އެވިޑް ކޮލެޖުން ރިސާޗް ސެންޓަރުގެ ފަރާތުން ރިސާޗްކުރުމާ ޕަބްލިޝްކުރުމާއި އަދި އެހެނިހެން ކަންތަށް ކުރުމަށްޓަކާ ހާޢްސަކޮށް ތަމްރީންކުރުމަށްޓަކާ މެލޭޝިޔާގެ ޔުނިވާސިޓީ ސައިންސް، ފެކަލްޓީ އޮފް އެޑިއުކޭޝަން ޑެޕިއުޓީ ޑީން ޕުރޮފެސާ ކަބޭލާ ވަޑައިގެން ހަތަރު ދުވަސްވަންދެން ކުރިޔަށް ގެންދިޔަ ވޯކްޝޮޕްގެ ނިމުމުގެ ރަސްމިއްޔާތު އިއްޔެ ބާޢްވައިފިއެވެ.

އެވިޑް ކޮލެޖްގައި އިއްޔެ ބޭއްވި ހާޢްސަ ރަސްމިއްޔާތުގައި ވޯކްޝޮޕްގައި ބައިވެރިވެ ސެޓެފިކެޓް ލިބުން ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ވޯކްޝޮޕާއި ބެހޭގޮތުން "ވަގުތަށް" މައުލޫމާތުދެމުން އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރާ ޑރ.އަބުދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، މިއީ ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މަސައްކަތުގެ ބައްދަލުވުމެއް ކަމަށެވެ.

އެވިޑް ކޮލެޖުން ރިސާޗް ސެންޓަރުގެ ފަރާތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ

"މި ވޯކްޝޮޕް ނިމުން އިރުގައި ކޯހުގެ ބައިވެރިން މިއަހަރުގެ ތެރޭގައި ކޮން ދާއިރާއަކުންތޯ ރިސާޗެއް ހަދައި ޕަބްލިޝް ކުރާނީ. އެކަން ކަނޑައަޅާނެ ގޮތް ވަނީ ކިޔައިދެވިފައި. އެގޮތުން ޑިސެންބަރު މަސްތެރޭގައި ފަހު ހަފްތާގައި ބައެއް ކުދިން މެލޭޝިޔާއަށް ގޮސް ޔުނިވާސިޓީ ސައިންސް ގެ ސެމިނާއެއް މެލޭޝިޔާގައި ވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް. ދެބައެއް މިއޮތީ ފުރަތަމަ ބައިގެ މަގުސަދަކީ ޓެކނޮލަޖީ ބޭނުންކޮށްގެން އޭގެ އެހީގައި މިހާރަށްވުރެއް ރަނގަޅަށް ދަރިވަރުންނަށް ކިޔަވަދިނުން. އަދި ގޫގުލް ކުލާސް ބޭނުން ކޮށްގެން ކިޔަވާދިނުމުގެ މަސައްކަތް ފެށިގެން އެބަދޭ." ޑރ.އަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަބުދުﷲ ރަޝީދު "ވަގުތު" އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަލީ
އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަބުދުﷲ ރަޝީދު "ވަގުތު" އަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: އަހްމަދު އަލީ

ޖާނަލް ރައިޓިން ގެބައިގައި 22 ބައިވެރިން ވަނީ ބައިވެރި ވެފައިވެއެވެ. އޭގެތެރޭގައި ކޮލެޖުގެ މުވައްޒަފުންގެ ތެރެއިން 18 ބައިވެރިން ބައިވެރިވިއިރު ބޭރުން ހަތަރު ބައިވެރިން ބައިވެރިވިކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

އެވިޑްކޮލެޖް އިން ހާމަކުރިގޮތުގައި އެެ ކޮލެޖްގެ އެންމެ ބޮޑު ބޭނުމަކީ ދުވަހުން ދުވަހަށް ދެވޭ ތައުލީމުގެ ފެންވަރު ރަގަޅުކުރުމެވެ. ތައުލީމީ ފެންވަރު ރަގަޅު ކުރެވޭނީ މުވައްޒަފުން ލެކްޗަރާގެ ފެންވަރު ރަގަޅު ކުރެވިގެން ކަމަށް ވާތީ މަސައްކަތް ކުރަމުން ދަނީ އެކަން ހާސިލް ކުރަން ކަމަށް އެކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖުން ހާމަކުރިގޮތުގައި ކުރިޔަށްއޮތްތަނުގައި މިފަދަ އިތުރު ވޯކްޝޮޕްތަށްހިންގިގެން ދާނެއެވެ.