޭ ސަބަބަކީ!! ފަނާކުރާބައެއް އެއީ!!

  8. ޢަފްލާ

    މިހާތުގެ ވެތިމީހާތަ ވެލާނާގެ ތަޅުދަނޑިވެސް ނެގީ