ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން، ރ. ފައިނުގައި ތަރައްގީ ކުރަން ނިންމާފައިވާ ރީޖަނަލް އެއާޕޯޓުގެ ކޮންސެޕްޓަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އާ ހަވާލުކުރި އެ މަޝްރޫއުގެ ފައިނު އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޕެސިންޖަރު ޓާމިނަލެއް އަޅާއިރު، އެކަމަށް އެރަށުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވެއެވެ.

އަދި އެއާޕޯޓާއެކު ދެ ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރެއްގެ އިތުރުން މަތިންދާ ބޯޓްތަކަށް ހިދުމަތްދޭނެ ހެނގަރަކާއި ސްޓާފުން ތަމްރީން ކުރާނެ ވަސީލަތްތަކެއް ވެސް ގާއިމް ކުރަން އައިލެންޑް އޭވިއޭޝަނުން އޮތީ ނިންމައިފައެވެ.

ނަމަވެސް އެއާޕޯޓާއި ސިޓީ ހޮޓާ އެޅުމަށް ފައިނުގެ ބިމުގެ ބޮޑު ބައެއް ނަގާތީވެ، އެކަމާ ދެކޮޅަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުންތަކެއް ފާޅުކުރަން ފެށިއެވެ. އަދި ފަހުން ސޯޝަލް މީޑިއާގައި "ސޭވް ފައިނު"ގެ ނަމުގައި ކެމްޕެއިނެއް ވެސް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު "ވަގުތު"އަށް ވިދާޅުވީ، ސަރުކާރުން އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓް އެޅުމަށް ބަދަލުތައް ގެނެސްދެމުން އަންނަ ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނުން ވެސް ރައްޔިތުންގެ އެ އިހުސާސުތައް ދެނެގަނެ، އެއާޕޯޓްގެ މަސައްކަތް ކުރައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރ. ފައިނުގައި އަޅަން ވެގެން ފުރަތަމަ ކުރެހި ކުރެހުން. އެ ކުރެހުމުގައިވާ ގޮތުން އެއާޕޯޓް އަށާއި ސިޓީ ހޮޓަލަށް ރަށުގެ ބޮޑުބައެއް ނަގާ ---

"އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ސޭވް ފައިނުގެ ނަމުގައި ޕޭޖެއް ހަދައިގެން ވެސް ވާހަކަތަކެއް ދެއްކި. އެ ދެއްކި ހުރިހާ ވާހަކަތަކާއެކު އައިލެންޑް އޭވިއޭޝަނުންނާ ސަރުކާރުން ވެސް ބުނަމުންދިޔައީ އެ ކޮންޓްރެކްޓަކީ އަދި މުޅިން ފައިނަލް ކޮންޓްރެކްޓެއް ނޫން ކަމަށް. އަދި ކުރެހުން ފައިނަލްކޮށްފައި ރައްޔިތުންގެ ހިޔާލާއި އެއްކޮށް ކުރެހުން ރައްޔިތުންނާއި ހަމައަށް ހިފައިގެން އަންނާނެކަމަށް". ފައިނު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އެގޮތުން އެއާޕޯޓް އެޅުމަށް ރަށުގެ ބިމަށް ގެއްލުން ކުޑަގޮތަށް ބަލައިގެން، އެއާޕޯޓް އެޅުމަށް އިތުރު ބައެއް ހިއްކަން މިހާރު ނިންމާފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އަދި އެ ގެންނަ ބަދަލުތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން ހުރި ހުރިހާ މައްސަލައަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ގެނައި ބަދަލުގައިވާ ގޮތުން ޓާމިނަލް އަޅާ ބައި އިނީ ރަށުގެ ގުދުރަތީ ބިމުންނެއް ނޫން. މިހާރު ހިއްކާ ބިމެއްގައި ޓާމިނަލް އަޅާ ގޮތަށް މި އިނީ ގާތްގަނޑަކަށް. ދެން ސިޓީ ހޮޓަލެއް ވެސް ނާޅާ. މިހާރު ކޮންޓްރެކްޓަރ ކުރެހުމުގައި އެ އިނީ އެގޮތަށް،" އެއާޕޯޓްގެ ކުރެހުމަށް ގެނައި ބަދަލުތައް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފައިނު އެއާޕޯޓުގެ ފުރަތަމަ ކުރެހުމުގައިވާ ގޮތުން، އެއާޕޯޓްގެ ޓާމިނަލް އަޅާނީ ރަށުގެ އިރުމަތީ ފަރާތުގައި ރަށު ތެރޭގައެވެ. އަދި ސިޓީ ހޮޓާ ގާއިމްކުރަން ހަމަޖެހިފައިވަނީ ރަށުގެ ހުޅަނގު ފަރާތުގައެވެ.

ނަމަވެސް މިހާރު ކުރެހުމަށް ބަދަލު ތަކެއް އައިސް ސިޓީ ހޮޅާ ނާޅާ ގޮތަށް ނިންމި ނަމަވެސް އެއާޕޯޓް މަޝްރޫއާއެއްކޮށް އަޅާ މެޑިކަލް ސެންޓަރާއި މަތިންދާ ބޯޓްތަކަށް ހިދުމަތްދޭނެ ހެނގަރަކާއި ސްޓާފުން ތަމްރީން ކުރާނެ ވަސީލަތްތަކެއް ގާއިމްކުރާ ކަމެއް އަދި ނޭނގެއެވެ.

