މިސަރަހައްދުގައިވެސް ބޭއްވޭ އެންމެ ކުލަގަދަ ރަސްމިއްޔާތާއެކު މިރޭ ހުޅުމަށް ހަމަޖެހިފައިވާ ސިނަމާލޭ ބްރިޖް އާއި ގުޅިގެން ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކޮށްފިއެވެ.

އެޗްޑީސީއިން ނެރުނު އިއުލާންގައި ވިދާޅުވީ ސިނަމާލެ ބްރިޖް އާއެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަށް ގެނައުމަށް ހަމަ ޖެހިފައިވާ ކަމަށްއެވެ.

އެގޮތުން ސައިމާ ހިނގުން ނިރޮޅު މަގު ގުޅޭ ހިސާބުން ފެށިގެން ނިރޮޅުމަގުގެ ބޯށިމާ ހިނގުން ގުޅޭ ހިސާބުން އުތުރުން ދެކުނަށް އެއްކޮޅަށްދުއްވާ މަގެއްގޮތަށް ވަނީ ބަދަލު ކޮށްފައެވެ.

އަދި ބޯށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ބޯށިމާ ހިނގުން ރީތިގަސް މަގާއި ގުޅޭ ހިސާބަށް އެއްކޮޅަށް ދުއްވާ މަގެއްގޮތަށް ވަނީ ހަމަޖައްސާފައެވެ. ބޯށިމާ ހިނގުން ރީތިގަސް މަގު ސައިމާ މަގު ގުޅޭ ހިސާބުން ދެކުނުން އުތުރަަށް އެއްކޮޅަށް ދުއްވާ މަގެއްގޮތަށް ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން ރީތިގަސް މަގާއި ކަށިމާ މަގު ގުޅޭ ހިސާބުން ފެށިގެން ކަށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ހުނޅަގުންއިރަށް ދުއްވާ ގޮތައް ވަނީ ހަމަޖައްސާފައެވެ.

ސިނަމޭލެ ބްރިޖް އާއި ގުޅިގެން ހުޅުމާލޭގެ ބައެއްމަގުތަކުގެ ދަތުރު ފަތުރުގެ ނިޒާމަށްބަދަލު ގެނެސްފައި ވާ އިރު ހުރިހާ ދިވެހިން ވެސް މިހާރު އިންތިޒާރު ކުރަމުންދަނީ މި ބްރިޖް މިރޭ ހުޅުވާ ވަގުތަށްށެވެ.

މިރޭ ބްރިޖް ރަސްމީކޮށް ހުޅުވި ނަމަވެސް އާންމު ދަތުރުފަތުރަށް ބްރިޖް ބޭނުންކުރަން ފަށާނީ ސެޕްޓެމްބަރ 07 ވަނަ ދުވަހު އެވެ. އޭގެ ކުރިން ހަފްތާއެއް ވަންދެން ބްރިޖްގައި އޮންނާނީ އުފާފާޅުކުރުމެވެ. އުފާފާޅުކުރުމުގެ ގޮތުން އެކި މީހުން ބްރިޖަށް ގެންގޮސް ފޮޓޯ ނެގުން ފަދަ ކަންކަން ކުރިއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ސާބަހޭ ރައީސް ޔާމީނު، ޒިންދާބާދު، އަހަރުމެން ރައްޔިތުންނަށް މިހާރު ޔަގީންވެގެންއައީ މިފަދަ ބޭނުނުންތެރި ތަރައްގީތައް ގައުމަށްލިބުނީ ކަމާއިގުޅޭ އިލްމާއި ޙިލްމާއި ގާބިލުކަންހުރި ރައީސަކުގެ ސަބަބުންކަން، ކުޑަދުވަސްކޮޅަކުން އަރާފައިވާ މިކުރިއެރުން އެއްމެ އިންޗިއެއްވެސް ފަހަތަށް ކައްސާލީޔަދޭކަށް ހެޔޮވިސްނޭ ރައްޔިތުން ބޭނުމެއްނުވާނެ، ކޮންކުރިޓް ތަރައްގީ ގެނެސްނުދެނަމޭ ބުނާ ބަޔަކަށް ވެރިކަންދޭން ބޭނުމެއްނޫން، ކޮންކުރިޓް ތަރައްގީގެ ބޭނުންތެރިކަން މިވަނީ އަތުތެރޭގައި، މިއަދުގެ ރައީސު ޔާމީނަށް އަދި އިތުރު 15އަހަރުގެ މުއްދަތުވެސް ދޭންބޭނުން، މިގައުމުގާ މިފަދަ ދެވަނަ ބެސްޓް މޭން އެއް ނެތްކަމުގެ ހެއްކަކީ ފެންނަމުންދާ ޒަމާނީ ތަރައްޤީ/ ސްޕީޑީ ތަރައްގީ، ﷲގެ ރަޙުމަތްފުޅުން 2018 އިންތިޚާބު ރައީސު ޢަބުދުﷲޔާމީން ކާމިޔާބު ކުރައްވާށި އާމީން.

