މާލެއާއި ހުޅެލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ "ވަގުތު" ލައިވް ކަވަރޭޖަށް މަރުޙަބާ!
މާލެ އާއި ހުޅުލެ އާއި ދެމެދު ބުރިޖެއް އެޅުމަށް ޒަމާންތަކެއް ވަންދެން ދިވެހިން ދެކެމުން އައި ހުވަފެން މިރޭ ވަނީ ޙަޤީޤަތަކަށް ވެފައި.
00:31
Bridge Hageegathakah Hedhumun Dhunyage Thaureef Sharukaarahhttps://t.co/J4h8cDzuzI https://t.co/J4h8cDzuzI
— Vaguthu Online (@VaguthuOnline) August 30, 2018
00:02
Kulanuvi Bridge Ge Huvafen Hageegathakah Hehdhevee Raees Yameenhttps://t.co/4XJ2AoqCn7 https://t.co/4XJ2AoqCn7
— Vaguthu Online (@VaguthuOnline) August 30, 2018
23:16
Bridge Hulhuvi Manzaru Balaalumuge Hihvaru Libunee Idhikolhu 2 Menbarunnahhttps://t.co/kMY6o0EpoM https://t.co/kMY6o0EpoM
— Vaguthu Online (@VaguthuOnline) August 30, 2018
23:16
Zamaanee Tharahgeege Meysthiri Akee Raees Yameen - Muizzuhttps://t.co/dXT4cL1PUd https://t.co/dXT4cL1PUd
— Vaguthu Online (@VaguthuOnline) August 30, 2018
22:57
ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ކަވަރޭޖްގައި އަޅުގަނޑުމެންނާއި އެކު ވަގުތު ހޭދަކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ. ބާއްޖަވެރި ރޭގަނޑަކަށް އެދެން.
22:56
ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފުރަތަމަ ފަހަރަށް ބުރިޖު ހުރަސްކުރައްވާ ހުޅުލެއަށް ވަޑައިގެންފި.
22:51
ތާރީޚީ ވަގުތުކޮޅެއް. ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފުރަތަމަ ފަހަރަށް ބުރިޖުން ހުޅުލެއަށް ވަޑައިގަތުމުގެ ދަތުރުފުޅު ފައްޓަވައިފި.
22:48
ޗައިނާ އާއި ދިވެހިރާއްޖޭގެ ދިދަ ބުރިޖު ފެށޭ ހިސާބުގައި ޖަހައިފި.
22:45
ދިދަ ނެގުމުގެ ރަސްމިއްޔާތު ފަށައިފި.
22:44
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ބުރިޖު ފެށޭ ސަރަހައްދަށް ރައީސްގެ ދެކަނބަލުން ވަޑައިގެންފި.
22:37
މިރޭ އާންމުނަށް ބުރިޖު ހުޅުވައެއް ނުލާނެ. ނަމަވެސް މާދަމާ ރޭ އާންމުންނަށް ބުރިޖު ހުޅުވާލުމަށް ވަނީ ނިންމާފައި.
22:35
ބުރިޖު ހުޅުވުމުގެ ރަސްމީ އިހްތިފާލްތައް ނިމިއްޖެ. ދެން އޮންނާނީ ރައީސްގެ ދެކަނބަލުންނައި ޗައިނާ ސަފީރު ސަރުކާރުގެ މަންދޫބު ބުރިޖު ބައްލަވާލެއްވުން.
22:29
ރަސްމިއްޔާތުގައި މިހާރު ކުރިއަށް ދަނީ ބޮޑުބެރު ލަވައެއް.
22:18
ބުރިޖު މަޝްރޫޢުއަށް ހާއްސަކޮށް ތައްޔާރުކުރި ދިވެހި ލަވައެއް ހުށަހެޅުން ކުރިއަށް އެބަދޭ.
22:18
Abadhuves China Onnanee Raajjeyge Ekuveriehgge Gothugai - Chinahttps://t.co/SNzTekQKBb https://t.co/SNzTekQKBb
— Vaguthu Online (@VaguthuOnline) August 30, 2018
22:15
Siyaasee Baibaivunthakun Libeyne Ehves Faidhaa Eh Neh- Raeeshttps://t.co/3oJ23eyg8I https://t.co/3oJ23eyg8I
— Vaguthu Online (@VaguthuOnline) August 30, 2018
22:08
ޗައިނާގެ އާޓިސްޓަކު މިހާރު ގެންދަނީ ވެލިން ސިނަމާލެ ބުރިޖު ކުރެހުމުގެ ހަރަކާތެއް ކުރިއަށް ގެންދަމުން.
21:58
ރަސްމިއްޔާތުގައި މިހާރު ކުރިއަށް ދަނީ ޗައިނާގެ ސަގާފީ ކުޅިވަރެއް.
21:50
ބުރިޖާއި ގުޅޭ ދިވެހި ޕްރެޒެންޓޭޝަނެއް ދައްކަން ފަށައިފި.
21:49
މިނިސްޓަރ މުއިއްޒުގެ ވާހަކަފުޅު ނިންމަވާލައްވައިފި.
21:44
މިނިސްޓަރ މުއިއްޒު: މިބުރިޖުގެ އިތުރުން އަޅަން ޖެހޭ ބުރިޖުތައް އެބަހުރި. އެއް އަހަކާއި އަނެއް އަހަކާއި މެދު ބުރިޖު އަޅަން އެބަޖެހޭ. އެކަކު އަނެކަކާއި މެދު އެކުވެރިކަމުގެ ބުރިޖުތައް އަޅަން އެބަޖެހޭ.
21:42
މިނިސްޓަރ މުއިއްޒު: ވަގުތާއި ކުރަން އޮތް މަސައްކަތާއި މެދު އަޅުގަނޑަށް ވެސް ވިސްނާލެވުނު. ހަޤީޤަތަކީ ރައީސް ޔާމީނަށް ދުރު ފެނިވަޑައިގަންނަވަނީ. ހުރަސްތައް ނައްތަވާލައްވަން އެނގިވަޑައިގަންނަވަނީ. ވޭތުވެދިޔަ ހަތަރު އަހަރުގައި ކުރިމަތި ކުރި ކަންތައްތަކުން ލިބުނު ޒަހަމްތަކުން ވެސް ރައީސް ޔާމީން ބޭނުންފުޅުވީ ތަރައްޤީ ގެނެސްދެއްވަން. މިއީ ނަނާ ހުވަފެނެއް ނޫން. މިއީ ހަޤީޤަތް.
