ދަނގެތީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު މަޖިލިހުގެ މެންބަރުންނަށް ނިސްބަތް ކުރައްވާ މިދިޔަ އަހަރުގެ މާޗު މަހު ދެއްކެވި ވާހަކަތަކެއް ތަހުގީގު ކުރަން ފަށައިފިއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުގައި މިހާރު ހުންނެވި އިލްހާމާއި މިދިޔަ ހަފުތާ ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. އިލްހާމުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވެސް ވަނީ މީޑީޔާއަކަށް އެކަން ކަށަވަރުކޮށްދީފައެވެ.ފުލުހުން މިހާރު ތަހުގީގު ކުރަމުން ދަނީ "އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ. ބޭރުން ވެސް އައިސް ވެސް މި ވޯޓުގައި އަތްލާނީ، ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ" ކަމަށް މާޗު މަހުގެ 22 ވަނަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމު ވިދާޅުވި މައްސަލައެވެ.

ފުލުހުން އިލްހާމް ހައްޔަރުކޮށްފައިވަނީ އޭނާ ހޯދަން އިއުލާންކޮށްގެން ވެސް ނުފެނިގެން އުޅެނިކޮށް ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ރައީސް ޔާމީންއަށް އެންމެ ވަފާތެރިވާނީ އެިލްހާމުކަމަށް ގިނަބަޔަކު ޤަބޫލުކުރިއެވެ. އެހެނަސް އެހެންނަކުން ނުވިއެވެ. ދެން ފައިސާގެކުރިމަތީގައި ގާތެއް ތިމާގެޔެއް ނޯންނާނެތާއެވެ.