  2. ދީނާ

    ސާބަހޭ ރައީސް

  3. ދި އެކްސް

    ޝުކުރިއްޔާ ރައީސްޔާމީން ! ބްރިޖްގެ ގިޑިގެކާރީހުރި ދެ ތަނބުވެސް ދިއްލޭ ގޮތައް ހުރިނަމަ އިތުރައް ފުރިހަމަވީސް .

  4. ޖަޒުބާތު

    ބްރިޖްގެ މައިގޭޓް ކުރިމައްޗައް އަރާލީމާ ހިވަނީ މޮޅު ކުރެހުންތެރިޔަކު ކުރަހާފައިވަ ތަސްވީރެއްގެ ކުރިމަތީ މަޑުކޮށްލެވޭހެން. ހިތަށް ވެރިވި އިހްސާސް ތަކަކުން ލޮލުން ދެ ކަރުނައެއް ފޭދިގެން ދިޔައީ އަދުގެ ރައީސް ޔާމީން އަކީ ހަމަ ހަގީގަތުގައިވެސް ގައުމާއި ރަށްޔިތުންދެކެ އާދަޔާހިލާފް ލޯތްބެއްވާ ބޭފުޅެއް ކަމުގެ އިހްސާސް ވެރިވި ހިނދުގައި. ދެވަނަ ކަރުނައެއް ކޯތާފަތް މައްޗަށް އޮހިގެން އައީ ވަގުތު ބޭކާރު ކޮށްނުލާ ރަށްޔިތުންދެކެ ހަގީގީލޯބި ވާވެރިން މީގެ ކުރިންވެސް މިފަދަ ކަންކަން ކޮށްދިންނަމަހީ މިފެންނަ ކަހަލަ އެތަށް މަންޒަރެއް ސިފަވާފަދަ ހިޔާލެއް ގެ ތެރެއިން. އެހެންވެ ރައީސް އަށް ޝުކުރު ދަންނަވަމުން ދެވުނީ ގިނިކަންޏާ ހުރެ ހިތުގެ އެންމެ ފުންމިނުން.

  5. Anonymous

    ސާބަހޭ ރައީސް ޔާމީނު، ޒިންދާބާދު، އަހަރުމެން ރައްޔިތުންނަށް މިހާރު ޔަގީންވެގެންއައީ މިފަދަ ބޭނުނުންތެރި ތަރައްގީތައް ގައުމަށްލިބުނީ ކަމާއިގުޅޭ އިލްމާއި ޙިލްމާއި ގާބިލުކަންހުރި ރައީސަކުގެ ސަބަބުންކަން، ކުޑަދުވަސްކޮޅަކުން އަރާފައިވާ މިކުރިއެރުން އެއްމެ އިންޗިއެއްވެސް ފަހަތަށް ކައްސާލީޔަދޭކަށް ހެޔޮވިސްނޭ ރައްޔިތުން ބޭނުމެއްނުވާނެ، ކޮންކުރިޓް ތަރައްގީ ގެނެސްނުދެނަމޭ ބުނާ ބަޔަކަށް ވެރިކަންދޭން ބޭނުމެއްނޫން، ކޮންކުރިޓް ތަރައްގީގެ ބޭނުންތެރިކަން މިވަނީ އަތުތެރޭގައި، މިއަދުގެ ރައީސު ޔާމީނަށް އަދި އިތުރު 15އަހަރުގެ މުއްދަތުވެސް ދޭންބޭނުން، މިގައުމުގާ މިފަދަ ދެވަނަ ބެސްޓް މޭން އެއް ނެތްކަމުގެ ހެއްކަކީ ފެންނަމުންދާ ޒަމާނީ ތަރައްޤީ/ ސްޕީޑީ ތަރައްގީ، ﷲގެ ރަޙުމަތްފުޅުން 2018 އިންތިޚާބު ރައީސު ޢަބުދުﷲޔާމީން ކާމިޔާބު ކުރައްވާށި އާމީން.