21:41
މިނިސްޓަރ މުއިއްޒު: މިއީ ރައީސް ޔާމީން އާއި ޒީ ޕިންގްގެ ގުޅުމުން އުފެދުނު ބުރިޖެއް. އޭގެ ކުރިން ކުރި އެއްވެސް ކަމަކުން މިބުރިޖުގެ މަސައްކަތައްވި ކަމެއް ނެއް. ކުރީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އޮތް ނަމަ ކަނޑާލާފައި ހަޤީޤަތަކަށް ހައްދަވައި ދެއްވީ ރައީސް ޔާމީން.
21:39
21:39
މިނިސްޓަރ މުއިއްޒު: މިއީ އުފާވެރި ވަގުތެއް. އުފާވެރި ވަގުތެއް. އުފާވެރި ވަގުތެއް. ޒަމާނީ ތަރައްޤީގެ މޭސްތިރި އަކީ ރައީސް ޔާމީން. އެމަނިކުފާނު ވަރަށް ގިނައިން ހަނދާން ކޮށްދެއްވާ ދިރުމެއް ވާނަމަ އުއްމީދެއް އޮންނާނެއޭ. މިއަދު މިފެންނަނީ އެޙަޤީޤަތް. މިބުރިޖަކީ ތާރީޚް ބަދަލު ކޮށްލި ތަރައްޤީގެ ބިނާއެއް.
21:39
21:39
21:37
މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަން ފައްޓަވައިފި.
21:29
ސިނަމާލެ ބުރިޖާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކަން ފަށައިފި.
21:28
މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި ހަވާ އެރުވުމުގެ އެންމެ ރީތި މަންޒަރުތައް.
21:26
21:25
21:22
ހަވާ އެރުވުން ފަށައިފި.
21:17
މިހާރު ކުރިއަށް ދަނީ ލައިޓް ޝޯވއެއް. ބުރިޖު ރީތި ކުލަތަކުން ދަނީ ދިއްލަމުން.
21:15
ބުރިޖު ހުޅުވައިފި. ބުރިޖު ހުޅުއްވައި ދެއްވީ ރައީސް ޔާމީން އާއި ޗައިނާ ސަރުކާރުގެ މަންދޫބު ވަންގް ޒިއައޮޓާއޯ.
21:13
ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވައިފި.
21:13
ރައީސް ޔާމީން: އަޅުގަނޑުމެންގެ ހުވަފެންތަކެއް މިހަޤީޤަތަކަށްވީ. އަލްހަމްދުﷲ. މިރޭ އަޅުގަނޑުމެންގެ ތާރީޚްގައި އާޞަފްހާއެއް ލިޔެވިގެން މިދިޔައީ. އެއްބައެއްގެ ގޮތުގައި ތިބުމަކީ ދުޝްމަނުންގެ ހަމަލާތަކުން ސަލާމަތް ވާނެ ކަމެއް.
21:11
ރައީސް ޔާމީން: ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނާއި ދެކޮޅަށް ތެދުވުމުގެ ހިތްވަރު ދިވެހިންގެ ކިބައިގައި އެބަހުރި.
21:09
ރައީސް ޔާމީން: ސިޔާސީ ބައިބައިވުންތަކުން ލިބޭ ފައިދާއެއް ނެތް. މާދަމާ އުޖާލާ ކުރެވޭނީ އެކުގައި ކުރެވޭ މަސައްކަތުން. މަދު ހަފްތާތަކެއްގެ ތެރޭގައި ތިން ވަނަ މަލްޓިޕާޓީ ރިޔާސީ އިންތިޚާބު އަޅުގަނޑުމެންނާއި ބައްދަލު ކުރާނެ. އަޅުގަނޑުމެން ގަބޫލު ކުރަން އަޅުގަނޑުމެން ހާސިލް ކުރަން ހުރި ކަންކަން ވަރަށް ގިނަކަން.
21:08
ރައީސް ޔާމީން: ހުރިހާ އެންމެންނަށް ވެސް ހަމަހަމަ ޙައްޤުތަކެއް ލިބިގެންވޭ. އަޅުގަނޑުގެ ހިތުގައި އުއްމީދު އާވަނީ އޯޓިޒަމް ކުއްޖަކު އުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަަސް ކުރުމުން. ލޯފަން ކުއްޖަކު އޯލެވެލް އިމްތިހާންގައި ހުރިހާ މާއްދާއަކުން ފާސް ވުމުން.
21:06
ރައީސް ޔާމީން: ދިވެހިންގެ އުއްމީދު ވަނީ ބުރިޖާއި ގުޅިފައި. ދިވެހިންގެ ހިތްތައް ފުރިފައި ވަނީ އުފަލާއި ޝުކުރުވެރިކަމުން.
21:05
ރައީސް ޔާމީން: މިބުރިޖަކީ ދިވެހިންގެ އުއްމީދު. ދިވެހިންގެ މުސްތަގުބަލް.
21:04
ރައީސް ޔާމީން: ރާއްޖެ މިއަދު މިދެކެނީ ތަރައްޤީގެ އާޒަމާނެއް.
21:03
ރައީސް ޔާމީން: ހެޔޮ ރަނގަޅު ގުޅުމެއްގައި ހަޤީޤަތަކަށް ނުހެދޭނެ އެއްވެސް ކަމެއް ނެތް. އެކަން ސާބިތުވަމުން މިދަނީ.
