މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ މަޝްރޫޢަކީ މީގެ ކުރިންވެސް އޮތް ވިސްނުމެއް ކަމުގައި އާއި އެ ވިސްނުމުގައި ހަޤީޤީ ކުލަ ޖައްސައިދިނީ އެމަނިކުފާނުކަމަށް، ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ. އަދީބު މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު ޖަލުގައި އޮންނަވައިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކުރަމުން އަދީބު ވިދާޅުވީ، އޭނާ ކުރެއްވި ހުރިހާ ޤައުމީ ޚިދުމަތްތަކުގެ ކުރެޑިޓު ރައީސް ޔާމީން ނަންގަވައިފި ކަމަށެވެ. އެގޮތުން ރައީސް ޔާމީން ގެންދަވަނީ އޭނާގެ އިތުރުންވެސް އެތައް ބަޔަކު ކޮށްފައިވާ ޤައުމީ ޚިދުމަތްތަކުގެ ކްރިޑިޓު ނަންގަވައި ރީތި ނަން ހޯއްދަވަމުން ކަމަށް އަދީބު ކަންބޮޑުވުމާއި އެކު ފާހަގަކުރައްވާފައި ވެއެވެ.

"ރައީސް ޔާމީން ގެންދަވަނީ އަޅުގަނޑުގެ އިތުރުންވެސް އެތައް ބަޔަކު ކޮށްފައިވާ ޤައުމީ ޚިދުމަތްތަކުގެ ކުރެޑިޓް
އަމިއްލަފުޅަށް ނަންގަވައި، ރީތި ނަން ލިބެންޖެހޭނީ ހަމައެކަނި އެ މަނިކުފާނަށް ކަމަށް ދައްކަވަމުންނެވެ."

އަދީބު ވިދާޅުވީ، ބްރިޖް އެޅުމުގެ ޕްރޮޖެކްޓް، 2013 ގެ ރިޔާސީ ވައުދެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމެނީ ރައީސް
މައުމޫންގެ ލަފާފުޅުގެ މަތީން ސީދ އޭނާ ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ފެށުމާއި ހަމައަށްވެސް ބުރިޖު އެޅިދާނޭ ކަމަށް ރައީސް ޔާމީން ޤަބޫލުފުޅެއް ނުކުރައްވާކަމުގައި އަދީބު ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރާއިވެސް ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އޭނާގެ އަމިއްލަ މަސައްކަތުން ކަމުގައި އާއި، ރައީސް ވަޙީދުގެ ސަރުކާރުގައި އެމަނިކުފާނާއެކީ ޗައިނާއަށް ކުރި ދަތުރުތަކުގައި ޗައިނާ ސަރުކާރާއެކު ބުރިޖުގެ ވާހަކަތައް ދެކެވި، ޗައިނާ ސަރުކާރާއި، ޗައިނާގެ އެކްސްޕާޓުންގެ ރުހުން އެކަމަށް ލިބިފައި އޮތްކަމަށް އަދީބު ވިދާޅުވިއެވެ.

"އަޅުގަނޑު ދޫ ނުދީ، ރައީސް ޔާމީންއާ ޒުވާބުކޮށް، ޕްރޮޖެކްޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކު ނެގުން ޗައިނާ ސަރުކާރާ ޙަވާލުކުރުވީމެވެ." އަދީބު ވިދާޅުވިއެވެ.

ބްރިޖުގެ އިތުރުން އެއާޕޯޓާއި ހިނގަމުންދާ ރިސޯޓުތަކުގެ މަޝްރޫޢަކީވެސް ސީދާ އޭނާގެ ހިއްވަރުން ހަމަޖައްސާފައިވާ މަޝްރޫޢުތައް ކަމަށް އަދީބުގެ ނޫސް ބަޔާނުގައި ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ބްރިޖަކީ ރައީސް ޔާމީނަށް ވޯޓުދޭންޖެހޭ ސަބަބެއް ނޫންކަމުގައި އަދީބު ވިދާޅުވިއެވެ. ނަމަވެސް މި ބުރިޖު އެޅުމުގެ މަސައްކަތްތަކުގައި ބައިވެރިވި ދިވެހި ހުރިހާ ކޮންސަލްޓެންޓުންނަށާއި، ހައުސިންގ މިނިސްޓަރ މުއިއްޒުއަށާއި، ފިޝަރީޒް މިނިސްޓަރު ޝައިނީއަށް ޝުކުރު ދަންނަވެމެވެ.

