ހުޅުލެއާއި މާލެއާ ދެމެދު އަޅާފައިވާ، ތާރީޚީ ބްރިޖުގެ މަސައްކަތް، ކާމިޔާބުކަމާއެކު ނިންމާލެވުމުން، އެކަމުގެ ޙައްޤު ތައުރީފު ލިބެން ޖެހޭ ފަރާތްތަކުގެ ލިސްޓުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ނެތުމުން، އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ރުޅި ގަދަވެއްޖެއެވެ.
މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ނަމުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުންވަނީ މިކަމާ ގުޅިގެން މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި ނުރުހުން ފާޅުކޮށްފައެވެ.
އެފަރާތްތަކުން ރުޅި ގަދަވެފައިވަނީ، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އާއްމުކުރައްވާފައިވާ ލިސްޓުގައި ރައީސް މައުމޫނުގެ ނަން ނެތުމުންނެވެ. ރައީސް ވަހީދު ވިދާޅުވެފައިވާ ގޮތުގައި، ހުޅުލެއާއި މާލެއާ ދެމެދު ބްރިޖެއް ބިނާކުރުމުގެ ވިސްނުން އެންމެ ފުރަތަމަ ގެންގުޅުއްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެހެންނަމަވެސް، އެކަން ހަޤީޤަތަކަށް ހައްދަވައި ދެއްވުމުން، އެކަމުގެ ހުރިހާވެސް ކްރެޑިޓެއް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ލިބެން ޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ވަހީދު ވިދާޅުވި ވިދާޅުވުމަށް ނުރުހުން ފާޅުކުރައްވާ، އެމްއާރްއެމްގައި މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި މަސައްކަތު ތަޞައްވުރު އެންމެ ފުރަތަމަ ގެންގުޅުއްވި ފަރާތަކީ ރައީސް މައުމޫނުކަމުގައެވެ. އަދި، ރައީސް މައުމޫނުގެ ތަޞައްވުރަކީ ހަމައެކަނި އެދެރަށް ގުޅާލުން ނޫންކަމަށާއި، އޭގެ ބަދަލުގައި އެސަރަޙައްދުގައި ހުރި ސިނާއީ އެހެން ރަށްތަކާއި މީހުން އުޅޭ އެހެން ރަށްތައްވެސް ގުޅާލުންކަމުގައެވެ.
The reclamation work initiated, the work began by the than Transport Min to cost of the bridge and to do the other initial studies. RM and his team always were visionaries and planning for the future and the good of the people". Get your facts right Former President @DrWaheedH pic.twitter.com/kWFGqizkpM
— Nadira (@a_nadraa) August 30, 2018
މީގެއިތުރުންވެސް، ނާދިރާ ވިދާޅުވެފައިވަނީ ހުޅުލެއާއި މާލެއާ ދެމެދު ބްރިޖެއް އެޅުމަށްޓަކައި ހިނގާނެ ޚަރަދުތަކާއި އެކަން ފެށުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައްވެސް، ރައީސް މައުމޫނުގެ ދައުރުގައި ކުރައްވާފައިވާކަމުގައެވެ. ރައީސް މައުމޫނާއި ރައީސް މައުމޫނުގެ ޓީމަކީ އަބަދުވެސް ރައްޔިތުންނަށް ފައިދާހުރި ކަންކަން ރޭއްވެވި ބޭފުޅެއްކަމަށްވެސް ނާދިރާ ވިދާޅުވެފައިވެއެވެ.
މި ބިނާގެ ކްރެޑިޓް ނެގުމަށް އެހެން ފަރާތްތަކުންވެސް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން، މި ސަރުކާރުގައި ނައިބު ރައީސްކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ އަޙުމަދު އަދީބުވެސް، މި މަސައްކަތުގެ ކްރެޑިޓް ނެގުމަށް މަސައްކަތްކޮށްފައިވެއެވެ.
ހުޅުލެއާއި މާލެއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޔާމީނުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި، ޗައިނާގެ ބޮޑު މަދަދަކާއެކު މި ބްރިޖުގެ ހުވަފެނުގައި ކުލަ ޖައްސައިދީފައިވާއިރު، މިއީ ރާއްޖޭގެ ތަރައްޤީގެ ނިޝާންކަމުގައި ވެގެންދާނެއެވެ. ހަމައެހެންމެ، ރާއްޖެއަކީ، އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިންގޭނެ ތަނެއްކަން، މިކަމުން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ދާނެއެވެ.