21:02
ރައީސް ޔާމީން: ރާއްޖެ ގައި ވަނީ ދުނިޔޭގެ ފެންވަރުގެ ރިސޯޓްތައް ގާއިމް ކުރެވިފައި. މާލެ ތޮއްޖެހުމުގެ ސަބަބުން ވަނީ އެތައް ދަތިތަކެއް ދިމާވެފައި. މާލެ އަކީ ދުނިޔޭގައި އޮތް އެންމެ ތޮއްޖެހިފައި އޮތް ވެރިކަންކުރާ ސިޓީ. އެހެންކަމުން އެމައްސަލަ ހައްލު ކުރަން ހުޅުމާލެ ހިއްކުނު. އެތައް ހާސް މީހުންނެއް ކޮންމެ ދުވަހަކު ކަނޑު ހުރަސްކޮށް މާލެ އަންނަން ޖެހޭ. އެހެންކަމުން މިދެމެދުގައި ބުރިޖެއް އަޅަން ޖެހޭ. ނަމަވެސް ރާއްޖޭގައި އެފަދަ ކުޅަދާނަކަމެއް ނެތް. އެހެންކަމުން އެކަމަށްޓަކައި އެހެން ބައެއްގެ އެހީތެރިކަން ހޯދަން ޖެހުނު. މިބަދަލު ގެންނަން އަޅުގަނޑު ޗައިނާ ރައީސް އަރިހުގައި ދިވެހި ރައްޔިތުންގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅިން. ޗައިނާ ރައީސް ޒީ ޖިންޕިން އަށް އެހުށަހެޅުން ހުށަހެޅިތާ ތިން އަހަރާއި 11 މަސް ފަހުން އެކަން މިއަދު މިވަނީ ހަޤީޤަތަކަށް ވެފައި.
20:59
ރައީސް ޔާމީން: މިރޭ ފެނިގެން މިދަނީ ރާއްޖޭގެ މުސްތަގުބަލްގެ ދޮރު ހުޅުވިގެންދާތަން. މިރޭ ފެނިގެން މިދަނީ ދިވެހިންގެ ހުވަފެންތައް ހަޤީޤަތަކަށް ވެގެންދާ މަންޒަރު.
20:58
ރައީސް ޔާމީން: ޗައިނާގެ މަންދޫބަށް ވަރަށް ހޫނު މަރުޙަބާއެއް ދަންވަން.
20:58
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަން ފައްޓަވައިފި.
20:57
ވަންގް ޒިއައޮޓާއޯ: އަޅުގަނޑު އެދެނީ ދެގައުމުގެ ގުޅުމަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
20:57
ވަންގް ޒިއައޮޓާއޯ: ހާލަތު ކޮންމެ ގޮތަކަށް ބަދަލު ވިނަމަވެސް ރާއްޖެ އާއި ޗައިނާ ދަތުރު ކުރާނީ އެއް މިސްރާބަކަށް. އެއީ ދެގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި މިސްރާބު.
20:55
ވަންގް ޒިއައޮޓާއޯ: ރައީސް ޒީ ޖިންޕިން ވެސް ވިދާޅުވާ ފަދައިން ރާއްޖޭގެ ނިންމުންތަކަށް ޗައިނާ އިން އިޙްތިރާމް ކުރާނަން. ބައިނަލްއަޤުވާމީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް އަބަދުވެސް ޗައިނާ އޮންނާނީ ރާއްޖޭގެ އެކުވެރިއްގެ ގޮތުގައި. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޗައިނާ އިން އަބަދުވެސް އިހްތިރާމް ކުރާނަން.
20:54
ބްރިޖްގެ ހުވަފެން ހަޤީޤަތަކަށް ހެއްދެވީ ﷲގެ ރަޙުމަތްފުޅާއި އެކީ ރައީސް ޔާމީން. މިކަމުގައި ހުރިހާ ޝުކުރެއް އަދި ތައުރީފެއް ހައްޤު ފަރާތަކީ ހަމައެކަނި ރައީސް ޔާމީން ކަމުގައި އަޅުގަނޑު ދަންނަވަމެވެ. އިނާމު ހައްޤުވާނީ މުބާރާތުގަ ވަނަ ހޯދައި، ކާމިޔާބުކުރާ ފަރާތަށެވެ - ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
20:53
ވަންގް ޒިއައޮޓާއޯ: ރާއްޖޭގެ ތަރައްޤީ އަށް އެހީތެރިވުމަކީ ޗައިނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތަނުގައި ވެސް ދެގައުމަށް ފައިދާ ހުރި ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރާތަން ފެންނާނެ.
20:52
ވަންގް ޒިއައޮޓާއޯ: މިބުރިޖަކީ ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ރަމްޒެއް. ޗައިނާ އިން އަބަދުވެސް ރާއްޖޭގެ ތަރައްޤީ އަށް އެހީތެރިވެދޭނަން. މީގެ ކުރިން ވެސް އެފަދަ މަޝްރޫޢުތައް ޗައިނާ އިން ހިންގައިފިން. ލ.އަތޮޅު ލިންކް ރޯޑަކީ އެކަމުގެ ހެއްކެއް. މިބުރިޖަކީ ދިވެހި ރައްޔިތުންގެ ހުވަންފެންތަކެއް ސީދާ ވުން. މިއީ ދެރަށެއްގެ ދެމެދުގައި ހަމައެކަނި އެޅުނު ބުރިޖެއް ނޫން. މިއީ ދެގައުމުގެ ރައްޔިތުންގެ ހިތާއި ހިތުގެ ގުޅުން ގާއިމް ކޮށްދިން ބުރިޖެއް.
20:50
ވަންގް ޒިއައޮޓާއޯ: ބުރިޖުގެ މަޝްރޫޢު އަކީ ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ވަރަށް ބޮޑު ރަމްޒެއް. ރައީސް ޒީ ޖިންޕިން އަމިއްލަފުޅަށް މިމަޝްރޫޢުގެ މަސައްކަތް ބައްލަވާ މަޝްރޫޢު ކުރިއަށް ދިޔަ ގޮތް ބެއްލެވި. އަޅުގަނޑު މަރުހަބާ ދަންވަން ދިވެހި ސަރުކާރަށް މިބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެދެއްވި އެހީތެރިކަމަށް.
20:50
20:50
20:49
20:49
20:49
20:48
20:48
ވަންގް ޒިއައޮޓާއޯ: ޗައިނާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ރާއްޖެ އަށް އައުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. އަޅުގަނޑު ވަރަށް ފަހުރުވެރިވަން ބުރިޖު ހުޅުވުމުގެ ރަސްމިއްުޔާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ.
20:47
ޗައިނާގެ ބައިނަލްއަޤުވާމީ އެހީތަކާއި ބެހޭ އެޖެންސީ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ވެރިޔާ ވަންގް ޒިއައޮޓާއޯ ވާހަކަފުޅު ދައްކަވަން ފައްޓަވައިފި. އޭނާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ ޗައިނާ ރައީސް ޒީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި.
