މި މަހުގެ 16 ވާ ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާނު ކޮށްފި އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔަތުން މަޖިލީހުގެ މިދައުރުގެ ހަތަރުވަނަ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިކަން އިއުލާނުކުރެއްވި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.

މި މަހުގެ 16 ވާ ހުކުރު ދުވަހު ޖަލްސާއެއް އޮންނާނެކަން އިއުލާނު ކޮށްފައިވާއިރު އެ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިދިކޮޅު ފަރާތްތަކުން ވަނީ އިއުލާނު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަތްދޫނި

    މަސީހު އެ ޖެއްސެވީ މޮލު ސްޓަންޓް އެއް. އެއީ 16 ވަނަ ދުވަހު އެއްވެސް މެމްބަރަކަށް ރަށުން ބޭރަށް ފުރައިގެން ނުދެވޭ ސްޓަންޓް އެއް. 16 ވަނަ ދުވަހަކީ ބޮޑު ދުވަހަކަށް ވެގެން ދާނެ ކަމަށް މަމެން އުއްމީދު ކުރަން. ﷲ ގެ ރަހުމަތުން މި އަނިޔާ ވެރިކަމުން ރައްޔިތުން ސަލާމަތް ކުރައްވާނެ.

  2. އަލީ އަހުމަދު

    ތިވާނީ އަދުރޭގެ ޚިޔާލަކަށް.... ސަޅިވާނެ...

    އަދުރޭ ފޯ ޕުރެސިޑެންޓް.... 2018 އަހަރެން ބޭނުމީ އަދުރޭ އަރަން... ޔާމީނު ކަޑަ...
    އަދުރޭ ގަދައީ...

  3. ޢަބުދުﷲ

    ކުއްލިނުރައްކަލުގެ ހާލަތު އަނެއްކާ 30 ދުވަހަށް އިތުރުކޮށްލާނެ.

  4. ޢަބުދުﷲ

    ކުއްލިނުރައްކަލުގެ ހާލަތު އަނެއްކާ 30 ދުވަހަށް އިތުރުކޮށްލާނެ. ގައުމަށް ކިތަންމެ ގެއްލުމެއްވިޔަސް މިރައީސަށް ވަރިހަމަ ވެރިކަމުގަ ހުރެވެނިކޮށް.

  5. އަލްޖިބްރާ

    ރަސްމީ ބަންދު ދުވަސްބަލައިގެން ރައްޔިތުންގެ މަޖްލިސް ބޭއްވުމެކޭ ދަންވަރު ކޯޓްތަށް ހުޅުވައިގެން ހުކުމް ކަޑައެޅުމެކޭ ހުރީ ކޮންތަފާތެއް ؟

  6. ޤައުމު

    ހުކުރުކުރުން އޮތީ މަޖްލިސް ކުރާ ގޭގަތަ !! ހެހެހެ

  7. ޖ

    ހަދާނެ އެއްޗެއް ހަދަންވީ. ދެން ރައްހޔިތުން މަޑުން ނުތިބޭނެ. އެމީހުންގެ ހައްގުތައް ހޯދަން މަސައްކަތްކުރާނެ.

  8. އައްޓަމަސް

    އަސްލު ކުއްލިނުރައްކާ (އެމް.ޑީ.ޕީ) އުވާލައިގެން ނުރައްކާތެރިކަންގޮސް ގަވްމު އަމާންވާނީ