އދ.ދަނގެތީގައި ދަންޖެހިފައި ހުރި އަންހެނަކު ސަލާމަތްކޮށްފިއެވެ.
އޭނާއަށް މިހާރުދަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނީ 28 އަހަރުގެ އަންހެނެކެވެ. އަދި އޭނާއަކީ އެރަށު މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ ގދ.ވާދޫއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، މިމީހާ ސަލާމަތްކޮށްފައިވަނީ ޖެހިގެން ހުރިގެއިން މީހަކު އައިސް ދަންޖެހިފައި ހުރި ވާގަނޑު ކަޑާލައިގެނެވެ. އަދި ދަންޖެހިފައި ހުރި މަންޒަރު ފުރަތަމަ ފެނިފައިވަނީ އެގޭގައި ދިރިއުޅޭ އަންހެނަކަށެވެ.
ފުލުހުންދަނީ މިހާރުދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.
މީދެން ކިހާ ދެރެކަމެއް.. ކޮންމެ މީހަކަުވެސް ނޫސްތަކަށް އަރަންވެގެން ކަމެއްކޮލަނީދޯ
ސުޓްރެސް، ޑިޕުރެޝަން
ތިބާ އަށް އެފަދަ ހާލަތެއް ދިމާވުމުން ދެންތިބި އެންމެން މަލާމާތް ކުރުމުން ވަކި ހެވެއް ނިކުންނާނެތޯ. ދަން ޖެހުނީ ކީއްވެތަޯ ބަލާ އެހީވުން މާ މުހިންމު ނޫންތޯ
ސީރިއަސްލީ އަހްމަދު؟ ޔޫ ތިންކް އިޓްސް ދެޓް ސިމްޕަލް އެންޑް ފަނީ؟
ޢަންޓް ޔޫ އަ ފޫޅް
ރާއްޖޭގެ އަންހެނުން ހޭލުންތެރިކަން ހާދަ ކުޑަ އޭ..? ދަންޖެހުމަކީ އަދި ހައްލެއްނޫން ދޯ!
ﷲ އަށް ބިރުވެތިވޭ ނަފްސު ދުއްވާލުމަކީ ތިމާގެ އީމާން ކަމާމެދު ވިސްނަންޖެހޭ ކަމެއް.
މީ ވަރަށް ހިތާމަ ހުރި ކަމެއް މިފަދަ ކަންކަން ދިމާވަނީ ދީނީ އަޤީދާދާ ބަލިކަށިވުމުގެ އިތުރުންހިންދީ ޑްރާމާއަށް އަވަލާފަތިބޭތީ.....
ދަންޖެހޭ މޫސުން މިއޮތީ އައިސްފައި. ރައުދާގެ ދަންޖެހުމަށް ފަހުގައިވެސް ފުލު ފުލުގައި އެތައް ބަޔަކު ދަންޖެހިގެން ދިޔަ. މިކަން މިހެން ދިމާވަނީ، އީމާންތެރިކަން ދައްކުވުމުން. ކޮންމެހެން "ޑިޕްރެޝަން" ގައި އުޅޭތީއެއްނޫން. ސޯޝަލް މީޑިއާއާއި، އެނޫން ގޮތްގޮތުން ކުއްޖާ ނުވަތަ މީހުން ހިންގާ ހަރަކާތްތައް ގާތްތިމާގެ މީހުނާއި މައިން ބަފައިން ބަލަންޖެހޭ. އޭރުން ކިރިޔާވެސް ޝައްކެއް ވާއިރަށް އެކަން ކުރުން ހުއްޓުވާ ސަލާމަތް ކުރެވޭނީ.
މީދެން ކިހާ ދެރެކަމެއް!!
....،،
މިކަހަލަމަސް ސަލަ ދިމާވާން ޖެހޭސަބަބުމިހާރު ބަލާޖެހޭ މިސާލެކައް ފިރިމީހާގެމައްސަލަތޯ ނޫނީ ގޭތެރޭގެމައްސަލަތޯ
ފެށުނީ ދަންޖެހޭ މޫސުމް. ދެންދާނީ ފުުުލުފުލުގައި. ޢަޅެ ކުރާނެ އެހެންކަމެއް ނޭގުނީތަ؟މީ ކަބަލުންގެ ބުރެއްދޯ..