20:45
20:45
20:43
ބްރިޖް ހުޅުވުމަށް މިރޭ މާލޭގައި ބާއްވާ ރަސްމިއްޔާތު ވަގުތުން ބަލާލުުމަށް ރާއްޖޭގެ ރަށްރަށުގައިވެސް ބޮޑު ސްކްރީން ބަހައްޓާފައިވޭ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ މި ރަސްމިއްޔާތު ބަލާލުމަށް ޖަމާވަމުން.
20:40
ރަސްމިއްޔާތު ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުން ކުރިއަށް ދަނީ.
20:39
ދިވެހިރާއްޖޭގެ ގައުމީ ސަލާމަށްފަހު ޗައިނާގެ ގައުމީ ސަލާމް ފަށައިފި.
20:37
ދިވެހިރާއްޖޭގެ ގައުމީ ސަލާމް ފަށައިފި.
20:35
ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމިއްޔާތު އޮންނަ ސަރަހައްދަށް ވަޑައިގެންފި.
20:32
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބަލާލެވޭނެ.
Watch the #SinaMaléBridge grand opening livestream at https://t.co/WJSahJme21#ProgressShared #KurierunEmmenah pic.twitter.com/YpomhbTqDf
— The President's Office (@presidencymv) August 30, 2018
20:31
20:31
Proud to have been part of the PPM Government that made the China-Maldives Friendship Bridge a reality! I hope this brings great benefit to our people. Remembering also the vision of President @maumoonagayoom who made Hulhumale’ a reality despite the odds. pic.twitter.com/NxMGk7OPEY
— Dunya Maumoon (@dunyamaumoon) August 30, 2018
20:30
ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ވެސް ވަނީ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތައް ދައުވަތު އަރުވާފައި. ނަމަވެސް އެއްވެސް ބޭފުޅަކު ރަަސްމިއްޔާތައް ވަޑައިގެންނެވިކަމެއް އަދި ކަށަވަރެއް ނުވޭ.
20:26
ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ތައްޔާރުވެއްޖެ. ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އިސް ބޭފުޅުން މިހާރު ވަނީ ރަސްމިއްޔާތު އޮންނަ ސަރަހައްދަށް ޖަމާވެފައި.
20:21
20:21
20:21
20:21
20:20
20:12
ބައެއް ރަށްރަށުގައި ބޮޑު ސްކްރީނުން ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް ވަނީ ހަމަޖެހިފައި. ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް ގިނަ ރަށްރަށުގައި ހުރި ޕީޕީއެމްގެ ޖަގަހަތައް ވަނީ ތައްޔާރުކޮށްފައި ކަމަށް މައުލޫމާތު ލިބޭ.
20:10
BREAKING NEWS: Bridge Hulhumuge Rasmihyaath Balan Ethah Haas Bayaku Que Gaihttps://t.co/jJjdydMt1B https://t.co/jJjdydMt1B
— Vaguthu Online (@VaguthuOnline) August 30, 2018
20:06
މި ސަރަޙައްދަށް ވަނުމަށް އަދިވެސް ކިއޫތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ތިބިއިރު، ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވެސް މީހުން ވައްދައި ނިމޭނެކަމަށް ނުބެލެވޭ. މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި. ޢާންމު ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ޗެކްޕޮއިންޓް ހުރި އިންޑިއާ ބޭންކް ސަރަޙައްދުގައި އެކަނިވެސް ދެހާހަށްވުރެ ގިނަ މީހުން ކިއޫގައި އެބަތިބި. އަދި މަޖީދީ މަގުން ވީއައިޕީ ގެސްޓުންނަށް ޚާއްސަ ކުރެވިފައިވާ ސެކިއުރިޓީ ޗެކްޕޮއިންޓް ސަރަޙައްދުގައި 300 އަށްވުރެ ގިނަ ބޭފުޅުން ކިއޫގައި އެބަތިއްބެވި.
20:02
ގިނަ ޢަދަދެއްގެ ބަޔަކު ބްރިޖް ހުޅުވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ސަރަޙައްދަށް ޖަމާވަމުންދާއިރު، ސެކިއުރިޓީ ޗެކް ކުރުމަށް ތިން ސަރަޙައްދެއް ތައްޔާރުކުރެވިފައިވޭ. އޭގެ ތެރޭގައި ހިމެނެނީ ޕީކޭ ސަރަޙައްދާއި، މަޖީދީމަގު އައި ބޮޑުތަކުރުފާނު މަގުން ބޭންކް އޮފް އިންޑިއާ ހުންނަ ސަރަޙައްދު. މީހުން ގިނަ ވުމުގެ ސަބަބުން މި ޗެކްޕޮއިންޓުތަކަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައި.
ކުރިން ފާސް އޮތް ފަރާތްތަކަށް މަޖީދީ މަގު ޗެކްޕޮއިންޓް ހުރަސްކޮށް ރަސްމިއްޔާތު އޮތް ސަރަޙައްދަށް ވަދެވުނު ނަމަވެސް، ފާސް އޮތް ފަރާތްތަކާއި އެނޫންވެސް ފަރާތްތަކަށް އެ ސަރަޙައްދަށް ވަދެވެނީ އިންޑިއާ ބޭންކް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ޗެކްޕޮއިންޓް ހުރަސްކުރުމަށްފަހު. މަޖީދީ މަގު ކިއޫގައި މިވަގުތު ތިއްބެވީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ވީއައިޕީން.
20:02
Havaa Eruvun Schedule Kohfai Vanee 21:10 Gaihttps://t.co/XZF0xwoo5j https://t.co/XZF0xwoo5j
— Vaguthu Online (@VaguthuOnline) August 30, 2018
19:56
19:53
Bridge ge milkuverinnakee dhivehi rayyithun. Loan aai dharanyyah zinmaa vaanee dhivehi rayyithun. Mirey vaguthee ufalah israaf kollaaneeves dhivehi rayyithunge faisaa. Kithanme havayeh eruviyas dhivehi rayyithunnah kuri aniyaa hithakun nufilaane. Bo fenaa narudhamaa adhives neiy.