ފައިނު ކައުންސިލުން ބުނީ، އެރަށު އެއާޕޯޓްގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އެއާޕޯޓް އެޅުމަށް މިހާރު އީއައޭގެ މަރުހަލާތައް ކުރިއަށްދާއިރު، އެއާޕޯޓް އަޅާ ސަރަހައްދު ވަކިކޮށް ކަޑަޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކައުންސިލުން ބުނެއެވެ.

ފައިނުގައި އެއާޕޯޓްގެ ކޮންސެޕްޓަށް ބަދަލުތަކެއް ގެނެސް އެ މަސައްކަތް ފަށައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މީގެ ކުރިން ވިދާޅުވެފައިވަނީ، ފައިނު އެއާޕޯޓް އަޅާނީ ތިން ފޭސް އަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ފޭސްގައި ކުރިއަށް ގެންދާނީ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތެވެ. އަދި ފުރަތަމަ ފޭސް އެއް އަހަރުގެ ތެރޭގައި ނިންމައި އެއާޕޯޓް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައްޔިތުން ބޭނުންވާ ގޮތަށް އެ އެއާޕޯޓްގެ ކުރެހުން ބަދަލުކޮށް، މަސައްކަތް ފަށައިގަނެ، ދެން އެ މަސައްކަތް ނިންމާލެވޭނީ ކޮންއިރަކު ކަމެއް އަދި އައިލެންޑް އޭވިއޭޝަނަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޅ

    ދެންބުނީ ރައްޔިތުންނޭ އެހެންވެ ލަސްވީއޭ ފުރަތަމަ ފައިނު ހުސްކޮށްފަ ކިނޮޅަހާ ގުޅާ އޭގެފަހުން އެއާޕޯޓް އަޅާ ބާކީބައި ކަރާހައްދަން ބާއްވާ

  2. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދަގަ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

  3. ފައިނު މީހާ.

    ރައީސް ޔާމީނު ސަރުކާރުން ފައިނުގެ ތަރައްޤީއަށް ތިޔަކޮށްދެެއްވާ މަސައްކަތައް ވވވ ބޮޑަށްް ޝުކުރު ދަންނަވަން.

  4. ވާނުވާ

    ކުޅުދުއްފުށީ ރައްޔިތުން އެރަށު އިރުމަތީ ފަރާތަށް އެއަރ ޕޯޓް އެޅުމަށް އެދުމުން ސަރުކާރުން ނޯ އޭ ބުނީ. ފައިނުން ލިބޭ ވޯޓް ގިނައީބާ

  5. ޓޫވެލް

    ރާއްޖެ ޓީވީ ބަހުސްގެ ދައުވަތު މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ގަބޫލު ނުކުރި ކަން އެއީ މަމެން އުފާ ކުރާ ކަމެކޭ މާބޮޑަށް ރަނގަޅޭ އެމެން ރަންރީނދުލޭ މެންގެ މައުތު ޕީސް އެއީ ލޯލެވެލޭ އެއީ ފަންޑް ފޮށި ހުޅުވައިގެން ކޮރަޕްޓް އުސޫލުން މީހުން ފެލާލައިގެން ހިންގާ ޗެނެލެކޭ ނުޖެހޭނެއޭ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން އެތަނަށް ދާން މާ ބޮޑަށް ރަނގަޅެވެ. މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ދާން ޖެހޭނީ ޗައިނާގެ ނިއުސް އެޖެންސީ އަށޭ އިންޓަރވިއު ދޭން އަދި ބަހުސް ޕްރޮގްރާމް ވެސް ބާއްވަން އެއީއޭ އެންމެ ރަނގަޅު ގޮތަކީ އޯއް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް ޓޫވެލް ޓޫވެލް ޓޫވެލް...

  6. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  7. މާދެރަ

    އެއޮއް ރީތި ރަށް އެހަލާކުކޮއްލީ..

  8. ބުށުފުޔާން

    ކޮބާވައްޑޭ މާމޮޅުމީހަކާއް ވެގެންއުޅުނު އަންނިބޮޑުވަޅުގަނޑެއްކޮނެފާބޭއްވީއިރަކު ކައުންސިލަރުން ކޮބާތޯ..

  9. ނަދީމް

    ތިއީ ފައިނަލްވެފަ ހުރި ކަންކަމެއް ނޫން. ޢެގުރިމެންޓްގަ ސޮއި ކުރޮއިރު އޮތް ސިޓީ ހޮޓާވެސް. ސިޓީ ހޮޓާ ދެވަނަ ފިޔަވަހީގަ އަޅާނެ. ރަށް އެއްކޮށް ގެއްލުނީމަ ޕޕމ ކުދިންތައް މޭބޮޑުވެއްޖެ.ވ

  10. ތީބޭކާރު އަމަލެއް

    އެއްގޮތަކަށްވެސް އެއަރޕޯޓެއްއަޅާކައްނުޖެހޭ