މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ސިނަމާލެ ބުރިޖު ހުޅުމުގެ ރަސްމިއްޔާތު ކަވަރުކުރުމަށް ހަރަކާތްތެރިވި "ވަގުތު"ގެ ނޫސްވެރިންތަކަކަށް ފުލުހުންގެ ބަޔަކު ޙަމަލާދީ އަނިޔާކޮށްފިއެވެ.

"ވަގުތު"ގެ ނޫސްވެރިންނަށް ޙަމަލާ ދީފައިވަނީ، އެސްއޯ ފުލުހުންތަކެވެ. އެ ފުލުހުން ވަނީ ވަގުތުގެ ދެ ނޫސްވެރިއަކަށާއި ފޮޓޯގްރާފަރަކަށް ޙަމަލާދީ އަނިޔާކޮށް މިރޭގެ ރަސްމިއްޔާތު އޮތް ސަރަޙައްދުން ބޭރުކޮށްލާފައެވެ.

ފުލުހުން އެ ނޫސްވެރިންނަށް ޙަމަލާދީފައިވަނީ ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ ޚާއްސަ ފާހެއް ދެއްކުމުންވެސް އެ ސަރަޙައްދަށް އެ ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށް ބުނެއެވެ. އަދި އެވަގުތު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ހައުސިންގ މިނިސްޓްރީގެ އޮފިޝަލުންތަކެއްވެސް ވަނީ "ވަގުތު"ގެ ނޫސްވެރިންނަށް މިރޭގެ ރަސްމިއްޔާތު ކަވަރުކުރުމަށް ހުރަސް އަޅައި ނޫސްވެރިންނަށް އެ ސަރަޙައްދަށް ވަދެވުނަ ނުދިނުމަށް މަސައްކަތްކޮށްފައެވެ.

"ފުލްވެއްޖެ ކަމަށް ބުނެ ނުވައްދަން އުޅުނީ. އެކަމަކު ފާހެއް ލިބިފައި އޮތުމާއިއެކު އަޅުގަނޑުމެން އެތެރޭގައި ތިބެފައި ނިކުތީ. ފަހުން ވަންނަން ދިއުމުން ހުރަސްއަޅައި އަނިޔާކުރީ،" އެވަގުތު އެތަނުގައި ހުރި ނޫސްވެރިއަކު ބުންޏެވެ.

"ވަގުތު"ގެ ނޫސްވެރިންނަށް މިރޭގެ ރަސްމިއްޔާތު އޮތް ސަރަޙައްދަށް ވަނުމަށް ފުލުހުންތަކެއް ހުރަސް އަޅާފައިވީނަމަވެސް ފާހެއްނެތް ޢާންމުން އެ ސަރަޙައްދަށް ވައްދާފައިވެއެވެ.

މީގެ ކުރިންވެސް އެސްއޯ ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ނޫސްވެރިންނަށް ހުރަސްއަޅައި އަނިޔާކުރާ މައްސަލަތައް ފެންމަތިވެފައި ވެއެވެ. އެފަދަ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައްވެސް ކުރިން ވަނީ ޢާންމުވެފައެވެ. މިރޭ ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންގެ މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. އ.ޖ.އ

  ދައުވާ ކުރޭ.

 2. މައްލާ

  ތިވަނީ ރަނގަޅަށް ފިލާވަޅެއް ލިބެއްޖެނނު.ދެން ޖަހާ އަންނި ފަޅޮލޭ

 3. ާހިޔަލަ

  އަދި ތިވިސްނުނީ ދޯ
  ވަގުތުގެ މީހުނައް ވިސްނުނީތީ އުފާކުރައް

 4. ވަގުނޫހު

  އެ ފުލުހުންނަށް ޝުކުރިއްޔާ ތިޔައީ ނޫސްވެރިނެއްނޫން

 5. ޕޮލިސްބޭބެ.

  ލައިޓަރު ނުވެއްދޭނެ ހަވާ އަރުވާ ތާކަށް.

 6. ޙުސޭނުބެ

  ރާކަނިމަސް ކެވިފަ އޮންނާނީ

 7. ޚެޕްޓަން

  ފުލުހުން ބަންދުކޮށްފައޮތް ތަންނަކަށް ނުވެއްދުމަކީވެސް އަނިޔާކުރުންތަ.

 8. ސާބަސް

  ރަނގަޅަށް ތި ހެދީ..ސާބަސް

 9. ފާތުމަ

  އަދިވެސް ޔާމީނު ވަރެއްނެތިގެން އުޅޭތި.

 10. ސުލްހު

  އަދި ކިރިޔާދޯ ފުލުހުން އަނިޔާކުރާ ކަން ތިއެގުނީ.

 11. ޅޮލް

  ތިވީ ވާންވީ ގޮތަށް ހަމަ...ރަނގަޅަ ކަވަރު ކުރެވިފައި ހުންނާނީ ....ދެން ލަލަލާ

 12. މުހައްމަދު

  މިފަހަރު ކަމަކުނުދިޔަ/

 13. ިއޮައިޓޭ

  ރަނގަޅަ ތިވީ އަދި ކުރިވަރު ކުޑަ މަހިތައް

 14. ޑޮން ތިރީޑީ

  ތިވާނީ ރަތް ކުލަ ހުރުމުން ރާއްޖެ ޓީވީ ކަމަށް ހީކޮށް ކުރި ކަމަކަށް

 15. އާލު

  ވަގުތު ނޫހުގެ ގިނަ ނޫސްވެރިންނަކީ އެމްޑީޕީއަށް ވިކި ހުސްވެފައި ތިބި ބައެއް! އެމީހުން ޖައްސާނެ ސުޓަންޓުތައް.

 16. ުސަމީމް

  ފުލުހުންނަކީ ޔާމީނުގެ އަޅުން

 17. ދޮން ކަލޯ

  ގޭގަ އޮތްނަމަ އެހެން ނުވީސް

 18. ވަގުތު ޖެހެނީ

  ތިއީ ވަގުތު ނޫހުގެ ބައެއްކަމެއް ބުނިނަމަ ތިހެން ނުވިސްކަންނޭގެ.

 19. ރައްޔިތު މީހާ

  އަދި މަދީ ސަނާ ކިޔޭވަރު.. ??

 20. ކޮޔާ

  ވަގުތުގެ ނޫސްވެރިންވެސް އަދި އެހެންނޫސްވެރިންނާއި ޚިޔާލު ފާޅުކުރުމުގެ ޙަރަކާތް (މީޑިޔާގައި) ހަރަކާތް ތެރިވާ އެއްވެސް ފަރާތަކަށް އަނިޔާކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން. ވަގުތު ނޫހަކީ ވަރަށް މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރާ މިނިވަން ނޫހެއްކަމަށް ޤަބޫލުކުރަން. ވީމާ، ހުރިހާބޭ ފުޅުންވެސް މީހުންގެ ގަޔަށް ބޮލަށް ނާރަ އިންސާފާއި ޤާނޫނުގެ ތެރެއިން ޢަމަލުކުރުމަކީ ތަހުޒީބު މުޖުތަމަޢު ޤަބޫލު ކުރާނެ ކަމެއް!