މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ "ސިނަމާލެ ބްރިޖް" ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ދައުވަތު ދެއްވައިފިއެވެ.

އިބޫގެ އިތުރުން ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެ ދައުވަތު އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަށް ވެސް ސަރުކާރުން ވަނީ ދެއްވާފައެވެ. މީގެއިތުރުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުންނަށް ވެސް މި ދައުވަތު ވަނީ ދެއްވާފައެވެ.

ބްރިޖް ރަސްމީކޮށް މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ރަސްމިއްޔާތުގައި ހަވާއެރުވުމުގެ އިތުރުން ދިވެހިންގެ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެއެވެ.

މިރޭ 08:30 ގައި ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ފެށިގެންދާއިރު، އެކަމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާޜީތައް ދިވެހި ސަރުކާރުން ދަނީ ވަމުންނެވެ. އެގޮތުން ރަސްމިއްޔާރު ބޭއްވުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރުމާއި، ބްރިޖުގައި ތަފާތު ލައިޓް ސިސްޓަމްތައް ހަރުކުރުމާއި ޓެސްޓް ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ.

މީގެ އިތުރުން ބުރިޖު ހުޅުވުމުގެ ކުރިން ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ނިންމާލާފައިވާއިރު، ބުރިޖު އެޅުމަށްޓަކައި ތައްޔާރުކުރި ވަގުތީ ފާލަމުގެ ތަނބުތައްވެސް އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ނަގާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ މާލެއާއި ހުޅުލެ ބުރިޖަކުން ގުޅާލައި، ހައިވޭއަކުން ހުޅުމާލެއާ ގުޅާލެވިގެން ހިންގުނު ބޮޑު މަޝްރޫއަކަށްވާއިރު، މިކަމުގެ ސަބަބުން ދަތުރުފަތުރުގެ އިތުރުން މި ސަރަހައްދުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބޮޑެތި ވިޔަފާރިވެރިންވެސް ދަނީ ބުނަމުންނެވެ.

މާލެއާއި ހުޅުމާލެ ބުރިޖަކުން ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޯހަން

    ސާބަހޭ ރައީސް ޔާމީން

  2. ޒުންބާ

    ރަގަޅު.. ލަދެނެތިއްޔާ ދާނެ.. ލަދުގަންކަމަށް ވަންޏާ މަތިހަމަގެއިން ބަލާނެ.. ޒުންބާ ޖައްސަން މަގުވެސް ފުޅާކޮއްދީފި ނަލަކޮއްދީފި..

  3. ވަތުބަތާނަ

    އަދީބެއްވެސް ނޫން ނަސީދެއްވެސް ނޫން އަހަރެންގެ މަސައްކަތްތީ، ކޮންފޮންޏެއްކަނޑާކަށް

  4. ޏަސީދު

    ޔާމީނު ބުރިޖުމަތީފަތާބަލަ އަހަރުމެން ނުދެކޭ އެއޗެއްނޫންތިކީ

  5. ހަސަނު

    އަޅެފަހެ އިބޫއަށް ދާން ކެރިއްޖެއްޔާ ތިއަށްވުރެން ލަދުހަޔާތްކުޑަ މީހަކު ހުންނާނެބާއޭ ހީވޭ...

  6. ދޮންކަމަނަ

    ސާބަސް ރައީސް ޔާމީން ދިވެހި ގައުމަށް ތިގެނެސްދެއްވާ ތަރައްޤީ އަޅުގަނޑުމެން ހެޔޮހިތުން ބަލައިގަންނަން