ސިނަމާލެ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބަލާލުމަށް އެތައް ހާސް ބަޔަކު ކިއުގައި ޖެހިގެން އެބަތިއްބެވެ.

ރަސްމިއްޔާތު އޮންނަ ސަރަހައްދަށް ވަނުމަށް ހަވީރުން ފެށިގެން މީހުން ކިއުގައި ޖެހެން ފަށާފައި ވާއިރު މިހާރު ކިއުގައި ޖެހިގެން ތިބި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ބޭންކް އޮފް އިންޑިއާ ކައިރީގައި ހަދާފައިވާ ކިއުގައި ވެސް ދެތިން ހާސް މީހުން އެބަތިއްބެވެ. އެސަރަހައްދުގެ ތިން ތަނަކުން މީހުން ރަސްމިއްޔާތު އޮންނަ ސަރަހައްދަށް ދަނީ ވައްދަމުންނެވެ. ނަމަވެސް އަދި ކުރިއަށް އޮތް ގަޑިއެއްހާއިރު ތެރޭގައި ވެސް މީހުން ވައްދާ ނިމޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

މަޖީދީ މަގުގައި ހަދާފައިވާ ކިއު ގައި ވެސް ހަހަކާއި ގާތް ކުރާ އަދަދެއްގެ މީހުން ތިބޭނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން އިތުރު ސަރަހައްދުތަކުގައި ވެސް ކިއު ހަދާފައިވެއެވެ.

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބަލާލުމަށް އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެފައިވާ މީހުން
ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ބަލާލުމަށް އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެފައިވާ މީހުން

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތައް ގިނަ އަދަދެއްގެ މީހުންނަށް ދައުވަތު ދީފައި ވާއިރު ރަސްމިއްޔާތު ބަލާލުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާވެސް ލާފައެވެ. ޖާގަ އޮތް މިންވަރަކުން ބުރިޖު ހުޅުވުމުގެ ރަސްމިއްުޔާތު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި ވަނީ 20:30 ގައެވެ. ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ އެންމެ ހާއްސަ އައިޓަމް ކަމަށްވާ ބުރިޖު ހުޅުވުން ޝެޑިއުލް ކޮށްފައި ވަނީ 21:10 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯޑް

    މަވެސް 2006 ވަނަ އަހަރު މަގޭބައްޕަ ހައްޖަންދާންފުރުވަން ކަނޑުމަގުން ގަދަކަޑެއްގައި ދަތުރުކުރިއިރު ދެއްކިން ހާދަ ރަގަޅުވާނެޔޭ މާލެޔާ ހުޅުމާލެޔާ ދޭތެރޭގައި ބްރިޖެއް އެޅާފިއްޔާ! އެހެންވީމާ އެއީ މަގޭ އުފެއްދުމަކަށް ވާނޭގޮތެއް ބުނެދީބަލަ! ޝުކުރިއްޔާ ރައީސް ޔާމީން!

  2. އހ

    ބުރިޖް ބަލަންތިބޭ.. ވޯޓުން ރޔާމީން ބަލިކޮށްފަ އަހަރެމެން އުފާފާޅުކުރާނީވެސް ތިބުރިޖް މަތީގަ..