— Ali Waheed (@ali20waheed) August 30, 2018
19:51
ބުރިޖު ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގެ އެޖެންޑާ
19:39
#RaeesYameen ge za-aamathuga haasil kurrvunu emme body landu dhandi mirey fenigendhaane#YameenShaheem#YS2018#RY2018#ProgressShared#SinamaleBridge pic.twitter.com/ABnimde0U3
— Ahmed Irfaan (@AhmedIrfaan1) August 30, 2018
19:34
19:34
19:34
19:30
19:29
19:29
19:28
19:28
19:28
19:28
19:26
Konmeyakas bridge ge beleniverikamah dhauvaa kuraa meehun thah kulliyakah varah gina vejje 🙂 pic.twitter.com/giCeYlnXPW
— Ali Rameez (@aliramyz) August 30, 2018
19:24
Bridge Gai Dhathuru Kuraa Bus Thakaai Taxi Thah Gimatha Beynun Kuraane Goi Aamu Kohfihttps://t.co/5mA3AqzIae https://t.co/5mA3AqzIae
— Vaguthu Online (@VaguthuOnline) August 30, 2018
19:24
China Maldives Friendship Bridge. Male’-Hulhule’ Republic of Maldives. #SinaMaleBridge #YameenShaheem2018 #RY2018 pic.twitter.com/9XU2Xy0vQ5
— Ahmed Nihan (@ahmed_nihan) August 30, 2018
19:23
ސިނަ މާލެ ބުރިޖުގެ މަސައްކަތުގެ ބޮޑެތި މަސައްކަތެއް ކުރިއަށްދިޔައީ މިއަހަރުގެ ތެރޭގައި. އެގޮތުން މާލޭ ކޮޅުން ބުރިޖުގެ ފުރަތަމަ މައި ތަނބަށް ގުޅާލާފައިވަނީ މިއަހަރުގެ މޭއި މަހު.
19:23
Dhivehinge Huvafen Hageegathakah.Zuvaanunge Ride thah Ready kurey!!!#YameenSaheem2018 pic.twitter.com/YaH80rwcoM
— Ibrahim Shujau (@IbrahimShujaau) August 30, 2018
19:21
މިރޭގެ ރަސްމިއްޔާތު ކުރިއަށްދާ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް، ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން.
19:20
19:19
19:18
ސިނަ މާލެ ބުރިޖު ހުޅުވުމުން މާލެ-ހުޅުމާލެ ގުޅިގެން ދިއުމާއެކު އިތުރު މަޝްރޫއުތަކެއް ވެސް ފެށި، ވަނީ ނިމިފައި. އެގޮތުން ހުޅުލެ އާއި ހުޅުމާލެ އާ ދެމެދު ބުރިޖުން ދަތުރުކުރާނެ އިތުރު މަގެއް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މާލޭގެ ބޭރުމަގު ބޮޑުކޮށް ވަނީ ތާރު އަޅައި ނިންމާލައިފައި. އޭގެ އިތުރުން ބްރިޖާ ގުޅިގެން އެއާޕޯޓަށް އެއްގަމު މަގުން ދަތުރުކުރާ މިންވަރު އިތުރުވާނެތީ، 100 ކާރު ޕާކު ކުރެވޭނެ ގޮތަށް އެއާޕޯޓަށް ދާ އުޅަނދުތަކަށް ހާއްސަ ޕާކިންގެ މަސައްކަތް ވެސް ދަނީ ކުރިއަށް. އަދި ބަހުގައި ދަތުރުކުރާ މީހުންނަށް އިންޑަސްޓްރިއަލް ވިލެޖުގައި ޚާއްސަ ބަސް ސްޓޭންޑަކާއެކު ބަސް ޓާމިނަލެއްތައް ވެސް ވަނީ ގާއިމްކޮށްފައި.
މާލެ ސަރަހައްދަށް ކަރަންޓާއި ފެން ފޯރުކޮށްދޭ ވިއުގައެއް ގާއިމް ކުރުމުގެ މަސައްކަތާއި އަދިވެސް އިތުރު ނެޓްވޯކްތަކެއް ގުޅާލުމަށް ނިންމުމަކީ ވެސް ސަރުކާރުން ބުރިޖާއެކު ކުރިއަށްދިޔަ ބޮޑެތި މަޝްރޫއުތަކެއް.
19:16
A new #IndoPacific bridge opening in middle of #IndianOcean tonight 30August: Its name SINAMALE'(#China #Maldives)FRIENDSHIP BRIDGE+#Chinese script on towers confuse fact of its location-actually IN #Maldives,NOT in #China funding-source @STForeignDesk @SCMPNews @GatewayHouseIND pic.twitter.com/9mcC1uHzQn
— Elizabeth (Liz) Colton (@liz_colton) August 30, 2018
19:15
މިރޭގެ ރަސްމިއްޔާތަށް ގިނަ ޢަދަދެއްގެ އިސް ފަރާތްތަކަށް ދަޢުވަތު އަރުވާފައިވާއިރު، އޭގެތެރޭގައި ރާއްޖޭގެ ސިޔާސީ އިދިކޮޅު އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންވެސް ހިމެނޭ.
19:13
ދުއިސައްތަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި ސިނަ މާލެ ބުރިޖުގެ ސުޕަ ސްޓަރަކްޗާއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑުތައް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ މާޗްމަހުގެ 21 ވަނަ ދުވަހު. އެ ތަކެއްޗަކީ ސީދާ ޗައިނާއިން ތައްޔާރުކޮށްގެން ރާއްޖެ ގެނައި ތަކެތި.
19:03
19:03
19:00
ސިނަ މާލެ ބުރިޖުގެ މަސައްކަތުގެ ކޮންމެ މަރުހަލާއެއް ވެސް ރާއްޖެއަށް ތާރީހީ ކަމަކަށްވިއިރު، ބުރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ފުރަތަމަ ޕްލެޓްފޯމް ބެހެއްޓުން ވެގެންދިޔައީ ބުރިޖު އެޅުމުގެ މަސައްކަތުގައި ފާހަގަވި އެންމެ ފުރަތަމަ މަސައްކަތަށް. ބުރިޖުގެ ކޮންކުރީޓް މަސައްކަތަށް ހެދި ޕުލެޓްފޯމްތަކުގެ ތެރެއިން ފުރަތަމަ ޕުލެޓްފޯމް ބެހެއްޓީ އޭޕްރިލް 16، 2016 ވަނަ ދުވަހު.