ރައީސްމައުމޫން ވިދާޅުވެ ދެއްވަބައްލަވާ ހުޅުލެއާއި މާލެއާ ދެމެދު ބުރިޖެއް އެޅެނެ ގޮތެއް ނޭޅޭނެ އެތާކު ބުރިޖެއް މީ އަންނި ދައްކާފައި ހުރި ވާހަކަ މޮޔަގެރި
ވައުދު ބަލަ އޮންނަނީ ހިތުގަ ޔާމިން ނޫން ފަރާތަކަށް އެކަން ކުރެވިފައެއް ނެތެއްނު. ޔާމީން ހަބޭސް
ކަލޭމެން އެކަކަށް ވުރެއް ކުރިން ރާއްޖޭގެ މިނިވަންކަމުގެ ބާނީ ރައީސް ނާސިރު އެ ތަސައްވަރު ގެންގުޅުނު. ހުޅުމާލެއާ އެނބޫދޫފަޅު ހިއްކާ އާބާދުކުރުމުގެ ތަސައްވަރުވެސް ގެންގުޅުއްވި މިހާރުވެސް ރައީސް އޮފީހުގެ އާކައިވްގަ ހުންނާނެ އޭގެ ހެކި. ރާއްޖެއަށް ޓޫރިޒަމް ގެނެސް އޭޝިއާގެ ނަންބަރ ވަން ޝިޕިނގް ލައިން ޤާއިމްކޮށް ފޯނާއި ޓީވީ ރޭޑިއޯ އަދި އިންޖީނު އެޅި މަސްދޯނިފަހަރާއި އިނގެރޭސި ތަޢުލީމު ތަޢާރަފުކޮށް ވޯރާއިން ފައްސާލާ އިޤްތިސާދީ މިނިވަންކަމެއް ގެނެސްދިން ބާނީއަކީ ވެސް ރައީސް ނާސިރު.
މަށައްވެސް ތިކަންވަރައްބޮޑައް ފާހަގަވެގެން މަބުނެފިން ރ.ވަހީދައްވެސް މިހާރު ހިންދުކޮޅު އަންނަވާހަކަ
ތިޔަ ހުރިހާ ލީޑަރުންވެސް ތަސައްވަރުކޮށްގެން ތަސައްވަރު ބަނޑުތެރޭގައި ފޮރުވައިގެންތިބީ، އަމަލީ ސިފައެއްގެންނަން މަސައްކަތްްކުރާކަށް ތިޔައިން އެއްވެސް ލީޑަރަކަށް ނުކެރުނު ދޮތަ؟؟ އަހަރުމެން ރައްޔިތުންވެސް ތިގޮތަށްވަރު ކޮށްގެން.
ބްރިޖް ރަނގަޅު އެހެނަނަމަވެސް ކްރެޑިޓްނަގާވަރުގެ ކަމެއް ހާސިލް ވީހެނެއް ހީނުވޭ. ބުރިޖުގެ ލާރިގަނޑުން ކުރެވުނީ ކިހާ ލުއިފަސޭހަކަމެއް ތޯ ސުވާލު ކުރަން ޖެހޭ. މާލެއަށް ބުރިޖް އެޅުމަކީ ކަދުފައްޗަކަށް ބުރިޖް އެޅުމެކޭ އެއްވަރު ކަމެއް. މާލެއާ ދޭތެރޭ ދުރުވިސްނޭ ވަރަށް ވުރެން މާލެ ހަނި. އެހެންވީމާ މާލެއާ ދޭތެރޭ ދުރު ވިސްނާނެ މާ ބޮޑު ޖާގައެއް ނެތް. މާލެ ރީތި ޕާކް އަކަށް ހަދާ ރީތި ޔޮޓް މެރީނާ އަކާ އެކު ފއިނެންސް ހަބަކަށް ހަދާފާ މާލެ މީހުންނަށް ހުޅުމާލެ އިން ބިން ދީފާ ހުޅުމާލެ ބޯޑު ކުރަން ތިލާރި ޚަރަދު ކުރުމުގެ ތަސައްވަރެއް ގެންގުޅުނުނަމަ މާރަގަޅު ވީސް. ގައްޔޫމުބެ ފެށީ ރަނގަޅަށް އެއާޕޯޓާ އެކީ ބޮޑު ބިމެއް ހަދަން ފެށުމަކީ މޮޅު ކަމެއް އެހެންނަމަވެސް އެ ފެށުން ރަނގަޅު ނިމުމަކަށް ގެންނަން ކުރެވުނު ކަމެއް ނެތް. މާލެގެ ތަސައްވަރު އެހެންގޮތަކަށް ބަދަލު ކޮށް މީހުން ދިރި އުޅެން ހުޅޫމާލެ ބޮޑުކޮށް ތަރައްގީ ކުރުމަށް ސަރުކާރުގެ ހުރިހާ ފައިސާ އެއް ޚަރަދު ކުރިނަމަ މިއަދުގެ މަންޒަރު މާ ފުރިހަމަވެފާ ރީތި ވީސްކަން ޔަގީން
ތިރީސް އަހަރު ވެރިކަންކުރިއިރުވެސް އެހިޔާލް އޮތީކަރުދާހުގަހގީގަތަކައް ހދާކައް ނަޭގުނު ދެންކޮން ފަޅޮލެކޭކިޔާކައް
އޭ ބަލަގަ މަވެސް މީ 1980 ގެ އަހަރުތަކުގައު ތި ބްރިޖްގެ ކުރެހުން ކުރެހި މީހެއް! މަ އޭރު އުޅުނީ ގްރޭޑް1 ގައި. މަށަށްވެސް ކްރެޑިޓް ދޭންވާނެނު! ކެކެކެކެކެކެކެ
2018 ޔާމީން ޝަހީމް
ތިކުރެހުން ބަލައިގެން ހަދާ ނިމުނީ ރައީސް އޮފީހާ ތީމުގެ. ނާދިރާ ބޭބީ އަށް ވަރަށް ސަލާމް