  6. އަލީ މާމިގިލި

  7. ހމާލެވެށި

    ރައީސަށް ސުކުރާއި މަރުޙަބާ ދަންނަވަން
    2018 ރ ޔާމީން އިންސާﷲ

  8. އަޙުމަދު

    ސާބަސް ރައީސް ޔާމީން 2018 އިރަދަކުރެއްވިއްޔާ ޔާމީން ހޮވާނިން

  9. ބުރުގާ

    އޭ. ތި ބުރިޖުމަތީ ހުކުރު ނަމާދުކުރެވޭގޮތައް ހަދަންވީނު. އޭރުން ޔާމީނައް ވަރައް ވޯޓުލިބޭނެ.

  10. ރޯޒްމީ

    ވަރަށް އުފާ ކުރަން، ޔާމީން 2018 ޔަޤީން

  11. ޙަސީނާ

    ސާބަހޭ އަހަރެމެންގެ ރައީސް.

  12. އެމްޓީސީސީ.ބަސް

    ހުޅުމާލެ ތެރޭގަބަސް ދުއްވާކައް އަދި ރެޑީއެއްނުވޭ.އެވަރަކައް ބަހެއް ނެތް.

  13. ބްރިޖުގެ ހަގީގަތް

    މިއަދަކީ ބްރިޖް ހުޅުވާ ތާރީހީ ދުވަސްކަމަށްވާތީ ތާރީހަށްޓަކައި މިޕްރޮޖެކްޓްގެ ކަންކަން ހިގާދިޔަގޮތް ދަންނަވާލަން 1، ބްރިޖަކީ ރައީސް މައުމޫނު ސަރުކާރުގެ ތަސަައްވަރެއް. 2، މިކަން ހަގީގަތަކަށް ހެދުމަށް އަމަލީ މަސައްކަތް ފެއްޓެވީ ރައީސް ނަޝީދު، ބްރިޖް ޑިޒައިންކޮށް، ފީޒިބިލިޓީ ހައްދަވާ، ބްރިޖްއަޅަން ނަޝީދުގެ ކެބިނެޓުން ނިންމެވި. އަދި ޗައިނާ ސަރުކާރާއެކީގައި ރަސްމީ މަޝްވަރާތައް ބޭއްވެވި 3، ބްރިޖް ޕްރޮޖެކްޓް ފެށި، ބްިރިޖް އަޅާނިމުނީ ރައީސް ޔާމީނުގެ ވެރިކަމުގައި، ޔާމީނުވެރިކަމަށްވަޑައިގަތް ދަނޑިވަޅަކީ ޗައިނާއިން ސިލްކް ރޫޓް ޕޮރޮޖެކްޓް ފެށި ދުވަސްވަރު. ޗައިނާއިން އޭޝިއާގެ ކޮންޓްރޯލް ނެގުމަށް ފެށި މިޕްރޮޖެކްޓްގައި ބައިވެރިވާ ގައުމުތަކުގައި، ޗައިނާއިން އިސްނަގައިގެން، ބްރިޖް، ބަނދަރު، އެއާޕޯޓް، އަދި ރެއިލްވޭ ޕްރޮޖެކްޓްތައް ފެށި ދުވަސްވަރު. ގިނަހަފަރަށް މިޕްރޮޖެކްޓްތައް ހިންގާފައިވަނީ ޗައިނާއިން މެމްބަރު ގަރުމުތަކަށް "ަޢާދޭސްކޮށްގެން" ނުވަތަ އެހެން ނުފޫޒެއް ފޮރުވައިގެން ބޮޑެތި ލޯނުނަގުވައިގެން . މިމަޅީގައި ޖެހި ފުރަތަމަ ބަނގުރޫޓުވީ ލަންކާ، މެލޭޝިޔާ މިމަޅިން ސަލާމަތް ކުރުމަށް މިދިޔަ ދެމަހުވެސްވަނީ ޗައިނާގެ 22 ބިލިައަން ޑޮލަރުގެ ޕޮރޮޖެކްޓް ކެންސަލްކޮށްފައި. ތައިލޭންޑާއި އިންޑިއާއި ޕާކިސްތާނުންވެސް ވަނީ އެތައް ޕްރޮޖެކްޓް އަކަށް ނޫނެކޭ ބުނެފައި.

  14. އަހުން

    ސާބަހޭ ރައީސް ޔާމީން ސާބަސް ކުރިޔައް ބާރަށް ކުރިޔަށް ގައުމައިގެން ކުރިޔަށް އަހުންގެ ވޯޓު ރައީސް ޔާމީންއަށް.......