18:59
18:52
ސިނަ މާލެ ބުރިޖުގެ މަސައްކަތް ހަވާލުކުރިތާ މަހެއްގެ ތެރޭގައި އެ މަސައްކަތް ކުރުމަށް އަޑި ޕާކް ނަގައި ސައިޓް ތައްޔާރުކުރަން ފެށި. އަދި ބުރިޖު މެޝިނަރީތަކާއެކު ބިޔަ އުޅަނދުތައް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އައިއިރު، ބުރިޖުގެ ތަނބުތަކުގެ ފައުންޑޭޝަން އަޅަން ފެށީ އެ އަހަރުގެ މާޗް މަހުގެ ތެރޭގައި
18:52
18:51
18:51
18:50
When #SinaMaleBridge is finally completed, every1 wnts to claim for credit. The truth is, it is ONLY Pres. Yameen that made the bridge a reality for Maldivians. Looking at various claims, at least no one nw seems to doubt the need for one. Thank U HEP Yameen#YaameenShaheem2018 pic.twitter.com/G5pLlADLwA
— Mohamed Shainee (@mshainee) August 30, 2018
18:49
All credits goes to taxpayers who has paid to build this bridge👏🏽 pic.twitter.com/GBybp8Lzbp
— SHUNA⚡️ (@ShunanaMariyam) August 30, 2018
18:48
REPORT: Chaalu Photo Thakaa Eku Idhikolhun Bridge Aa Havaalu Vejje https://t.co/4zcvgAU0cs https://t.co/4zcvgAU0cs
— Vaguthu Online (@VaguthuOnline) August 30, 2018
18:48
Sinamale Bridge Hulhuvaa Rasmiyyaathugai Habeys Ge Husha Helhun Thakeh https://t.co/6xfxnyD1A2 https://t.co/6xfxnyD1A2
— Vaguthu Online (@VaguthuOnline) August 30, 2018
18:47
ދިވެހިރާއްޖޭގެ ތާޜީހުގައި ވެސް މިހާތަނަަށް ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ބިޔަ މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 30 ޑިސެމްބަރު، 2015 ގައި. އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުން. މިއަދު އެ މަޝްރޫޢުގެ މަސައްކަތް ހަޤީޤަތަކަށް ވުމުން އެފަރާތްތަކުން ބުނަމުންދަނީ، ބްރިޖަކީ އެފަރާތްތަކުގެވެސް ޕްލޭނެއް ކަމަށް. އަދި އެކަމުގެ ކްރެޑިޓް ހައްޤީ އެފަރާތްތަކަށް ކަމަށް ބުނަމުންދޭ.
18:42
ޗައިނާގެ އެންމެ ބިޔަ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ސީސީސީސީއާ ހަވާލުކުރީ 23 ނޮވެމްބަރު، 2015 ވަނަ އަހަރު. އެ ކުންފުންޏާ އެ ބުރިޖުގެ މަސައްކަތް ހަވާލުކުރީ 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް. ނަމަވެސް ބުރިޖުގެ މަސައްކަތް ނިންމާލައި މިރޭ ބުރިޖު ހުޅުވުމަށް ތައްޔާރުވަމުން ދަނީ މަޝްރޫޢު ނިންމުމަށް ހަމަޖެހިފައި އޮތް ތާރީޚަށްވުރެ އެއްމަސް ކުރިން.
18:41
18:41
18:41
18:41
18:39
ބޯޗް އާޗްގެ ޑިޒައިނަށް ހަދާފައިވާ ސިނަ މާލެ ބްރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ވެސް ހޯދާފައިވަނީ ޗައިނާ ސަރުކާރުން. އެގޮތުން އެ މަޝްރޫއަށް ތިން ކުންފުންޏެއް ޝޯޓްލިސްޓުކުރިއިރު، މަސައްކަތް ހަވާލުކުރީ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ނަމަކަށް ކިޔާ ޗައިނާގެ ކުންފުންޏަކާ. ސީސީސީސީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުނި. އެ ކުންފުނިން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ގާތްގަނޑަކަށް 62 މީޓަރު އުސްކޮށް ހަދާފައިވާ ޓޮންގް ޔަންގް ރިވާ ހައިވޭ ބްރިޖު ހިމެނޭ. އެ ބްރިޖުގެ ދިގުމިނުގައި 32 ކިލޯ މީޓަރު ހުރޭ.
18:38
މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅުވާލުމުގެ މަޝްރޫއަކީ، 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޗައިނާގެ ރައީށް ޝީ ޖިންޕިންއަށް ހުށަހެޅުއްވި ހުށަހެޅުމެއް. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި އެޅި އެ ބްރިޖުގެ އެއްބަސްވުމުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވަނީ 9 ޖުލައި، 2015 ވަނަ އަހަރު.
18:36
18:35
18:35
18:35
18:33
18:33
18:32
18:32
18:32
18:32
18:31
18:21
Bridge Eh Neylheyne Ekey Alhugandeh Nubunan - Nasheed https://t.co/rwlDBx8XYQ https://t.co/rwlDBx8XYQ
— Vaguthu Online (@VaguthuOnline) August 30, 2018
18:20
Mirey Havaa Aruvaa Iru Alhugandu Mathin Handaan Kurumah Dhivehi Rayyithunnah Ilthimaas Kuran - Adheebhttps://t.co/vSXV9w66aI https://t.co/vSXV9w66aI
— Vaguthu Online (@VaguthuOnline) August 30, 2018
18:20
Bridge Hulhuvumuge Rasmiyyaathu Beyhvumah Faisaa Beykaaru Kuran Eba Ulhey - Mariyahttps://t.co/40n3jMZ3cZ https://t.co/40n3jMZ3cZ
— Vaguthu Online (@VaguthuOnline) August 30, 2018
18:19
Aa dhuvahakah alivilunu miadhakee dhivehi thaareekhgai THARAQQEE fala fontakun dhivehin liyaane dhuvaheh. SINA-MALE Bridge hulhuvun vegen dhaanee gadha kandugai dhuvasthah gunamun dhiya dhivehi ethakeh aailaa ehge salaamtha rakkatherikan yageen vegen dhaa dhuvahakah. #YS2018 pic.twitter.com/sLQN6s1kET
— Ahmed Shiyam (@Shiyamaldives) August 30, 2018
18:13
For tonight's grand opening of the Bridge we have invited MPs of all political parties, including MDP, JP and AP. We look forward to see all opposition MPs as well.