ސިނަމާލެ ބްރިޖުގެ މަޝްރޫޢަކީ އަދީބުގެ ޕްލޭނެއްގެ ދަށުން ކުރެއްވިކަމެއް ކަމަށް އޭނާ ވިދާޅުވެފައި މިވަނީ، އެއީ ނަޝީދު ޕްލޭން ކުރައްވައި ކުރެއްވި ކަމެއްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ނަޝީދު ވަނީ ހުޅުލެއާއި މާލެ އާއި ދެމެދު ބްރިޖެއް އެޅުމަކީ ކުރެވޭނެކަމެއް ނޫންކަމުގައި މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޝްރޭް

    މާތް ކަމޯ.. ބްރިޖު އެޅީ ޗައިނާ މީހުން ކަލޭ އެއްވެސް ނޫން.. ރޔ އެއްވެސް ނޫން.. ނިމުނީމަތަ ކިޔަން އިނގެނީ... މިހާރު ނޭނގެ އެއްގޮތަކަށްވެސް،، ކާކުކަމެއް ބްރިޖް އެޅީ

  2. މުޖޭ ހަސަން

    ދެންބުރިޖާވެރިވާނެ އެތައްބަޔަކު މިލްކުވެރިކަންސާބިތުކުރަން ލަންޑަން ކޯޓަކަށް މިއޮތީދާންޖެހިފާ މިހާރުބުރިޖު އެބަފެނޭވިޔާ

  3. ދާލަން

    މިބުރިޖު ހަޤީޤަތަކަށް ވީ އަޅުގަނޑުގެ ވެސް ސަބަބުން. ޖީ.އެސް.ޓީ ނަގަން ފެށި ފަހުން އަޅުގަނޑު ގަތް ކޮންމެ އެއޗަކަށް މިއައީ ޓެކްސް ދައްކަމުން. އެހެން ކަމުން ތިޔަ ބުރިޖު ހަޤީޤަތަކަށް ވުމުގައި އަޅުގަނޑުގެ ވެސް ޙިއްޞާ ބޮޑު.
    ކޮންމެ މީހަކު މިހާރު މީގެ ފޮނިބޯން. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މިބުރިޖަކީ ރައީސް މައުމޫންގެ ތަޞައްވުރެއް. ޙޤީޤަތަކަށް ހެއްދެވީ ރައީސް ޔާމީން.

  4. ބޮން

    ރައީސް ޔާމީން އަވަހަށް މިރޭ ބުރިޖު ހުޅުވާލަދެއްވާ މަނިކުފާނުގެ ދުރުވިސްނުމުގެ ހެކެެްތިވެސް

  5. ފިރުޓޭ

    ބުރިޖެއްގެ ތަސައްވުރާ، މާލޭގައި ރެއިލްވޭގެ ތަސައްވުރު ޝަމްސުއްދީން ރަދުންގެ ރަސްކަމުގައިވެސް ކުރެވުނު ކަމަށް ވަނީ! ދެން ވެއްޖެއެންނު ބުރިޖުގެ ތަސައްވުރެއް ކުރީ ކާކުތޯ ބަލަން ކޯޓަށް ދާން!

  6. ޚަދީ

    ތިކަން ގަބޫލުކުރާނީ މިޔަދު ތަންދޮރު ނުދަންނަ މޮޔައިން. ކަލޭ އައް ރައީސް ޔާމީން އާއެކީ މަސައްކަތް ކުރަން ފުރުޟަތު ލިބުނީމާ ބޭނުންވީ ވެރިކަން.

  7. ބޮލި މުލައް

    އެއީ ތެދެއް އެމް އެމް ޕީ އާރ ސީގެ ލާރިގަނޑު ކާލީ ބުރިޖް އަޅަންވެގެނ. ލަދުކުޑަ

  8. ތިމަންނަ

    ހީވާގޮތުން އުމަރު ޒާހިރުވެސް ތިޔަ ޚިޔާލު ކުރީގައި އޮންނާނީ ދެއްވާފަ

  9. އަޙުމަދު ޙަމީދު

    ހެހެހެ. އަންނަނީ ހިނި!

  10. އެއްމެން

    ކަލެޔާ ހެދިގެން ވަރަށް ގިނަ ބަލާވެރިކަން ދިވެހީންނަށް ޖެހުނު. އައްނި ވެރިކަމުން ވެއްޓުނު. މައުމޫނު ސައިޒު ވި، ގާސިމުގެ ދުވަސދިޔަ. ޔާމީނު ރައީސްކަމަށް އެރި. ތިތާއޮވޭ އަނގަ ނައަރުވަ. ބޮޑުވަގު.

  11. ހަަސީލް

    ވަގުތު ނޫހުން ކުއްވެރިއަކު މާބޮޑަށް ޕުރަމޯޓް ކުރަނީ ކީއްވެތަ؟؟؟؟؟؟؟؟؟؟؟