މިކަހަލަ ޚަބަރު ނޫސްތަކުގައި ލިޔާނެކަމެއްނެތް، މިއީ ޚަބަރެއްނޫން
ދަން ޖެހޭ މޫސުން..ސްޓާޓެޑް!!!
ކޮބާތޭ އަސްރުމާކުލައިގެ ޓްވިޓަރޭމެން! ތަމެންނަށް ފެނެތޭ ފެނޭދޯ! ފެނޭތޭ ފެނޭދޯ! ތަމެން ޕިންކީން ބުނެބަލަ ކިހިއްނެތޭ މިވަނީ! ތަމެންގެ އޯސަމް އެންޑ ފުލޯލެސް ސަރުކާރުން މިކަންތައް ބަލަވެއްޖޭނޫން! ތަމެން ޕިންކީންގެ ވެރިކަމުގަ ހާދަ ސުއިސައިޑު ގިނަވެއްޖޭ ދޯ؟ ތަމެންނަށް މިކަންތައް ފެނޭތޭ؟ ނުފެނޭ ދޯ!
މިއީ ނޫސްތަކަށް އަރަން ކުރާ ކަމެއް ނޫން.
ދިރިއުޅުމުގައި ދެކޮޅު ނުޖެހުމުން އަނބިންނާއި ފިރިންގެ މައްސަލަ ގޯސްވަނީ. އަދި އާއިލާގައި އުފެދޭ ޝަކުވާތަކަށް ޖަވާބު ނުދެވި، ގުޅުން ގޯސްވެ އެއްމެފަހުން ދިރިއުޅުން އުނދަގުލަކަށްވެ މީހާ ބޮޑު ހާސްކަމަކަށް ވެއްޓެނީ.
މީދެން އެ އަންެހެނާ މަސްހޫރު ވާންވެގެން ކޮށްލި ކަމެއް ދޯ؟
ދަންޖެހިފަ ހުރި މީހަކު ސަލާަމަތްވަަނެބަާަ؟؟ ދަންޖެހެން އުޅެނިކޮޮޮޮށްނު ސަލާމައިތް ކުރެވޭނީ އަޅެ !!
ހެއްދެވިފަރާތް ހަނދާންކުރާނަމަ ދަންޖެހުމު ގެ ޚިޔާލް ނާންނާނެ ހަމަ އީމާންތެރިކަން ކުޑައީ ދަތި ހާލު/އުނދަގޫ ކަންތައް މެދުވެރި ވުމުން އެކަމުން ސަލާމަތްކުރެއް ވުން އެދި ﷲއަށް ދަންނަވަންވީ ގިނަގިނަ އިން ދުޢާ ކުރަންވީ
ދުނިޔޭގައި އުޅޭއިރު އުފަލާ ހިތާމަޔާ ފަސޭހަކަމާ ދަތިއުނދަގޫ ކަމާ ތަނަވަސްކަމާ ފަގީރު ނިކަމެތި ކަމާ ކުރިމަތި ވާނެއެވެ. އެއީ މާތްﷲ ކުރަށްވާ އިމްތިޙާނެވެ. އެހެން ކަމުން މިފަދަ ޙާލަތެއް ދިމާވާއިރަށް، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލަނީ އީމާންކަން ބަލިކަށި މީހުންނެވެ. މިއީ މިކަން އޮތްގޮތް ކަން މީސްތަކުންނަށް އަންގައި ދިނުމުގެ ޒިއްމާ އެޅިފައިވާ ފަރާތް ތަކަކީ އިސްލާމީ ކަންތައްތަކާބެހޭ އިދާރާ އާއި ދީނީ ޖަމިއްޔާ ޖަމާޢަތް ތަކާ، ދީނީ ޢިލްމުވެރިންނެވެ. މިދެންނެވި ފަރާތްތަކުން، އަމިއްލަ ނަފްސު ހަލާކުކޮށްލާމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަމާ އެ ފާފަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ޢަފޫ ނުކުރައްވައިފިނަމަ. އެމީހަކަށް ބިރުވެރި ނަރަކައިގެ ޢަޛާބު ދެއްވާނެ ކަން އަންގައިދީ މީސްތަކުން ހޭއަރުވަން ޖެހޭނެއެވެ. އެއިރުން މިފަދަ ނުބައި ކަންކަން ހިނގާލެއް މަދުވާނެއެވެ.
އަވަހަށް ތައުބާވޭ!