— Dr Mohamed Muizzu (@MMuizzu) August 30, 2018
18:13
Bridge ge huvafenfulhu Raees Nasir ves gengulhuvvi. Eyge fahun Raees Maumoon ves ekamuge plan thah hahdhavaigen gengulhuvvi. Bridge ge credit MDP ah libeyne gotheh ney!
Nasheed Ge Bridge Thasahvaru Hageegathakah Hehdhevee Raees Yameen - Waheed - https://t.co/KiM4voJ7He
— Abdulla Khaleel (@abkhaleel) August 30, 2018
18:12
18:08
Havaa Eruvumugai Dhevana Eh Nei Grucci Ge Hunaru Mirey Raajjey Gai Dhahkaalanee https://t.co/dvZRs34PcR https://t.co/dvZRs34PcR
— Vaguthu Online (@VaguthuOnline) August 30, 2018
18:03
Chaaley.... Rankolhaa!!!! #YameenShaheem2018 pic.twitter.com/aqTkffpR5r
— Ahmed Nihan (@ahmed_nihan) August 29, 2018
18:02
China Maldives Friendship Bridge entrance.😍”
VOTE YameenShaeem 1✅” pic.twitter.com/0OjHCSL2jr
— محمد لمعان عزيز (@MohamedLamaan69) August 29, 2018
18:00
Alhamdhulillah! Dhivehi Thaareekh’un mulhin Au sofuhaa’eh RY liyuhvaifi.Raajjey ge chart badhalu kurahvaifi.dhiveri Rayyithun ge moonu mahchah ujaalaa kan genuvaifi.thunfaiy mahchah hinithunvun veri kuruvaifi #ShukuriyyaaRY. #MarhabaaRY
— Abdul Raheem Abdulla (@Banafsaa) August 30, 2018
17:50
މިރޭ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރަމްޒީގޮތުން ބުރިޖުގެ މަތީގައި އޮންނަ ދަތުރުކުރުމުގައި ދިހަ ބަހެއް ބައިވެރިކުރާނެ. އެ ބަސްތައް ވަނީ ބޮޑުތަކުރުފާނު މަގުގައި. މި ހުރިހާ ބަހަކީވެސް މުޅީން އަލަށް ރާއްޖެއަށް ގެނައި ބަސްތަކެއް.
17:48
17:43
ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮންނަ ސަރަޙައްދަށް ދިއުމަށް ތިން ސަރަޙައްދަކުން ސެކިއުރިޓީ ޗެކު ކުރަމުންދޭ. އޭގެތެރޭގައި ހިމެނެނީ ޕީކޭ ސަރަޙައްދާއި މަޖީދީ މަގާއި އާޓިފިޝަލް ބީޗު ސަރަޙައްދު ގުޅުނު ހިސާބު އަދި ބޮޑުތަކުރުފާނު މަގުން އިންޑިއާ ބޭންކް ހުންނަ ސަރަޙައްދު. ކޮންމެ ސަރަޙައްދެއްވެސް ޚާއްސަކޮށްފައި ވަނީ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކިއޫ ހެދޭގޮތަށް.
17:39
މިރޭގެ ރަސްމިއްޔާތަށް، މަޖީދީމަގު މެގަޗިޕް ފިހާރަ ހުންނަ ހިސާބުން ފެށިގެން ވެހިކަލްތަކަށް ނުވަދެވޭގޮތަށް ވަނީ ބަންދުކޮށްފައި. މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ގޮތުން ގިނަ ބަޔަކު ދަނީ މިހާރު އާޓިފިޝަލް ބީޗް ސަރަޙައްދަށް ޖަމާވަމުން.
17:35
ބްރިޖް ހުޅުވުމަށް ނިންމާފައިވަނީ މިރޭ 8:30 ގައި. ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ އާޓިފިޝަލް ބީޗް ސަރަހައްދު ފުރެންދެން ރޭގަނޑު 08:10 ގެ ކުރިން ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ރަސްމިއްޔާތުގައި ހިންގާ ކަންކަން ބަލާލުމުގެ ފުރުޞަތު ލިބޭނެ. އެ ސަރަހައްދު ފުރުމުން މި ރަސްމިއްޔާތަށް އަންނަ އާއްމުންނަށް ކާނިވާ ސަރަހައްދުން ފުރުޞަތު ލިބިގެންދާނެ. ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނުން މަންޒަރުތައް ވަގުތުން ފެންނާނެ އިންތިޒާމް ހަމަޖެހިފައި ވާނެ.
މާލެއާއި ހުޅެލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ހުޅުވުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ގެނެދޭ "ވަގުތު" ލައިވް ކަވަރޭޖަށް މަރުޙަބާ!
ސިނަމާލެ ބުރިޖު މިރޭ ހުޅުވާއިރު، ބްރިޖު ހުޅުވުމަށް މިރޭ ބާއްވާ ހަވާ އެރުވުމުގެ ހަރަކާތަކީ މި ސަރަހައްދުގައި ވެސް ބާއްވާ އެންމެ ކުލަގަދަ ހަރަކާތްކަމަށް ސަރުކާރުން ވިދާޅުވޭ. ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ރަސްމިއްޔާތުގައި ހަވާއެރުވުމުގެ އިތުރުން ދިވެހިންގެ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށްދާނެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޗައިނާ ސަރުކާރުގެ އިސް ފަރާތްތައް މިހާރު ވަނީ ރާއްޖެއަށް ވަޑައިގެންފައި.
މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބުރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބުރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެއެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
މާލެ އާއި ހުޅުލެއާއި ދެމެދު ބުރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުފުޅެއް.
ސާބަސް ރައީސް ޔާމީން
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
އިބޫ ސޯލިހުގެ އެންމެ ފަހު ވައުދު
"އަޅިގަޑު މެންގެ ސަރުކާރެއްގަ މާލެޔާއި ހުޅުމާލެޔާއި ދޭތެރޭ ސިނަމާލެ ކިޔާ ބުރިޖެއް އަޅާދޭނަން" ލޮލް
ތާރީހީ ބްރިޖް ހުޅުވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީން ނަކީ މީ އިގްތިސާދީ ގޮތުން ކެނެރީގެ ނަޝީދަށް ނުކުރެވޭ ބޮޑެތި ކަންކަން ކުރާ މީހުންނޭ މަމެން ޕިންކީންގެ ވެރިކަމުގައި އެކަނިއޭ ދުނިޔޭގައި ވެސް މިހާ ކުޑަ އާބާދީ އެއް އޮތް ގައުމެއްގައި އެމެރިކާ އަށް ވެސް ޗެލެންޖް ކޮށްފައި ޑީޕް ބްލޫ ސީ ގައި ކޮންކްރީޓް ގާރޑަރ ބްރިޖެއް އެޅީ ދެން މަމެން މާލެ އާއި ވިލިގިލި އާއި ގުޅިފަޅާއި އަދި ތިލަފުއްޓާއި ދެމެދު ޓްރިޕްލް ޑެކް ކޮންކްރީޓް ގާރޑަރ ބްރިޖް އަޅާނަމޭ އަދި މާލޭން އެނބޫދޫ ފަޅަށް އަދި އެނބޫދޫ ފަޅުން ފުށިދިއްގަރު ފަޅަށް ވެސް ބްރިޖް އަޅާނަމޭ މަމެން ޕިންކީން ނަށް އެކަނިއޭ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްލެވޭނީ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން...
ކޮބާ އެއޮތީ ބްރިޖް ވެސް ހުޅުވާލާފައި ދެން އޮތީ މާލެ އާއި ވިލިގިލި އާއި ތިލަފުއްޓާއި އަދި ގުޅިފަޅާއި އަދި ފުށިދިއްގަރު ފަޅާއި ދެމެދު ބްރިޖް އެޅުމޭ ކުދިންނޭ ޓްރޫ ހެހޭ ލައިފް ލައިފް އިޒް ލައިފް ނައްނާނާނަނާ ނައްނާނާނަނާ ނައްނާނާނަނާ ލައިފް އިޒް ކަމޯން އެވްރީ ބޮޑީ ސްޓޭންޑް އަޕް މަމެން ޕިންކީން ނަކީ މީ ބްރިޖް އެޅުމުގައި ވަރަށް ބޮޑެތި މީހުން ކަން ތަމެންނަށް މިހާރު އެނގި ފާޅުވާނެ ނޫންތޭ ލައިފް އިޒް ލައިފް ލެބްޑެބްޑެބް ކަމޯން ސްޓޭންޑް އަޕް އިޓްސް ދަ ފީލިންގް އޮފް ދަ އޯޑިއެންސް ޔޭއް ވެން ވީ ޕިންކީސް ވިން ފްރޮމް ދެއަރ ހާރޓްސް ވީ ވިލް ޑޫ އިޓް ދަ ބެސްޓް ލައިފް އިޒް ލައިފް ނައްނާނާނަނާ ނައްނާނާނަނާ ލައިފް ލައިފް ލައިފް ލައިފް އިޒް ލައިފް...
އޮއޮއޯ ބްރިޖް ހުޅުވީތޭ އެހެންތޭ ދުނިޔޭގައި ހުރި ހަމައެކަނި ޑީޕް ބްލޫ ސީ އޯވަރ ވޯޓަރ ބްރިޖް އައި ލައިކް ދިސް ބްރިޖް ޔޫނޯ ސްޕެޝަލީ އޯވަރ ވޯޓަރ ބްރިޖްސް އައިލައިކް ދެމް އޫއް ހޫއް އޫއް ހޫއް މަމެން ޕިންކީން މީ ބްރިޖް އެޅުމުގައި މޯރ ލައިކް ވަރަށް ބޮޑެތި މީހުންނޭ ބިކޮޒް މަމެންނަށް ވަނީ މިރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައޭ ތަމެން ބުނަނީ ކީކޭތޭ މިކަމާއި އޯސަމް އެން ފްލޯލެސް ދޯ އޯސަމް އެން ފްލޯލެސް ވާނެ އެއް ނޫންތޭ އޯސަމް އެން ފްލޯލެސް ޕިންކީންގެ ސަރުކާރުން މިކަން ކަން ކުރީމާ ދޯ މޮމް އަބަދުވެސް ބުނެއޭ މަމެން ގާތު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަކީ އެއީ ޗަކަސް ޕްލޭން ކުރާމީހުންނޭ ތަމެން ތިޔާއީ ބިލީޖީން އޭ ބިލީޖީން އިޒް ނޮޓް އަވަރސް އެމެންނަށް އެޅޭނެ ބްރިޖެއް ނުހުންނާނެއޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...
އެމްޑީޕީ ވެރިކަމުގާ މާލެޔަށް ގިނަކަންކަން ކޮށްދިން . ފުތަމަކަމަކީ މާލޭގަ ފެންފޯއްރުއް އިންދާދިނުން. އެކަމަށް ށ.ފީވަކުން 600 ފެންފޯއްރުއްގަތުމަށް ރުކަކަށް 1000 ރުފިޔާ މަގުން ހަރަދުކުރި . މާލެއަށް އައީ މުޅިއެކު 100 ފެންފޯއްރުއް. ރާއްޖެއިންބޭރުން 3000 ފެންފޯއްރުއް ބައްލަވައިގަތް . މުޅި އެކު 3،360،000 ހަރަދުކުރި މާލެއަށް އައީ 100 ފެންފޯއްރުއް. މާލޭގަ އިންދި ފެންފޯއްދަނޑު ފެންނާން . މާލެ ގޮޑަކަށް ހަދާލި މަސްރޫއު .ފެންފޯއްރުއް އިންދުމަށްޓަކާ ފެންހިިންދާ މަސްރޫއު ހަކާކު ކޮށްލި ކުނި އުފުލާ ލޮރީތަކާ ކޮޅުވެއްޓިތައް ހަލާކު ކޮށްލި މުޅިމާލެޭގެ ކާނުތައްބަދަލުކޮށްލީ ގަސްކާނާ އުފައްދާ މަސިންތަކަށް އެއީ ފެންފޯއް ހެއްދުމަށްޓަކާ ކަމަށް ވެދާނެ.މިފަދަ ބަޔަކު ވެރިކަމަށް ގެންނަން އަބަދުވެސް މިއުޅެނީ